ވިޔަފާރި
މޯލްޑިވިއަންއިން އަލަށް ގެންނަ ބޯޓުތަކަށް ފައިސާ ދެއްކުމަށާއި، އިތުރު ދެ ބޯޓު ކުއްޔަށް ނެގުމަށް އިއުލާންކޮށްފި

ޤައުމީ އެއަރލައިން މޯލްޑިވިއަންގެ އޮޕަރޭޝަނަށް އަލަށް ގެންނަ ތިން ބޯޓަށް ފައިސާ ދެއްކުމަށާއި، އިތުރު 2 ބޯޓު ކުއްޔަށް ނެގުމަށް މޯލްޑިވިއަން ހިންގާ އައިލޭންޑް އެވިއޭޝަން ކުންފުނިން އިއުލާންކޮށްފިއެވެ.

މޯލްޑިވިއަންއިން ގަތުމަށް ނިންމާފައިވަނީ އޭޓީއާރް 72-600 މަރުކާގެ ދެ ބޯޓާއި އޭޓީއާރް 42-600 މަރުކާގެ ބޯޓެކެވެ. އައިލޭންޑް އެވިއޭޝަނުން ބުނީ މަތިންދާބޯޓު ފްލީޓު ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، މިއަހަރު ފަހުކޮޅު 3 ބޯޓެއް ފްލީޓަށް އިތުރުކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފައިވާކަމަށެވެ.

މީ ބޯޓުތަކަށް ފައިނޭންސް ކުރުމުގެ ފުރުސަތު އެކުންފުނިން މިހާރު ވަނީ ހުޅުވާލާފައެވެ. އެގޮތުން އޭޓީއާރް 72-600 މަރުކާގެ ދެ ބޯޓު އޮކްޓޯބަރުމަހު ލިބޭނެކަމަށް އެކުންފުނިން ހާމަކުރާއިރު، އޭޓީއާރް 42-600 މަރުކާގެ ބޯޓު ލިބޭނީ ނޮވެމްބަރުމަހުކަމަށް މޯލްޑިވިއަންއިން ބުނެއެވެ. މި ބޯޓުތައް ގަތުމަށް ޖުމްލަ 56.5 މިލިއަން ޑޮލަރު ހޭދަވާނެކަމަށް މޯލްޑިވިއަންއިން ހާމަކުރެއެވެ. އެގޮތުން އޭޓީއާރް 72-600 މަރުކާގެ ދެ ބޯޓުން ކުރެ ބޯޓެއް 20 މިލިއަން ޑޮލަރަށް ލިބޭއިރު، އޭޓީއާރް 42-600 މަރުކާގެ ބޯޓު ލިބެނީ 16.5 މިލިއަން ޑޮލަރަށެވެ.

މި ބޯޓުތައް ގަތުމަށް މޯލްޑިވިއަންއިން މާލީ އެހީތެރިކަމަށް އެދި އިއުލާންކޮށްފައިވާއިރު، މަލީ އެހީތެރިކަން ދިނުމުގެ ޕްރޮޕޯސަލް ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީޙަކީ މިއަންނަ މަހުގެ 11 ވަނަ ދުވަސް ކަމަށް އެކުންފުނިން ހާމަކުރެއެވެ. މީގެއިތުރުން އިތުރު އޭޓީއާރް 72-600 މަރުކާގެ ދެ ބޯޓު ކުއްޔަށް ނެގުމަށްވެސް އެކުންފުނިން ވަނީ އިއުލާންކޮށްފައެވެ. އޭޓީއާރް ބޯޓުތައް ކުއްޔަށް ނެގުމަށް ކުރި އިއުލާނަށް ޕްރޮޕޯސަލް ހުށަހެޅޭނެ އެންމެފަހު ތާރީޙަކީ އަންނަމަހުގެ 10 ވަނަ ދުވަހެވެ.

އެކުންފުނީގެ ވައިގެ ފްލީޓުގައި މިވަގުތު އޮތީ އެއާބަސް އޭ.320 އަކާއި އޭ.321 އެއްގެ އިތުރުން، ޑޭޝް-8-ކިއު-200 ގެ ދެ ބޯޓާއި، ޑޭޝް-8-ކިއު-300 އަށް ބޯޓެވެ. މީގެއިތުރުން 11 ސީޕްލޭން އެކުންފުނީގެ ވައިގެ ފްލީޓުގައި ހިމެނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!