ކޮލަމް
ކްލަބްހައުސްގެ އަނެއްފަރާތް!
ނިމި ދިޔަ 2020 ވަނަ އަހަރުގެ މާޗް މަހުގައި ލޯންޗްކުރި ކްލަބުހައުސް އެޕްލިކޭޝަން މިވަނީ ދާދިފަހުން ދިވެހިންގެ ތެރޭގައި ވެސް މަގުބޫލު އެޕްލިކޭޝަނަކަށް ވެފައެވެ. މީގެކުރިން ދިވެހިންގެ ތެރޭގައި އެންމެ މަގުބޫލުކަން ހޯދި ޓުވިޓާ އާއި ފޭސްބުކް ފަދަ އެޕްލިކޭޝަންތަކުގައި ވަގުތު ހޭދަކުރަމުން ދިޔަ އެތައްބަޔަކު މިހާރު ވަގުތު ހޭދަ ކުރަމުން ދަނީ ކްލަބްހައުސްގަ އެވެ. އޭގެ ތެރޭގައި ސިޔާސީ ފަރާތްތަކާއި ޒުވާނުންގެ ބޮޑު އާބާދީ އެއް މިހާރު މި އެޕްލިކޭޝަން މިހާރު ބޭނުން ކުރަމުން އެބަދެއެވެ.
ކްލަބްހައުސް ދިވެހިންގެ ތެރޭގައި މިހާ އަވަހަށް މަގުބޫލުކަން ހޯދި ސަބަބުތަކުގެ ތެރޭގައި އެކި އެކި ގްރޫޕްތައް ހަދައި އެކަކު އަނެކަކާއި ވާހަކަދެކެވި އަދި ގްރޫޕްތައް ހަދާމީހާ އަށް އެގްރޫޕް ކޮންޓްރޯލް ނުވަތަ ހިންގުމުގެ (މޮޑަރޭޓް) ބާރު ލިބިގެން ދިޔުމާއި، އެންމެންނަށް ހުޅުވާލެވިގެން (އޯޕަން ގްރޫޕް) ބޭއްވޭ ފޯރަމްތަކާއި އަދި އަމިއްލަ(ޕްރައިވެޓް) ގްރޫޕްތައް ހެދުމުގެ ފުރުސަތު އޮތުން ހިމެނެވެ. މިއެޕްލިކޭޝަން އަޅުގަނޑަށް ސިފަވީ މީގެކުރިން ދިވެހިންގެ ތެރޭގައި ބޮޑު މަގުބޫލުކަމެއް ހޯދި މިގް33 އެވެ. އެ އެޕްލިކޭޝަންގައި ރޫމްތަކުގައި މެސްޖްކޮށްގެން ވާހަކަ ދެކެވެއެވެ. އެއާ ޚިލާފަށް މި އެޕްލިކޭޝަންގައި ލައިވްކޮށް އެކަކު އަނެކަކާ ވާހަކަ ދައްކައި ލެވެއެވެ.
ދައްކަން މިއުޅޭވާހަކަ އަކީ މި އެޕްލިކޭޝަންވެސް އެއް ބަޔަކު ނަހަމަ ގޮތުގައި ބޭނުން ކުރަމުންދާ ވާހަކަ އެވެ. އެހެން މިދެއްނެވީ މިއެޕްލިކޭޝަން ބޭނުން ކުރާ ގިނަ ބައެއްގެ ޚިޔާލާއި އަޅުގަނޑުގެ އަމިއްލަ ތަޖުރިބާ އަށް ބިނާކޮށެވެ. ކްލަބްހައުސްއިން ފާހަގަވި ބައެއް ނޭދެވޭ ކަންކަމަށް ބަލާލާއިރު، ވަރަށް ގިނަ މީހުން ބައިވެރިވާ ފޯރަމްތަކުގައި ބައެއް މީހުންގެ ބަސްމަގު ހުންނަ ގޮތުން މައިންބަފައިންނާއި ދަރިންނާއި އެކު ތިބެ އަޑުއަހާލަން ނުކެރޭ ފެންވަރަށް ވާހަކަ އެބަ ދައްކައެވެ. ބައެއް ގްރޫޕް ތަކުގައި މީހާގެ އަސްލު ނަމާއި ފޮޓޯ ނެތި ހަޑި ހުތުރު ވާހަކަ ދައްކުމާއި މީހުންނަށް ބުލީ ކުރުން ވެސް މިހާރު ވަނީ އާންމު ކަމަކަށް ވެފައެވެ. އަދި ދިރިއުޅުމުގެ ބައެއްކަންކަން މަޑުޖައްސާލައި މުޅި ދުވަސް އެއްކޮށް ކްލަބުހައުސްގައި ހޭދަކުރާ މީހުންވެސް މަދެއްނޫނެވެ.
