މަޢުލޫމާތު
މުހިންމީ ބުރަކޮށް މަސައްކަތް ކުރުމެއް ނޫން- ސްމާޓްކޮށް މަސައްކަތް ކުރުން

ވަޒީފާއަކަށް މީހަކު ހޮވުމުގައި، ގިނަ ބަޔަކު ޤަބޫލުކުރާ ފިލޯސަފީ ބުނާގޮތުން، މަސައްކަތުގައި ގިނަ ވަގުތު ހޭދަކުރެވޭނެ، ވަޒީފާއަށް ގިނަވަގުތު ހުސްކޮށް، ވަޒީފާގައި ބުރަކޮށް މަސައްކަތް ކުރާ މީހުންނަށް އިސްކަން ދިނުން މުހިންމެވެ. ފަހަރެއްގައި މިއީ ރަނގަޅު ވިސްނުމަކަށްވެސް ވެދާނެއެވެ. ނަމަވެސް މިހިސާބުން އުފެދޭ ސުވާލަކީ، ގިނަ ވަގުތު މަސައްކަތުގައި އުޅެ، ބުރަކޮށް މަސައްކަތް ކުރުމާއި، އެމަސައްކަތުން ނެރޭ ނަތީއްޖާ އާއި ގުޅުމެއްވޭ ބާވައެވެ.

ކިތަންމެ ބުރަކޮށް މަސައްކަތްކުރިކަމުގައި ވީނަމަވެސް، އެކުރާ މަސައްކަތަކުން ނަތީއްޖާއެއް ނުފެންނަ ނަމަ، އެކުރި ބުރަ މަސައްކަތުގެ ބޭނުމެއް ނެތެވެ. ނަމަވެސް، މަދު ވަގުތުކޮޅެއްގެ ތެރޭގައި، ބިނާކުރަނިވި މަސައްކަތެއް ކޮށް ތަފާތު ބޮޑު ނަތީއްޖާ ނެރޭ ސްމާޓްކޮށް މަސައްކަތް ކުރާ މީހާ، ބުރަކޮށް މަސައްކަތް ކުރާ މީހާއަށް މުހިންމު ވެގެން ދެއެވެ.

އަހަރަމެން ކުރާ މަސައްކަތާއި، އެމަސައްކަތައް ހޭދަވާ ވަގުތާއި، އެއިން ނުކުންނަ ނަތީއްޖާ އަޅާކިޔުމަކީ މުހިންމު ކަމެއްގެ ގޮތުގައި ދެކެމެވެ. މީހަކު ހަފްތާއަކުން ނިންމާ މަސައްކަތް، ސްމާޓްކޮށް މަސައްކަތް ކޮށްފިނަމަ، އެންމެ ގަޑިއިރަކުންވެސް ނިންމާލެވިދާނެއެވެ. އެއްވެސް ހާލެއްގައި މުހިންމީ ބުރަކޮށް މަސައްކަތް ކުރުމެއް ނޫނެވެ. މުހިންމީ ސްމާޓްކޮށް މަސައްކަތްކޮށް، ތަފާތު ބޮޑު، ރަނގަޅު ނަތިއްޖާއެއް ނެރުމެވެ.

ކޮންމެ މަސައްކަތަކުންވެސް ނުކުންނަ ނަތީއްޖާއަށް ވިސްނައިގެން ނުވަތަ ކުރާ މަސައްކަތަކުން ނުކުންނަ ނަތީއްޖާ ރަނގަޅު ކުރާނެ ތަފާތު ގޮތްތަކަށް ވިސްނައިގެން، ނަތީއްޖާއަށް ފޯކަސް ބަހައްޓައިގެން މަސައްކަތް ކުރެވިއްޖެ ނަމަ، އެމަސައްކަތުން ނުކުންނަ ނަތީއްޖާ ރަނގަޅުވެ، މަސައްކަތުގެ އުފެއްދުންތެރިކަން ކުރި އަރައި ދާނެއެވެ. ބުރަކޮށް މަސައްކަތް ކުރުމުގެ ބަދަލުގައި ސްމާޓްކޮށް މަސައްކަތް ކުރުމަކީ ތަފާތު ބޮޑު ރަނގަޅު ނަތީއްޖާއެއް ނުކުމެގެން ދާނެ ކަމެކެވެ.

