ޚަބަރު
ތިނަދޫ ކުނިކޮށި ސަރަހައްދުގައި ކެމެރާ ހަރުކުރަނީ

ތިނަދޫ ކުނިކޮށި ސަރަހައްދުގައި ސީސީ ކެމެރާ ވަރަށް އަވަށް ހަރުކުރެވޭނެ ކަމުގައި ތިނަދޫ ކައުންސިލްގެ ރައީސް ސަޢުދު އަލީ ވިދާޅުވެއްޖެއެވެ.

ރައީސް ސަޢުދު އަލީ ވިދާޅުވީ ތިނަދޫ ގައި މިހާތަނަށް ޙައްލު ނުވެ ހުރި އެންމެ ބޮޑު އެއް ކަމަކީ ކުނީގެ މައްސަލަކަމަށާއި މިހާރު ހުރި ކުނިކޮށި ހުރި ސަރަހައްދުގައި ކެމެރާ ބެހެއްޓުމަކީވެސް ކުނި އުކާލާ ފަރާތަކުން ހިންގާ ނޭދެވޭ ކަންކަން ހުއްޓުވުމަށް ކުރާ ކަމެއް ކަމަށެވެ. ހަމަ އެއާއެކު ކުނި އުކާލުމުގައި ކުރިން ގެންގުޅުނު އުޞޫލަށް ވެސް ބޮޑެތި ބަދަލު ތަކެއް ގެނައުމަށް ދަނީ މަސައްކަތް ކުރަމުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ސައުދު ވިދާޅުވީ ތިނަދޫ ގެ ކުނި ގޮނޑަކީ ރަށުގައި އާންމު ކޮށް މީހުން ދިރިއުޅޭ ހިސާބާ ކުޑަކޮށް އެކަހެރި ތަނެއް ކަމުން ކުނި އުކާލުމުގައި ނޭދެވޭ އަމަލުތައް ފެނުންނަ ތަނެއް ކަމަށެވެ. އެގޮތުން ކެމެރާ ހަރުކުރުމުގެ ވިސްނުންމަކީ ކުނި މެނޭޖް ކުރުމުގައި އުނދަގޫ ތަކެއް ވާތީ ކުރާ ކަމެއް ކަމަށެވެ.

“ކެމެރާ ގެ އެހީގައި ގަވާއިދާ  ޚިލާފަށް ކުނި އުކާ ފަރާތްތަކާ އެ ސަރަހައްދުގެ މަގު ތަކަށް ކުނި އަޅާ ފަރާތްތައް ހޯދައިގަނެވޭނެ” – ތިނަދޫ ކައުންސިލްގެ ރައީސް ސަޢުދު އަލީ

ތިނަދޫ ކުނި ކޮށި މިވަގުތު ހެދިފައި ވަނީ މީހުން އާބާދު ވަމުން އަންނަ ހިސާބަކަށް ވުމާއި ކުނި ކޮއްޓާ އިންވެގެން ކުޅިއެއް އޮތުމުގެ ސަބަބުން އާންމު ފަރާތްތަކަށް އުނދަގޫވެވެ އެކަމުގެ ޝަކުވާ އެކި ގޮތްގޮތަށް ކުރެވޭކަން ފާހަގަ ކުރެވެއެވެ. ހަމަ އެހެންމެ ތިނަދޫ ކައުންސިލާއި ސަރުކާރުން ވެސް ތިނަދޫ ގެ ކުނީގެ މައްސަލަ ވީހާވެސް ޙައްލު ކުރުމަށް މަސައްކަތް ކުރަމުން ދާކަން  ފާހަގަ ކުރެވެއެވެ.  ދާދި ފަހުންވެސް ވެމްކޯ ގެ އެހީތެރިކަމާއެކު ތިނަދޫ ކުނިކޮށީ ގައި ހުރި 8000 ޓަނުގެ ކުނި ނަގައި އެއްކޮށް ވަނީ ސާޕް ކޮއްފައެވެ. ތިނަދޫ އަކީ 12000 މީހުން ދިރިއުޅޭ އާބާދީއެއް އޮންނަ ބޮޑު ރަށެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!