ކަން މިހެން ހުރި ކަމުގައި ވިޔަސް މި އެޕްލިކޭޝަންގެ ބޭނުން ރަނގަޅު ގޮތުގައި ހިފާ މީހުން ވެސް މަދެއް ނޫނެވެ. އެގޮތުން ބައެއް މީހުން މިއެޕްލިކޭޝަން މެދުވެރިކޮށް އެމީހަކަށް ލިބިފައިވާ ޢިލްމު އެއްވެސް އަގަކާއި ނުލައި އެތައްބަޔަކަށް ފޯރުކޮށްދެމުން އެބަގެންދެއެވެ. މީގެއިން އަޅުގަނޑަށް ފާހަގަވި ބައެއް ކަންކަން ހިއްސާ ކޮށްލާނަމެވެ. އެގޮތުން ދީނީ އިލްމު އުނގެނިގެން ތިއްބެވި ބޭފުޅުން ކްލަބުހައުސް މެދުވެރިކޮށް އެމީހުންގެ ތަޖްރިބާ އާއި ދީނީގޮތުން އޮޅުންފިލުވަން ބޭނުންވާ ކަންކަމުގެ ޖަވާބު ރައްޔިތުންނާއި ހަމަށް ގެނެސްދިނުމުގައި ވަރަށް ގިނަ މަސައްކަތް ތަކެއް ކުރަމުންދެއެވެ. ގުރުއާންގެ އިލްމު އުނގެނިގެން ތިއްބެވި ބޭފުޅުން އެކި އުމުރުފުރާތަކަށް ހާއްސަކޮށްގެން ގުރުއާން ކްލާސްތައް ހިންގައެވެ. ސިޔާސީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކުން ރައްޔިތުންގެ އަޑު އެހުމުގެ ގޮތުން ސެޝަންތައް ކުރިޔަށްއެބަގެންދެއެވެ. އަދި ގައުމުގައި ހުރި ބޮޑެތި މައްސަލަތަކާއި ގުޅިގެން އެދާއިރާ ތަކުގެ ތަޖުރިބާކާރުން ގެނެސްގެން ސެޝަންތައް ކުރިޔަށް ގެންދާކަން ފާހަގަ ކުރެވެއެވެ.
ކްލަބްހައުސްއިން މިހާރު އެންމެ ގިނަ ބައެއްގެ ސަމާލުކަން ހޯދަމުންދާ ކޮމިއުނިޓީއެއްކަމަށްވާ (ހުޅުމާލެ ޔޫތު) ކޮމިއުނިޓީ ގްރޫޕްގެ ބޭފުޅުންނާއި ވާހަކަ ދައްކައިލީމެވެ. މި ކޮމިއުނިޓީ އަކީ އަބްދުއްﷲ އަފީފް ނަމަކަށް ކިޔާ ބޭފުޅަކު އިސްވެހުރެ ފެށި ގްރޫޕެކެވެ. އަދި އޭނާއާއެކު މި މަސައްކަތުގައި ގާނޫނީ ވަކީލް އަހްމަދު ތާލިބް އާއި ޝިޔާޒް އާދަމް ދަނީ މަސައްކަތް ކުރަމުންނެވެ. މި ކޮމިއުނިޓީގެ ފަރާތުން އެކި ނަންނަމުގައި ފޯރަމްތައް ބާއްވަމުން ގެންދާކަން ފާހަގަ ކުރެވެއެވެ. މި އެޕްލިކޭޝަނާއި ގުޅޭގޮތުން ހުޅުމާލެ ޔޫތު ކޮމިއުނިޓީ ގްރޫޕްގެ ފަރާތުން ގާނޫނީ ވަކީލް އަހްމަދު ތާލިބް ވިދާޅުވީ މި ޕްލެޓްފޯމުގައި ޕޮޒިޓިވް ކަން ކަންކަމާއި ނެގެޓިވް ކަންކަން އެބަހުރިކަމަށެވެ. އެގޮތުން ތޯލިބް ވިދާޅުވީ އޭގެތެރެއިން ޕޮޒިޓިވް ކަންތައްތަކަށް ބަލާއިރުގަ ރައްޔިތުންގެ ޝުއޫރުތައް އެމީހަކު ބޭނުވާގޮތަށް ފާޅުކުރުމުގެ މީޑިއަމްއެއްގެ ގޮތުގައި މި ޕްލެޓްފޯމް އެބަ ބޭނުންކުރެވޭކަމަށެވެ. އަދި ސަރުކާރުގެ އެކި ޕޮލިސީސްތަކާއި ގުޅޭގޮތުން ރައްޔިތުން ދެކޭގޮތް ހާމަކުރެވޭ ޕްލެޓްފޯމަކަށްވެސް ވެގެން އެބަދާކަމަށެވެ.
