ދީން
ރަޙްމަތްތެރިން އިޚްތިޔާރު ކުރާއިރު، ރަނގަޅު މީހުން ހޮވަން ޖެހޭ: ޚުޠުބާ

ރަޙްމަތްތެރިންނަކީ ޖަމާޢަތެއްގެ ކުރިއެރުމާއި، ފަހަތަށް ޖެހުމުގައި ވަރަށްބޮޑު ދައުރެއް އަދާކުރާ ބަޔެއްގެ ގޮތުގައި ޚުޠުބާގައި ބުނެއެވެ. ހިތްހަމަޖެހުމާއި، ނުތަނަވަސްކަން ގެނެސް ދިނުމުގައި، އެމީހުންގެ އަސަރު ވަރަށް ބޮޑެވެ. މީހުންގެ ޙަޔާތާއު، ވިސްނުމާއި، ފިކުރަށް ވެސް، ރަޙްމަތްތެރީންގެ އަސަރު ވަރަށްވެސް ބޮޑެވެ.

ޚުޠުބާ ބުނާގޮތުން ރަޙްމަތްތެރިކަމުގެ ގުޅުން އުފެދި ބޮޑުވެފައި ވަނީ، އިޚްލާސްތެރިކަމާއި، މަތިވެރި މަޤްޞަދެއްގައި ކަމުގައި ވާނަމަ، އެއީ މާތްﷲ، އެކަމުގައި ބަރަކާތް ލައްވަވާނެ ގުޅުމެކެވެ. އަދި އެއީ ދޯދިޔާ ނުބައި ގުޅުމެއް ކަމުގައި ވާނަމަ، އޭގެ ނުބައިކަން މާތްﷲ، އެފަރާތަށް ރައްދު ކުރައްވާނެއެވެ.

ޚުޠުބާގައި ބުނެވުފައިވާގޮތުން، ތެދުވެރި ސާފު ރަޙްމަތްތެރިކަަމަކީ، އިސްލާމް ދީން އެކަމަށް ގޮވާލާ، އެކަމަށް ބާރުއަޅާ ކަމެކެވެ. މިފަދަ އެކުވެރިކަން ޤާއިމްކޮށް، މާތްﷲ އަށްޓަކައި، އެކަން ދެމެހެއްޓުމަށް އިސްލާމް ދީން ގޮވާލައެވެ. މާތްﷲ ގެ ހިޔާވަހިކަން ނޫން ހިޔާވަހިކަމެއް ނުވާނެ ދުވަހެއްގައި، ހަތް މީހަކަސް އެކަލާނގެ އަރުޝީގެ ހިޔާވަހިކަން ދެއްވާނެއެވެ. މިހަތް ގިންތީގެ ތެރޭގައި ހިމެނޭ އެއް ގިންތިއަކީ، މާތްﷲ އަށްޓަކައި، އެކަކު އަނެކަކު ދެކެ ލޯބިވީ މީހުންގެ ގިންތިއެވެ.

ﷲގެ ވަޖްހުފުޅަށްޓަކައި ލޯބިވާ މީހަކީ، މާތްﷲ ރަނގަޅަށް ދަންނަ މީހަކު ކަމުގައި ވާންޖެހޭނެއެވެ. އެކަލާނގެ އަމުރުފުޅަށް ކިޔަމަން ގަންނަ މީހަކު ކަމުގައި ވާންޖެހޭނެއެވެ. މީހަކު ދެކެ ،ޯބިވާނަމަ ނުވަތަ ނަފުރަތްތެރިވާނަމަ ލޯބޮވާން ޖެހޭނީ ނުވަތަ ނަފުރަތްތެރިވާން ޖެހޭނީ ﷲ ގެ ވަޖުހުފުޅަށްޓަކައެވެ.

މީހެއްގެ ފަރާތުން ލިބިދާނެ ފައިދާއަކަށް ޓަކައި، ނުވަތަ މީހެއްގެ ގައިގައި ހުރި މޮޅުކަމަކަށް ޓަކައި، އެމީހަކު ދެކެ ލޯބިވާ ލޯބިވުމަކީ އެހެން ބާވަތެއްގެ ރަޙްމަތްތެރި ކަމެކެވެ. ﷲގެ ވަޖްހުފުޅަށްޓަކައި، މީހަކު ލޯބިވާ ލޯބިވުމުގެ ނަތީޖާ ފެންނާނީ އެކަމުގައި ހުރި އިޚްލާޞްތެރިކަމެއްގެ ސަބަބުންނެވެ. ޚުޠުބާގައި ބުނެފައިވާ ގޮތުން، އެކަކު އަނެކަކު ދެކެ ލޯބިވާ ދެ އެކުވެރިން ތިބޭނީ، މަތްﷲ ގެ ޙިމާޔަތާއި، ރައްކައުތެރިކަމުގައެވެ.

