ޚަބަރު
ތިނަދޫއިން މިއަދުވެސް ގިނަ ބަޔަކު ފައްސިވެއްޖެ

ގދ ތިނަދޫއިން ވޭތުވެދިޔަ 24 ގަޑިއިރުތެރޭ އިތުރު 12 މީހަކު ފައްސިވެ އެކްޓިވް ކޭސްގެ އަދަދު 28 އަށް އަރައިފިއެވެ.
ގދ ތިނަދޫގައި ހުންނަ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްއިން ނެރެފައިވާ އަދާހަމައިން ދައްކާގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރުތެރޭ އިތުރު 12 މީހަކު ތިނަދޫއިން ކޮވިޑް-19 އަށް ފައްސިވެފައިވާއިރު ބަލިން ފަސޭހަވެފައިވަނީ 5 މީހެކެވެ.

ފައްސިވި މީހުންގެ ތެރޭގައި ފުލޫ ކްލިނިކަށް ދެއްކި މީހަކާއި، ކަރަންޓީނު ނިންމުމަށްފަހު އެކްސިޓް ސާމްޕަލްގެ ގޮތުގައި ނަގާފައިވާ ސާމްޕަލްގެ ތެރެއިން 7 މީހެއްގެ އިތުރުން ކޮންޓެކްޓް ޓްރޭސިންގގައި ފާހަގަކުރެވިފައިވާ 4 މީހަކު ހިމެނެއެވެ.

ތިނަދޫއިން މިހާތަނަށް ޖުމްލަ 1199 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު ބަލިން ފަސޭހަވެފައިވަނީ 1166 މީހެކެވެ. ތިނަދޫގައި ހުންނަ ކޮވިޑް ފެސިލިޓީގައި ފަރުވާ ހޯދަމުންދަނިކޮށް 6 މީހަކު ވަނީ ނިޔާވެފައެވެ.

ތިނަދޫގެ އިތުރުން، ގދ މަޑަވެލިން 4 މީހަކާއި، ރަތަފަންދޫއިން ދެމީހަކާއި، ފަރެސްމާތޮޑާއިން އެކަކު ފައްސިވެފައިވާއިރު ގައްދޫއިން ވަނީ 4 މީހަކު ވޭތުވެދިޔަ 24 ގަޑިއިރުތެރޭ ކޮވިޑް-19 އަށް ފައްސިވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!