އަދި ހާއްސަކޮށް މިފަދަ ޕެންޑަމިކެއްގެ ތެރޭގައި ސަރުކާރުގެ ވެރިންނާއި ރައްޔިތުން އެއް ޕްލެޓްފޯމެއްގައި ތިބެގެން ވާހަކަ ދައްކާލެވުމާއި، ޑައިރެކްޓްކޮށް އެމީހުން ކުރަންބޭނުންވާ ސުވާލުތައް އެފަރާތްތަކާއި ކުރެވި އެއް މަޖްލީހެއްގައި ތިބެގެން އެމީހުން ބޭނުންވާ ކަންކަން އޮޅުންފިލުވާލެވޭ ކަމީވެސް މީގެ ފައިދާއެއް ކަމަށް ތާލިބް ފާހަގަ ކުރެއްވިއެވެ. މި ޕްލެޓްފޯމުގެ ނުރަނގަޅު ކަންކަމަށް ބަލާލާއިރު ތާލިބު ފާހަގަ ކުރެއްވީ ރާއްޖޭގެ މީޑިއާގެ ގާނޫނުތަކުގައި ބްރޮޑްކާސްޓް ގާނޫނާއި އެއާއި ގުޅޭއެހެން ގާނޫނުތައް ހުރީ ޓްރެޑިޝަނަލް މީޑިއާ ނުވަތަ ޓީވީ ރޭޑިއޯ ތަކަށް ބައްޓަންކުރެވިފައިކަމަށެވެ. އެހެން ނަމަވެސް ސޯޝަލް މީޑިއާގެ ޕްލެޓްފޯމަކީ ކޮންމެ މީހަކުވެސް ބޭނުންވާ ކޮންމެ އެއްޗެއް ކީދާނެ ޕްލެޓްފޯމަކަށް ވާތީ ރަނގަޅު ހަރުދަނާ ގާނޫނުތަކެއް ހަދަން ޖެހޭކަން ތާލިބް ފާހަގަ ކުރެއްވިއެވެ. ތާލިބް ވިދާޅުވީ “ސޯޝަލްމީޑިއާ އަކީ ލިމިޓްކުރެވޭނެ އެއްޗެއް ނޫން އެހެންވީމާ ގާނޫނީ ގޮތުން ރެގިއުލޭޓް ކުރެވޭނެ ގޮތެއްނެތް. އެހެން ކަމުން ތަފާތު ފިކުރުތަކުގެ ވާހަކަތައް އެކި ގްރޫޕްތައް ހަދައިގެން ދެއްކުމުގެ ފުރުސަތު އެބައޮތް. މިސާލަކަށް އިސްލާމް ދީނާއި ދެކޮޅު ފިކުރުތަކުގެ ވާހަކަތައް ވެސް އެކި ގޮތް ގޮތަށް، މީހުންގެ ބްރެއިން ވޮޝްކުރުމަށްޓަކައި ވާހަކަ ދެއްކިދާނެ. އެއީ ވެސް މި ޕްލެޓް ފޯމުގައި އޮތް ޑިސް އެޑްވާންޓޭޖެއް.” ކަމަށެވެ.
ތާލިބްގެ ވާހަކަތަކާއި އާންމުންގެ ތެރެއިން ވާހަކަ ދެކެވުނު މީހުންގެ ހިޔާލުތަކަށް ބިނާކޮށް އެއްޗެއް ބުނާނަމަ މި ޕްލެޓްފޯމަކީ ރަނގަޅުގޮތުގައި ބޭނުން ހިފައިފި ނަމަ ވަރަށްވެސް މުހިންމު އަދި މިހާރު ދުނިޔެއަށް މި ކުރިމަތިވި ޕެންޑަމިކާއި ގުޅިގެން ރައްޔިތުންނަށް އެމީހުންގެ އަޑު އުފުލުމަށް ހުރި ހުރަސްތަކަށް މުހިންމު ޕްލެޓްފޯމެކެވެ. ނަމަވެސް މި ޕްލެޓްފޯމުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ފުރުސަތު ނުދިނުމުގެ ގޮތުން ރަނގަޅަށް ރެގިއުލޭޓް ކުރެވޭނެ ގޮތްތަކެއްވެސް ހޯދަން އެބަޖެހެއެވެ. އަދި އެފަދަ މީހުންނާއި ދޭތެރޭ އަމަލުކުރެވޭނެ ގޮތަކާއި އެޅޭނެ ފިޔަވަޅުތައް ހޯދަންޖެހޭކަން ފާހަގަ ކުރެވުނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!