ވިޔަފާރި
ބައިކަން އިން %100 ދިވެހި އުފެދުން ތަކާއިއެކު ރާއްޖޭގެ އެކި ރަށްރަށަށް

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރާ ބައިކަން ޕްރައިވެޓް ލިމިޓެޑް ވިޔަފާރީގެ “ބައިކަން އެގްރި ބޯޓުން” %100 ދިވެހި އުފެދުން ތަކާއިއެކު ރާއްޖޭގެ އެކި ރަށްރަށަށް ވިއްކުމަށް ދަތުރުތައް ފަށައިފިއެވެ.

ބައިކަންގެ ފަރާތުން ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން އަހުމަދު މުއާޒް ވިދާޅުވީ ބޯޓުގެ ދަތުރުތައް މިވަގުތު ރޭވިފައިވަނީ ބައިކަން އިން ކާށިދޫ ގައި ހައްދާ ގޮވާމާއި ފަލަމަޑި އަދި ތަރުކާރީ އާއި މޭވާ އިތުރުން ބަގީޗާ ގަސްތަކާއި ބޯޓު ބަނދަރު ކުރާ ރަށްތަކުން ބޯޓަށް ވިއްކާ އެފަދަ ތަކެއްޗާއި އެކު ރާއްޖޭގެ ބައެއް ރަށް ތަކަށް ބަނދަރު ކޮށް އެތަނުން ގަންނަން ބޭނުންވާ ފަރާތްތަކަށް ވިކުން ކަމަށެވެ.

އޭނާ ވިދާޅުވީ ބޯޓު މިވަގުތު ބަނދަރު ކުރަން ނިންމާފައި ވަނީ ކާށިދޫ ގެ އިތުރުން ކ.މާފުށީ، ހުޅުމާލެ އަދި މާލެ ކަމަށާއި ރޯދަމަސް ތެރޭގައި ހުވަދު އަތޮޅަށް މި އުސޫލުން ދަތުރުތައް ކުރުމަށްވެސް ހަމަޖެހިފައިވާކަމަށެވެ.

” އަޅުގަނޑުމެން ރަށް ރަށުގައި ޖައްސާ އެއްޗެހި ވިއްކަމުން ދާއިރު އެ ރަށްރަށުން ވެސް ދިވެހި ދަނޑުވެރިކަމުގެ އުފެއްދުންތައް ގަންނާނެ. ވަގުތުން އަގު ދޭނެ” މުއާޒް ވިދާޅުވިއެވެ.

ބައިކަން އަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރާ ވިޔަފާރިއެކެވެ. އަދި ދިވެހި އުފެދުންތައް ވިއްކުވައި ދިނުމަށް ތަފާތު ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކުންފުންޏެކެވެ. ދަނޑުގޮވާމުގެ އިތުރުން ބައިކަން އިން ތަފާތު ވައްތަރުގެ ބަގީޗާ ގަސްތައް ހައްދައި ވިޔަފާރިކުރެއެވެ.

  1. Mandhoo ves laan veenu

  2. އައިސް

    ބ އަތޮޅަކަށް ނެތްތަ ދަތުރެއް