ޚަބަރު
ދެމަފިރިންގެ ވިޔަފާރި ކުރިޔަށް، ރައްޔިތުން ބިކަވަނީ – ސަނީފް

ހުވަދު އަތޮޅު ކާޑެއްދޫގައި ހިންގާ އެއަތޮޅުގެ މައި އެއަރޕޯޓުގެ ޖެޓީގެ ބޮޑު ބައެއް ވެއްޓިފައިވާތީ އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް ވިލާ ކުންފުންޏަށް ފާޑުކިއުން އަމާޒުކޮށްފިއެވެ.

މިކަމާ ގުޅިގެން ހުވަދޫ ނިއުސް އަށް ދިން ބަސްދީގަތުމެއްގައި ސަނީފް ވިދާޅުވީ، ކާޑެއްދޫ އެއަރޕޯޓަކީ ހުވަދު އަތޮޅުގެ ތަރައްގީއާ ގުޅިފައިވާ ވަރަށް މުހިންމު އެއަރޕޯޓެެއް ކަމަށާއި، އެއެއަރޕޯޓު ހަލާކުވާން ދޫކޮށްލައިގެން ތިބެވެން ނެތްކަމަށެވެ. އަދި ހުވަދު އަތޮޅު ވިޔަފާރީގެ ގޮތުން ހުޅުވާލަދިން މައިދޮރާށި ކަމުގައިވާ ކާޑެއްދޫ އެއަރޕޯޓަކީ ސަރުކާރުތަކުން އިހުމާލުވެފައިވާ ތަނެއް ކަމަށްވެސް ސަނީފް ވިދާޅުވިއެވެ.

ކާޑެއްދޫ އެއަރޕޯޓުގެ ޖެޓީގެ ބޮޑުބައެއް މިއަދު ވެއްޓިފައިވާ މައްސަލައިގައި ކުރެއްވި ޓުވީޓެއްގައި ސަނީފް ވިދާޅވީ، ހުވަދު އަތޮޅު މުޅި ދުނިޔެއަށް ހުޅުވާލީ ކާޑެއްދޫ އެއަރޕޯޓު މެދުވެރިވެގެން ކަމަށާއި، އެއެއަރޕޯޓު އެހާލަތަށް ދިޔައިރު ކޯޓުން ވިލާ ކުންފުންޏަށް އެއަރޕޯޓު ދިނުމަށް ހުކުމް ކުރުމުން އެކަމަށް ހައްލެއް ނުލިބިގެން އުޅެންޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ހުވަދު އަތޮޅު މުޅި ދުނިޔެ އަށް ހުޅުވާލީ ކާޑެއްދޫ އެއަރޕޯޓް މެދުވެރިވެގެން. މިއަދު މިހާލަތަށް ދިޔައިރު ކޯޓުން ކުރި ހުކުމް ކޮބާތޯ؟ ދެމަފިރިންގެ ވިޔަފާރި ކުރިޔަށް. ރައްޔިތުން ބިކަވަނީ – ސަނީފް

ސަނީފް މިހެން ވިދާޅުވެފައިވާއިރު، ކާޑެއްދޫ އެއަރޕޯޓު ވިލާއަށް ދިނުމަށް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ. ނަމަވެސް އަދި މިހާތަނަށް ވިލާ އެއާއިން ކާޑެެއްދޫ އެއަރޕޯޓް ހިންގުމަށް ރަސްމީކޮށް ހަވާލުވެފައި ނުވެއެވެ.

  1. Thinadhoo gamaaru raeeses

    Keekey mikiyanee. Fahathu fatah buravefaivaa sarukaarakun hingaa airport eh ge maraamaatheh sunna bunnas ehen bayaku nukuraane dho. Thee mdp ge haalathu. Abadhu olhuvaslun. Thinadhoo gamaaru raees