ބުރަކޮށް މަސައްކަތް ކުރުމުގެ ބަދަލުގައި ސްމާޓްކޮށް މަސައްކަތް ކުރުމަށް ބޭނުންކުރެވިދާނެ ބައެއް ހުނަރުތައް މިލިޔުމުގައި ހިމަނާލަމެވެ.

ތަފާތު މަސައްކަތް ކުރުން ހުއްޓާލުން:

ތަފާތު ގިނަ މަސައްކަތްތަކެއް އެއް މުވައްޒަފަކު ކުރުމަކީވެސް، ކުރާ މަސައްކަތުގެ ނަތީއްޖާ ދަށްކުރުވާ ކަމެކެވެ. ޚާއްސަކޮށް އަމިއްލަ ކުންފުނިތަކާއި ވިޔަފާރި ތަކުގައި، މަދު މުވައްޒަފުން ބޭނުންކޮށެގެން ތަފާތު ގިނަ މަސައްކަތް ކުރުވައެވެ. ތަފާތު ގިނަ މަސައްކަތަށް މުވައްޒަފުގރ ފޯކަސް އެނބުރެން ޖެހުމަކީ، ކުރާ އެއްވެސް ކަމަކަށް މާބޮޑު ފައިދާއެއް ނުކޮށް، އެއްވެސް ކަމެއް ރަނގަޅަށް ނުވުމަށް މަގުފަހިވާ ކަމެކެވެ.

ގިނައިން ބްރޭކް ނެގުން

އިންސާނުންގެ ސިކުނޑި މަސައްކަތްކުރާ ގޮތަށް ބަލާއިރު، މީހަކަށް އެންމެ ގިނައިރު، އެއް ކަމަކަށް ފުރިހަމަޔަށް ސަމާލުކަން ދެވެނީ 50 މިނެޓުގެ ވަގުތުކޮޅަކަށެވެ. އެހެން ކަމުން މާގިނަ ވަގުތު އެއް މަސައްކަތެއްގައި އިދެވޭނަމަ، ކޮފީ ބްރޭކެއް ނުވަތަ ކުޑަކޮށް ކޮޅަށް ތެދުވެލައި، ވަރުބަލިކަން ފިލުވާލުން މުހިންމެވެ. މަސައްކަތުގައި ކިތަންމެ ބުރަވި ނަމަވެސް، ނަމާދަށް ގޮވާލުމުން، ނަމާދު ޖަމާޢަތުގައި ބައިވެރިވެ، ދުނިޔެވީ ޙަޔާތާއި އުޚުރަވީ ހަޔާތް ބާއްޖަވެރި ކުރުމަކީ، މީހާ ތަފާތު ބޭކާރު ވިސްނުންތަކުން ދުރުކޮށް، ހިތްހަމަޖެހުން ގެނުވައި، ސިކުނޑި އިތުރަށް ތާޒާވެ، ކުރާ މަސައްކަތެއްގައި ބަރަކާތް އެކުލެވި، ރަނގަޅަށް ކުރުމަށް އެޅިގެންދާނެ ބާރެކެވެ.

އެއްގޮތް މަސައްކަތްތައް އެއްކޮށް ކޮށްލުން

ތަފާތު މަސައްކަތް ކުރުމުގައި، އެއްކަހަލަ މަސައްކަތްތައް ނުވަތަ އެއްކަމަކާއި ގުޅިފައިވާ މަސައްކަތްތައް އެއްކޮށް ކޮށްލުމުން، ކުރިމަސައްކަތް ތަކުރާރުކޮށް ކުރުމުގެ ބަދަލުގައި ވަގުތު ސަލާމަތްވެގެން ދެއެވެ. މިސާލަކަށް، ވަކި ޚާއްސަ ތަނަކުން ހޯދަންޖެހޭ މައުލޫމާތެއް ހޯދުމަށް ދާއިރު، އެހެން މަސައްކަތަކާއި ގުޅޭގޮތުން، އެދާތަނަކުން ހޯދަންޖެހޭ މައުލޫމާތު ހޯދިދާނެއެވެ. މިއީ އެއްކަހަލަ މަސައްކަތަށް ހޭދަވާނެ ވަގުތު ކުރުވެ، އެވަގުތު އެހެން ކަމަކަށް ދެވި ނަތީއްޖާ ނުކުންނާނެ ކަމެކެވެ.

