ޚަބަރު
ކާޑެއްދޫ އެއަރޕޯޓުގައި ރަނގަޅު ފެންވަރުގެ ޖެޓީއެއް ލުމުގެ މަސައްކަތް ފަށައިފި

ގދ ކާޑެއްދޫގައި ހިންގާ އަތޮޅުގެ އެންމެ ބޮޑު އެއަރޕޯޓު ކަމަށްވާ ކާޑެއްދޫ އެއަރޕޯޓުގެ ޖެޓީ ވެއްޓުނު މައްސަލަ ހައްލުކޮށް ރަގަޅު ފެންވަރުގެ ޖެޓީއެއް ލުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.

މިކަމާ ގުޅިގެން ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީ ވިދާޅުވީ، ކާޑެއްދޫ އެއަރޕޯޓު ގެ ޖެޓީ ވެއްޓުނު މައްސަލަ ވީހާވެސް އަވަހަކަށް ހައްލުކޮށް ރަނގަޅު ފެންވަރުގެ ޖެޓީއެއް ލުމަށްޓަކައި އެމްޓީސީއިން މަސައްކަތް ފަށައިފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ކާޑެއްދޫ އެއަރޕޯޓު ޖެޓީ ލުމަށްޓަކައި މިއަދުގެ ވަގުތެއްގައި އެމްޓީސީސީގެ ޓީމެއް ކާޑެއްދޫއަށް އައުމަށް ވަނީ ހަމަޖެހިފައެވެ.

ކާޑެއްދޫ ޖެޓީ ހަލާކުވެ ވެއްޓެން ކައިރިވެފައި އޮންނަތާ ގިނަ ދުވަސްތަކެއްވެފައި ވަނިކޮށް މިއަދުގެ ވަގުތެއްގައި ޖެޓީގެ ބޮޑުބައެއް ވަނީ ވެއްޓިފައެވެ. ޖެޓީގެ ބޮޑުބައެއް ވެއްޓުމުގެ ސަބަބުން ދަތުރުފަތުރު ކުރާ ފަރާތްތަކަށް ގިނަ ދަތިތަކަކާ ކުރިމަތިވާކަމަށް އެފަރާތްތަކުން މައުލޫމާތުދެއްވައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!