ރިޕޯޓް
ސްކޫލްތަކުގެ ކިޔެވުން ނަމެއްގައި ފެށިފަ- ހުރިހާ ބިދޭސީ ޓީޗަރުން ކަރަންޓީނުގަ

ތެދެކެވެ. ސްކޫލްތަކުގެ ކިޔެވުން ފެށިއްޖެއެވެ. ސްކޫލްތަކަށް ކިޔަވަންދާ ކުދިންގެ ދެބައިކުޅައެއްބައި ކުދިން ސުކޫލަށް ހާޒިރު ނުވިޔަސް ސްކޫލް ހުޅުވިއްޖެއެވެ. ކިޔަވާދެއްވާ މުދައްރިސުންގެ ދެބައިކުޅަ އެއްބައި މުދައްރިސުން ނެތަސް ސްކޫލް ހުޅުވިއްޖެއެވެ. ގިނަ ގަޑިތައް ހުސްކޮށް ދިޔަޔަސް ސްކޫލް ހުޅުވިއްޖެއެވެ. ނުކުންނަ މުދައްރިސުން ގަޑި ނަގަމުން ގޮސް ހަފުސް ވިޔަސް ސްކޫލް ހުޅުވުނީއެވެ.

ކޮންމެއަކަސް މިއީ އަޅުގަނޑުމެންގެ އަމިއްލަ ވާހަކައެއް ނޫނެވެ. މިއީ ކިޔަވައިދެއްވާ މުދައްރިސުންގެ ޝުއޫރެވެ. ބައެއް މުދައްރިސުންވަނި، އެމީހުންގެ ޝުޢޫރު ސޯޝަލް މީޑިޔާގައި ބަންޑުންކޮށްލާފައެވެ. މާލޭގެ ސްކޫލެއްގެ ޓީޗަރަކު އޭނާގެ އިޙްސާސްތައް ސޯޝަލް މިޑިޔާގައި ހާމަކުރަމުން ބުނެފައިވަނީ،

ސްކޫލް މިވަނީ ހުޅުވިފަ. އެހެންނަމަވެސް ބިދޭސީ ޓީޗަރުން ތިބީ ކަރަންޓީނުގަ. ސްކޫލަށް ޕްރެޒެންޓް ވާ ޓީޗަރުން ނޯމަލް ކްލާސްތައް ނަގަމުން، ސުޕަވިޝަން ގަޑިތައް ނަގަމުން ހަފުސްވަނީ (ކޮވިޑް19 ގެ ސަބަބުން ކޮންމެ ކްލާހެއް 2 ގްރޫޕަކަށް ވަނީ ބެހިފަ) ގިނަ ސުޕަވިޝަން ގަޑިތައް އޮތުމުގެ ސަބަބުން ކުދިންގެ ވަގުތު ބޭކާރު. މިކަމުގެ ހައްލަކީ ކޮބާ؟

ޓީޗަރުގެ މިބަސްކޮޅުން ތިޔަބޭފުޅުންނަށް ސްކޫލް ހުޅުވިގެން ސްކޫލްގެ ކިޔެވުން ދާގޮތް ވަރަށް ރަނގަޅަށް އޮޅުންފިލާފައިވާ ވާނޭކަމަށް އުއްމީދު ކުރެވެއެވެ.

ގިނައަދެއްގެ ޓީޗަރުން ކަރަންޓީނުގައި ތިބި މިފަދަ ދަނޑިވަޅެއްގައި، ކުދިންގެ ވަގުތު ބޭކާރުވާގޮތަށް ސްކޫލްތައް ހުޅުވުމަށްވުރެ ނުހުޅުވުންވެސް މާރަނގަޅު ކަމުގައި ފެނެއެވެ. މިއީ ވެރިކަންކުރާ މާލޭގެ ހާލަތެވެ. އަތޮޅުތެރޭގެ ރަށްތަކުގެ ހާލަތު ހުންނާނެގޮތް ވަރަށް ފަސޭހައިން އަންދާޒާކުރެވެއެވެ. ބައެއް ރަށްރަށުގެ ސްކޫލްތަކުގައިވެސް ޓީޗަރުން ހަމަނުވުމުގެ ސަބަބުން ސްކޫލްތަކުގެ ކިޔެވުން ގެންދަނީ ސެޝަން ކުރުކޮށްގެންނެވެ. މިގޮތަށް ގެންދާއިރުވެސް ގިނަ ކްލާސްތަކުގެ ގަޑިތައް ދަނީ ހުސްކޮށްކަމުގައި ސްކޫލްކުދިން ބުނެއެވެ. ސްކޫލްތަކުގެ ހާލަތަށް ބަލާއިރު، ބައެއް ސްކޫލްތަކުގައި، ކޮންމެ ކްލާހަކަށް ޓީޗަރެއް ހަމަވާ ވަރަށްވެސް ޓީޗަރުން ނުނިކުމެއެވެ. ކްލާސްތަކަށް ފުނުވާނޭ ޓީޗަރުން ނެތިގެން، ސްކޫލްގެ އިދާރީ މުވައްޒަފުންވެސް، ބައެއް ކްލާސްތަކަށް ގަޑިފުރުމަށް ފުނުވާފައިވާކަމުގެ މަޢުލޫމާތު ލިބެއެވެ.

ސްކޫލްތަކަށް ނުކުތް މަދު މުދައްރިސުން އެމީހުންގެ ޝުއޫރުތައް މިފަދަ ގޮތަކަށް ބަންޑުންކޮށްލާފައިވާއިރު، ސްކޫލްތަކުގެ ކިޔެވުން ކުރިޔަށްގެންދެވޭނެ ގޮތެއްނެތި، ހުސްގަޑިތަކެއް ފުރައި، ނުކުންނަ ޓީޗަރުންނަށް ތަކުލީފުބޮޑު ގޮތަކަށް ނަމެއްގައި ސްކޫލް ހުޅުވުމުގެ މާބޮޑު ބޭނުމެއް އޮތްކަމަކަށް ޤަބޫލު ނުކުރެވެއެވެ.

މިއީ ގިނައަދަދެއްގެ ބިދޭސީ ޓީޗަރުން ކަރަންޓީނުގައި ތިއްބާ ސްކޫލް ހުޅުވުމުގެ ސަބަބުން ކުރިމަތިވީ ކަމެއްގެ ގޮތުގައި ބެލެވެއެވެ. މިފަދަ ހާލަތުގައި ސްކޫލް އިތުރު އެއް ހަފްތާއަށް ނުހުޅުވާ މަޑުކުރުމުގެ ފުރުޞަތުވެސް އޮތެވެ..

ހިތުގައި އުފެދޭ ސުވާލަކީ، ސްކޫލްތައް ހުޅުވުން އިތުރު އެއްހަފްތާއަށް ލަސްކޮށްފިނަމަ، އެވެސް ސިޔާސީ ކަމަކަށް ވެދާނެތީ، ނުވަތަ އިދިކޮޅު ފަރާތަކުން ކިޔާފާނެ ފާޑުކިޔުމަކަށް ފުރުޞަތު ނުދިނުމުގެ ގޮތުން ނަމެއްގައި ސްކޫލް ހުޅުވީ ބާއެވެ؟

  1. varah ves ragalhu vaahaka eh. Atholhu thereygaves teacherun ulheni ehaa lugaa.

    • Beleniveriye

      Mi rashu school ga kiyavaadhenee enme dhegadi iru