ހުވަދު އަތޮޅުގެ މައި އެއަރޕޯޓު ކަމަށްވާ ކާޑެއްދޫ އެއަރޕޯޓަކީ މިވަގުތު ރާއްޖޭގައި ހިންގާ އެންމެ ނިކަމެތި ހާލުދަށް އަދި އެންމެ މުސްކުޅި އެއަރޕޯޓު ކަމަށާއި އެއަރޕޯޓުގެ ޝަކުވާ ހުވަދު އަތޮޅު ރައްޔިތުން އަބަދުވެސް ކުރައްވާ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން ވިދާޅުވެއްޖެއެވެ
މޫސުން ގޯސްވެ ކަނޑުގަދަވުމުގެ ސަބަބުން ކާޑެއްދޫ އެއަރޕޯޓުގެ ޖެޓީ ހަލާކުވެ ވެއްޓެން ކައިރިވެފައިވާ މަންޒަރު ފެންނަ ފޮޓޯއެއް ހިއްސާކޮށް ފިރުޝާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެއީ ކާޑެއްދޫ އެއަރޕޯޓުގެ ފަސެންޖަރުން ބޭނުންކުރާ ބަނދަރުގެ މިވަގުތުގެ ހާލަތު ކަމަށެވެ.
ކާޑެއްދޫ އެއަރޕޯޓް ފަސެންޖަރު ބޭނުން ކުރާ ބަނދަރުގެ މިވަގުތުގެ ހާލަތު. ކާޑެއްދޫ އެއަރޕޯޓަކީ ރާއްޖޭގައި މިވަގުތު ހިންގާ އެންމެ ނިކަމެތި ހާލުދަށް މުސްކުޅި އެއަރޕޯޓް. މި އެއަރޕޯޓް ވިލާއެއަރ ދިނުމަށް ސުޕްރީމްކޯޓުން ހުކުމް ކޮށްފަ ވީނަމަވެސް އެ ކުންފުނިން އަޅައެއް ނުލާ. އަދި މިހާރު 1/2 pic.twitter.com/K1C8CLbWu6
— Hussain Firushan 🇲🇻 (@husnfirey) January 18, 2022
“ކާޑެއްދޫ އެއަރޕޯޓަކީ ރާއްޖޭގައި މިވަގުތު ހިންގާ އެންމެ ނިކަމެތި ހާލުދަށް މުސްކުޅި އެއަރޕޯޓު. މިއެއަރޕޯޓު ވިލާއެއަރ އަށް ދިނުމަށް ސްޕްރީމް ކޯޓުން ހުކުމް ކޮށްފަ ވީ ނަމަވެސް އެކުންފުނިން އަޅައެއް ނުލާ.” ފިރުޝާން ވިދާޅުވިއެވެ.
ފިރުޝާން އިތުރަށް ވިދާޅުވީ، ކާޑެއްދޫ އެއަރޕޯޓު މިހާރު ހިންގަމުންދާ އާރްއޭސީއެލް ކުންފުނިންވެސް އެތަނުގައި ހުރި މައްސަލަތައް ހައްލުކުރުމަށް އަޅާނުލާ ކަމަށާއި، އަދި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން އިންވެސް ކާޑެއްދޫ އެއަރޕޯޓުގެ މައްސަލަތަކާމެދު އަޅައެއް ނުލާ ކަމަށެވެ.
ފިރުޝާން މިހެން ވިދާޅުވެފައިވާއިރު، ކާޑެއްދޫ އެއަރޕޯޓުގެ ޖެޓީ ހަލާކުވުމުގެ ސަބަބުން ދަތުރުފަތުރު ކުރާ ފަރާތްތަކުންވެސް ގިނަ ޝަކުވާތަކެއް އަބަދުވެސް ކުރެއެވެ. އެގޮތުން ލަފާ ފުރުމުގެ ހުންނަ ދަތިތަކާއި، ޖާގައިގެ ދަތިކަމުގެ ވާހަކައަކީ އަބަދުވެސް ގިނަ ބަޔަކު ދައްކަމުންދާ ވާހަކައެކެވެ.
thedhe vaahakaike haggan
ފިރުޝާނު ވެރިކަމުގައި ހުއްޓޫ ޔާމީނުހޭ ނުންފެހޭ ޕީޕީއެމް ހޭ / ތަ ނިސްބަތެވެނެ ސަރުކާރާ ދަޓެކަމާ ތިއެގެންނޫ
havaru thinadhooga thibi 2 menabarun ah thivaruvess nuvi
ފިރުޝާނު ހެޑްލައިން ހަދައިގެން ޗަރުކޭސް ޖަހުވަންނަން ވޮންނެއި ކައިކެން. އަހަނެ ނޯޅެމާ ތާއި ވެރިކަމުގައި ހުއްޓީ ހިންވަރު ސޯލިހު ހެއްސޯހަދުވަންނަން . ތަ މުޅި މިދައުރުގައިއަސް ތިކިޔަން ނޫ އެކައްތެކެ،އެނެއްކަލައި ތަ ހޯވީގޮހޯ ހުއްޓޫ ސަރުކާރާއި ދެކޮޑެ މެމްބަރެއް ގޮތުގައި ނުންފެހޭ ޕީޕއެމް އިން