ކުރާ ގިނަ މެނުއަލް މަސައްކަތްތައް އޮޓޮމޭޓް ކުރުން

ކުރާ ތަފާތު މަސައްކަތް އަމިއްލަ ދެއަތުން ކުރުމުގެ ބަދަލުގައި، ޓެކްނޮލޮޖީގެ އެހީގައި ތަފާތު ހައްލުތައް ހޯދައި، މަސައްކްތުގެ ފެންވަރު ރަނގަޅު ކުރެވިދާނެއެވެ. ކުންފުންޏެއްގެ އިދާރީ މަސައްކަތް ކަމުގައިވާ ހާޒިރީ ރިޕޯޓް ތައްޔާރު ކުރުމަށް ފުދޭވަރަކަށް ވަގުތު ހޭދަވުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ހާހުން މުވައްޒަފުން އުޅޭތަނެއް ނަމަ، މިމަސައްކަތަށް 3 ނުވަތަ 4 މުވައްޒަފުން ނަގަން ޖެހެއެވެ. ނަމަވެސް އާދައިގެ އެޓެންޑެންސް ސިސްޓަމެއްގެ އެހީގައި މިމަސައްކަތް ކުރެވިއްޖެނަމަ، ބޭނުންވާ ކޮންމެ ވަގުތެއްގައި މަދު ސިކުންތު ކޮޅެއްގެ ތެރޭގައި ހާޒިރީ ރިޕޯޓެއް ތައްޔާރު ކުރެވިދާނެއެވެ.

އަވަހަށް ހޭލުމާއި، އަވަހަށް ނިދުން

ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ރޭގަނޑުގެ ނިދި ފުރިހަމަޔަށް ހަމަޔަށް ލިބެންޖެހެއެވެ. މިއީ އަހަރަމެންގެ ސިކުނޑި ރަނގަޅަށް މަސައްކަތްކުރުމަށް އެޅިގެންދާނެ ބާރެއްވެސް މެއެވެ. ހެނދުނު އަވަހަށް ހޭލައިގެން، ހުޅުވިފައިވާ ސިކުނޑިއަކާއިއެކު، ހެނދުނުގެ ރަނގަޅު ނާސްތާއަކާއި އެކު މަސައްކަތް ފެށުމަކީ ކުރާ މަސައްކަތެއްގެ ނަތީއްޖާ ރަނގަޅުކުރުމަށް އެޅިދާނެ މުހިންމު ފިޔަވަޅެކެވެ. ރެޔާއި ދުވާލު މުޅިންހެން އޮފީސް މަސައްކަތަށް ދުއްވާލައި، ރޭގަނޑު ރަނގަޅަށް ނުނިދައި ބުރަކޮށް މަސައްކަތް ކުރުމަކީ، ކުރާ މަސައްކަތުގެ ކޮލިޓީ ދަށްވެ، ނަތީއްޖާއަށް ބޮޑެތި އަސަރު ކުރިމަތި ކުރުވާ ކަމެކެވެ.

އަވަހަށް ނިދައި، ފަތިސް ނަމާދަށް ހޭލައި، ދުވަހުގެ ބާއްޖަވެރިކަން ލިބިގަތުމާއި އެކު މަސައްކަތް ފެށުމަކީ، ސްމާޓްކޮށް މަސައްކަތްކުރާ މީހަކަށް ކުރެވިދާނެ ކަމެކެވެ. ދުނިޔެވީ ކަންކަމާއި، ވަޒީފާގައި ނިންމަންޖެހޭ މަސައްކަތްތަކާއި އެއްވަރަށް އުޚުރަވީ ހަޔާތް ބާއްޖަވެރިކުރުމަކީ، މިދުނިޔެމަތީގައި ކުރާ ކޮންމެ ކަމެއްގައި ބަރަކާތް އިތުރުވެގެންދާނެ ކަމެކެވެ. ބުރަކޮށް މަސައްކަތް ކުރުން ދޫކޮށްލައި ސްމާޓްކޮށް މަސައްކަތް ކުރާ މީހަކަށްވުމަށް އަހަރަމެން ގަދައަޅައި މަސައްކަތް ކުރުން މުހިންމެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!