އިންޑިއާ ސަރުކާރުގެ ފަރާތުން އިންޑިއަން ކައުންސިލް ފޯ ކަލްޗަރަލް ރިލޭޝަންސް (އައި.ސީ.ސީ.އާރް) މެދުވެރިކޮށް ދިވެހިންނަށް 34 ސްކޯލާޝިޕްގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ސްކޯލަޝިޕްގެ ދަށުން އިންޑިއާގެ ބޮޑެތި ސިޓީތަކުގެ އެންމެ މަތީ ފަންތީގެ ޔުނިވަރސިޓީތަކުން އަންޑަރ ގްރެޖުއޭޓް، ޕޯސްޓް ގްރެޖުއޭޓް އަދި ޕީއެޗްޑީ ފެންވަރަށް އަރޓަސް، ސައިންސް، އިންޖިނިއަރިންގ، ބިޒްނަސް، ޓުއަރިޒަމް، އަދި އެހެނިހެން ދާއިރާތަކުން ކިޔެވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.
އަދި އިންޑިޔާގެ ސަޤާފަތުގެ ދާއިރާއިން ޢިލްމު އުގެނުމަށް ބައިނަލައަޤްވާމީ ގޮތުން 100 ސްކޮލަރޝިޕް ހިމެނެއެވެ. އޭގެތެރޭގައި އިންޑިއާގެ ސަޤާފަތުގެ ތެރެއިން މިއުޒިކް، ޑާންސް، ތިއޭޓަރ، ޕަރފޯމިންގް އަރޓްސް، ސްކަލްޕްޗަރ، އިންޑިއާގެ ބަސްތަކާއި އިންޑިއާގެ ސުފުރާތައް ހިމެނެ އެވެ.
Study in India 🇮🇳
34 fully-funded scholarships are being offered by @iccr_hq for #Maldivian students to pursue UG, PG & PhD courses in leading Indian Universities.
Apply now! @iccr_maldives https://t.co/KmbgFag8w4
— India in Maldives (@HCIMaldives) January 18, 2022
މިސްކޯލާޝިޕްގައި ބައިވެރިވުމުގެ އުމުރުފުރާއަކީ 18 އަހަރާއި 30 އަހަރެވެ. އަދި ޕީއެޗްޑީގެ ފުރުސަތައް ކުރިމަތިލުމަށް އެންމެ ދޮށީ އުމުރަކީ 45 އަހަރެވެ.
ސްކޯލާޝިޕަށް އެދި ހުށަހަޅަން ޖެހެނީ އޮންލައިންކޮށް އައި.ސީ.ސީ.އާރްގެ އޭ2އޭ ޕޯޓަލް މެދުވެރިކޮށް 25 ޖެނުއަރީން 30 އޭޕްރިލް 2022 ގެ ނިޔަލަށެވެ. އައި.ސީ.ސީ.އާރް އިން ހާމަކުރާގޮތުގައި މި ކޯސްތަކާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު އިންޑިއަން ކަލްޗަރަލް ސެންޓަރުން ލިބެން ހުންނާނެއެވެ.