މި ޖެނުއަރީގައި ތިނަދޫ ގައި ނިމިގެންދިޔަ ވަރުގަދަ މުބާރާތެއް ކަމަށްވާ އެމްޓީސީސީ ހަވަރު ޔޫތު ކަޕް 2021 ގެ އެންމެ މޮޅު ޑިފެންޑަރު ހުސައިން އަބްދު ހަކީމް (މެޑިކް) 1 ވަނަ ޑިވިޝަން ގެ ޓީސީ އަށް ސޮއި ކޮށް އެ ޓީމުގެ ފަރިތަކުރުން ތަކުގައި ބައިވެރިވާން ފަށައިފިއެވެ.
ހުވަދޫ ނިއުސް އަށް މައުލޫމާތު ދެމުން މެޑިކް މިއަދު ބުނީ ރާއްޖޭގެ އެންމެ ވަރުގަދަ އެއް ޓީމު އަދި 1 ވަނަ ޑިވިޝަންގެ ޓީމް ޓީސީ އަށް ފުރުސަތު ލިބުނީ ތިނަދޫ ގައި އެންމެ ފަހުން ބޭއްވި ހަވަރު ޔޫތު ކަޕް 2021 ގެ ފަހުގައި ކަމަށާއި ޓީސީ އިން އެ މުބާރާތް ނިމުނުތަނާހެން ގުޅައި ވާހަކަ ދައްކައި ޕްރެކްޓިސް ގައި ބައިވެރިވުމަށް ދައުވަތު ދިން ކަމަށެވެ.
އަދި އެދުވަހު ގެ ޕްރެކްޓިސް ގައި އެމީހުން ބަލަން ބޭނުން ކަންތައްތައް ބެލުމަށް ފަހު ސޮއި ކުރުމަށް ބުނީ ކަމުގައި މެޑިކް ބުންޏެވެ. މެޑިކް ބުނީ މިފަދަ ފުރުސަތެއް ލިބުމުން ވަރަށް އުފާވާ ކަމަށާއި ކުރިޔަށް އޮތް ތާނގައި ތިނަދޫ އަށް ނުވަތަ ހުވަދު އަތޮޅު ފަޚުރުވެރިވާފަދަ ކުޅުމެއް ކުޅެ ކުރިޔަށް ދިޔުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
” މީގެ ކުރިންވެސް ލިބުނު މާޒިޔާ އިން ފުރުސަތު. ނަމަވެސް މީގަ މައްސަލަ އަކީ އަތޮޅު ރަށް ތަކުގައި ކުޅޭ ، އެ ރަށުގައި ދިރިއުޅޭ ކުދިންނަށް މާލެ ބަދަލު ވުމަކީ ފަސޭހަ ކަމެއް ނޫން. މިހެން ލިބޭ ފުރުޞަތު ގައި އެކަން ހަމަޖެހިގެން ދާ ނަމަ އަތޮޅު ތަކުން ވަރަށް ގިނަ ބަޔަކު ރާއްޖޭގެ ބޮޑެތި ޓީމު ތަކުން ފެންނާނެ ” މެޑިކް ބުންޏެވެ.
އެމްޓީސީސީ ހަވަރު ޔޫތު ކަޕް 2021 ގައި ތިނަދޫ “ހުއްޓޭކޮޑާ” ޓީމުން ފެނިގެން ދިޔަ މެޑިކް ޓީސީ އަށް ސޮއި ކުރީ މި މަހު 16 ވަނަ ދުވަހުއެވެ.
ޓީސީ މިހާރު ތައްޔާރު ވަމުން ދަނީ ދިވެހި ލީގަށް ކަމުން މެޑިކް 1 ވަނަ ޑިވިޝަން ގައި ކުޅޭ ފުރަތަމަ މުބާރާތަށް ވެގެން ދާނީ ދިވެހި ލީގެވެ.
ތިނަދޫ ގެ ފުޓްބޯޅަ ކުޅުން ތެރިން މީގެ ކުރިން ރާއްޖޭގެ 1 ވަނަ ޑިވިޝަން އަދި ޤައުމީ ޓީމުގައި ވަރަށް ގިނައިން ހިމެނުން ކަމަށް ވިޔަސް މިހާރަކަށް އައިސް އެ ފުރުސަތު ނުލިބެއެވެ. ނަމަވެސް މެޑިކްގެ ފަރާތުން ލިބުން މައުލޫމާތަށް ބަލާއިރު ކްލަބް ވެލެންސިއާ އަދި އެހެނިހެން ޓީމު ތަކުގެ ފަރިތަކުރުން ތަކުގައި ތިނަދޫ އަށް ނިސްބަތްވާ އިތުރު 2 ކުއްޖަކު ބައިވެރިވެއެވެ.
މެޑިކް އަކީ ތިނަދޫ ފުޓްބޯޅަ ދަނޑު ގައި ވަރަށް މަޝްހޫރު ކުޅުންތެރިއެކެވެ.
ގައުމީޓީމުގެ ސެންޓާބެކަން މެޑިކު ކުޅެން ހުއްޓާ ފެނުމަކީ ދެކެން ބޭނުންވާ ކަމެއް،