ޚަބަރު
ކައުންސިލްގެ ޕްލޭނަކީ ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުން: ސައުދު

ތިނަދޫ ކައުންސިލްގެ އަމާޒަކީ ގދ.ތިނަދޫ ސިޓީ އަކަށް ބަދަލުކުރުން ކަމުގައި ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީ ވިދާޅުވެއްޖެއެވެ.

ސައުދު ވިދާޅުވީ ރަށުން ބޭރު މީހުންނަށް ތިނަދޫއިން ބިން ދޫކުރުމުގެ މައިގަޑު މަޤްސަދަކީ ތިނަދޫ ސިޓީއަކަށް ބަދަލުކުރުން ކަމަށެވެ. އަދި މިހާރުވެސް ސިޓީއެއްގައި ލިބޭނެ ގިނަ ޚިދުމަތްތައް ތިނަދޫއިން ދެމުން ގެންދާކަން ސައުދު ފާހަގަކޮށްލިއެވެ.

އެހެންނަމަވެސް ތިނަދޫ ސިޓީއަކަށް ބަދަލުކުރުމުގައި އޮތް ހުރަހަކީ ރަށުގެ އާބާދީ ކަމުން ކައުންސިލުން ނިންމާފައިވަނީ ރަށުން ބޭރު މީހުންނަށް ތިނަދޫއިން ގޯތި ނުވަތަ ރޯ ހައުސް ނުވަތަ ފްލެޓްތައް ދީގެން އާބާދީ އިތުރުކުރުމަށެވެ.

ތިނަދޫގެ މިހާރުގެ އާބާދީއަށް ބަލާއިރު ރަށް ސިޓީއަކަށް ބަދަލުކުރުމަށްޓަކައި ގާނޫނުގައި ބުނެފައިވާ އަދަދުގެ ދެބައިކުޅަ އެއްބައި ވެސް އާބާދީގައި ހަމަނުވެއެވެ. ތިނަދޫގައި މިހާރު ދިރިއުޅެނީ 5،000 އެއްހާ މީހުންނެވެ. ސިޓީއަކަށް ހެދޭނީ ރަށުގެ އާބާދީ 10،000 އަށް އެރުމުންނެވެ.

މީޑިޔާއަށް މައުލޫމާތު ދެއްވަމުން ސައުދު ވިދާޅުވީ ރަށުން ބޭރުގެ ރައްޔިތުންނެކޭ އެއްފަދައިން ރަށުގެ ރައްޔިތުންނަށްވެސް ބޯހިޔާވަހިކަން ކަށަވަރު ކުރާނެ ކަމަށެވެ. ތިނަދޫއިން ދޫކުރާ ގޯތިތައް ރަށުން ބޭރު މީހުންނަށް ދޫކުރަން ކައުންސިލުން ނިންމުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ކައުންސިލަށް އަމާޒުވެފައެވެ.

ތިނަދޫ ކައުންސިލުން ހާމަކުރި ގޮތުގައި ތިނަދޫއިން ގޯތި ބޭނުންވާ ރަށުން ބޭރު މީހުންގެ އަދަދު ބެލުމަށްޓަކައި ކައުންސިލުން އިއުލާންކުރުމުން މިހާތަނަށް 400 ފޯމް ލިބިފައިވެއެވެ. ފޯމް ހުށަހެޅުމުގެ ފުރުސަތު އިނީ މާރޗް 31 އާ ހަމަޔަށް ހުޅުވާލެވިފައެވެ.

ސައުދު ވިދާޅުވި ގޮތުގައި ޑިމާންޑް އޮތްވަރު ބަލައި، ކުރީގެ ސަރުކާރުން އެ ރަށުގައި ހިއްކާފައި އޮތް ބިމުން ގޯތި ދޫކުރާނެއެވެ. އިތުރަށް ބިން ހިއްކައިގެން ގޯތި ދޭން ޖެހުނަސް އެކަން ކުރެވެން އޮތް ކަމަށް ސައުދު ވިދާޅުވިއެވެ. އެގޮތުން މިހާރުވެސް ތިނަދޫގައި 1،500 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ކުރިޔަށް ގެންދާ ކަން ސައުދު ފާހަގަކޮށްލިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!