ރަޙްމަތްތެރިންގެ އަސަރަކީ، ވަރަށް ވަރުގަދަ، ވަރަށް ބާރުގަދަ ނުފޫޒެއް ކަމުގައި ޚުޠުބާގައި ބުނެއެވެ. ރަޙްމަތްތެރިން އިޚްތިޔާރު ކުރާއިރު، ވަރަށް ރަނގަޅަށް ބަލައި، ރަނގަޅު މީހުން ހޮވަން ޖެހެއެވެ. އިންސާނުންގެ މިޒާޖުގައި ރަޙްމަތްތެރިންނާއި، އެކުވެރިން ކޮޕީކުރާ ގޮތް ހުރެއެވެ. އެކެއްގެ ނުބައި އަޚްލާޤުން އަނެކާއަށް ނުބައި އަސަރު ފޯރައެވެ. އަހިވަކާއި ޖެހި އަހިވަށް ފާވާގޮތަށެވެ. ހެޔޮކަންތަކުގެ އަސަރަށް ވުރެ، ނުބައި ކަންތައްތަކުގެ އަސަރު އާންމު ގޮތެއްގައި މާ ވަރުގަދައެވެ. ވަރަށް ގިނަފަހަރަށް ސިނގިރެޓް ބުއިން ފަދަ، ނުބައި އަމަލުތައް ދަސްވަނީ، ތިމާގެ ރަޙްމަތްތެރިޔާގެ ކިބައިންނެވެ. މަސްތުވާތަކެތީގެ ދަލުގައި ޖެހެނީ، ރަޙްމަތްތެރިޔާގެ ސަބަބުންނެވެ. އިސްލާމް ދީން މަނާކުރާ، ފާހިޝް ޢަމަލުތަކުގެ ޖާދޫގައި ޖެހެނީ ރަހްމަތްތެރިންގެ ސަބަބުންނެވެ.

ރަޙްމަތްތެރިންނަކީ، ވާޖިބުތައް އަދާކުރުމުގައްޔާއި، ހައްޤުތަކަށް ރައްކާތެރިކުރުމުގައި އެހީވެދޭ ބައެއްނަމަ، އެއީ ހެޔޮ ރަނގަޅު ރަހްމަތްތެރިންނެވެ. މިފަދަ ރަޙްމަތްތެރީންގެ ރަޙްމަތްތެރިކަން ދަމަހައްޓަން ވާނެއެވެ. ރަނގަޅު ރަޙްމަތްތެރިއަކީ، ދުނިޔެއާއި އާޚިރަތުގައި ކާމިޔބީގެ މަގަށް އެމީހާ މިސްރާބު ކޮށްދޭނެ މީހެއްކަމުގައި ޚުޠުބާ ބުނެއެވެ. މިއާއި ޚިލާފަށް ނުބައި ރަޙްމަތްތެރިޔަކީ، އޭނާގެ އެކުވެރިޔާގެ ވެސް ހަލާކެކެވެ އެ ރަޙްމަތްތެރި ކަމުގެ ސަބަބުން، އަނެކާ ހަލާކުވެގެން ހިނގައިދާނެއެވެ. މަގުއޮޅި، ވަސްވާސްތަކަށް ހެއްލި ގޮސް ނަރަކައަށް ހުށަހޮޅިދާނެއެވެ.

ޚުޠުބާ ބުނާގޮތުން ރަނގަޅު ރަހްމަތްތެރިން ހޯދުމަށް އަޅުގަނޑުމެންނަށް އަމުރު ކުރައްވާފައި ވެއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ހަދީޘްފުޅެއްގެ މާނައިގައި ވެއެވެ. ރަނގަޅު ރަޙްމަތްތެރީންގެ މިސާލަކީ ގޮމަކަސްތޫރި ވިއްކާ މީހެއްގެ މިސާލެވެ. އޭނާގެ ފަރާތުން އެއްޗެއް ނުލުބުނު ކަމުގައިވިޔަސް އޭނާގެ ގާތުން މީރުވަސް ލިބޭނެއެވެ. ނުބައި ރަޙްމަތްތެރިޔާގެ މިޗާލަކީ ގިރުނބާ ދަމާ މީހެއްގެ މިސާލެވެ. އޭނާގެ ކައިރިން ގެދަބުޅީގެ އަސަރު ނުފޯރި ނަމަވެސް، ދުމުގެ އަސަރު ފޯރާނެއެވެ. 

ތަޤުވާވެރި ވިސްނުން ތޫނު އެކުވެރީންގެ ސަބަބުން، ތިބާ އަބަދުވެސް ކުރިއަށް ދާނެކަމުގައި ޚުޠުބާގައި ބުނެއެވެ. އަދި މޮޔަ ރަޙްމަތްތެރިންގެ ސަބަބުން ތިމާގެ ޤަދަރު ވެއްޓިގެން ދާނެއެވެ. މާތް ﷲ އަށްތަކައި އުފެދޭ ރަޙްމަތްތެިކަން ދެމިއޮންނާނީ، ﷲއަށް ކިޔަމަންގަތުމުގެ މަތީގައެވެ. އޭގެތެރެއިން އެކެއްގެ ސުލޫކާއި އުޅުން ނުބައިވެއްޖެނަމަ އަނެކަކު އޭނާއާ ދުރުހެލިވެ، ރަހްމަތްތެރިކަން ކަނޑައިލާނެއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ގެ އަސްހާބު ބޭކަލުންއެބޭކަލުންގެ މެދުގައި ރަޙްމަތްތެރިކަން ބަދަހި ކުރެއްވުމަށްޓަކައި، އެއްބޭކަލަކު އަނެއް ބޭކަލަކަށް ނަސޭހަތްތެރިވެ ވަޑައިގެންނެވިއެވެ. 

ރަޙްމަތްތެރިކަމުގެ ގުޅުން ޤާއިމްކުރަންވީ، ކޮންބަޔަކާއެކުގައި ކަން ހާމަ ކުރައްވަމުން ކީރިތި ރަސޫލާ صلى الله عليه وسلم ހަދީޘް ކުރައްވަނީ މުއުމިނަކާއެކު މެނުވީ ރަޙްމަތްތެރިކަން ޤާއިމް ނުކުރާށެވެ. އަދި ތަޤްވާ ވެރިއަކަށް މެނުވީ ތިބާގެ ކާތަކެތި ނުދޭށެވެ. 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!