މޫސުމަށް އައިސްފައިވާ ބާދަލާ އެކު ތިނަދޫގެ ފަޅު ތެރޭގައި ރާޅު ބާނި އުފެދި އުޅަނދު ތަކަށް ބޮޑެތި ގެއްލުން ތަކެއް ދަނީ ލިބެމުންނެވެ
ރޭ އިރާކޮޅު ފެށިގެން ފަޅުތެރޭގެ ރާޅުބާނި އާދަޔާ ޚިލާފަށް ގަދަވުމުގެ ސަބަބުން ބައެއް ބޮޑެތި މަސްދޯނި ތަކުގެ ވާތައް ކަނޑައިގެން ގޮސް ޖެޓީގަ ޖެހި އެކިވަރުގެ ގެއްލުން ވަމުންދާއިރު ޖެޓީ ކައިރީ ގައި އަޅާފައި ތިބި ބައެއް ލޯންޗްތަކާއި ޑިންގީތައް ވެސް ވަނީ ޖެޓީގައި ތެޅި ގެއްލުންތައް ލިބިފައެވެ.
ތިނަދޫ އަކީ ބޮޑު ފަޅެއް އޮތް ތަނަކަށް ވެފައި އުޅަނދުތައް ގިނައިން ތިބި ރަށެކެވެ. ނަމަވެސް ބޭރު ތޮއްޓެއް ނެތުމުގެ ސަބަބުން އެއިން އެއްވެސް އުޅަނދަކަށް ކުޑަ ވެސް ރައްކާތެރިކަމެއް ނެތެވެ. އަދި މިގޮތަށް ދިޔަވަރު ބޮޑުވެ ރާޅުބާނި ބޮޑުވާ ކޮންމެ މޫސުމެއްގައި އުޅަނދު ތަކަށް ބޮޑެތި ގެއްލުންވެ ބައެއް ފަހަރު އަޑިޔަށް ދިނުން ފަދަ ހާދިސާތައް ވަނީ ހިނގާފައެވެ.

މީގެ ކުރިން ތިނަދޫ ފަޅުތެރޭ ރާޅުބޮޑުވެ، އެއްގަމަށް ލޮނުގަޑު އަރާފައިވަނިކޮށް — ފޮޓޯ: އިބްރާހިމް އިފާޒް
ރަށުގެ ޖެޓީ ތިރިވެފައި މީގެ އިތުރުން، ރާޅު ބޮޑުވާ މޫސުން ތަކުގައި ޖެޓީ މަތިން ލޮނުގަނޑު އެރުމުގެ ސަބަބުން އެއްގަމު ދުއްވާ އުޅަނދު ތަކާ ބަނދަރު ސަރަހައްދުގައި ހެދިފައި ހުންނަ ގަސްތަކަށް ގެއްލުންވުމާއި އެ ސަރަހައްދުގެ ވިޔަފާރި ތަކަށް ހުރަސް އެޅިގެން ދިޔުމަކީ ވެސް މި ޙާލަތުގައި ކުރިމަތިވާ ވަރަށް މައްސަލަ އެކެވެ.
އަދި ރަށަށް އަންނަ ފެރީތަކާއި ކޮންމެހެން ދަތުރު ކުރަން ޖެހޭ ލޯންޗު ދަތުރުތައް ކުރުމާއި އެ އުޅަނދުތަކަށް އަރާ ފޭބުމަށް ވެސް އެތައް އުނދަގޫ ތަކަކާއި ތަކުލީފު ޖެހުމަކީ އަބަދުމެ ދިމާވާ މައްސަލައެކެވެ. ގދ ތިނަދޫ މި ޙާލަތުގައި އޮންނަ އިރު ބޭރު ތޮއްޓެއް ނެތުމުގެ ސަބަބުން ވަމުންދާ ގެއްލުން ތަކުގެ ޝަކުވާ ރައްޔިތުން އަބަދުވެސް ކުރެއެވެ.
ތިކަން ހައްލުކެރަންނަން އޮތެ ފޯމިއުލާ އައްކޫ ތިނަދޫ 2 ދާއިރާގެ މެމްބަރުންނެ އިސްތިއުފާދީފާއި އަވަހަން ބައި އިލެކްޝަނެކެ ބޭއްވުމާ //
I agree
ހޯކޮން ތިބޮނޫ