ޚަބަރު
ލައިސަންސްގެ ޚިދުމަތަށް ނަންނޯޓު ކުރުމުގެ އުސޫލެއް!

ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލުން ދެމުންދާ ލައިސަންސްގެ ޚިދުމަތް ހޯދުމަށް ނަންނޯޓު ކުރައްވަން ޖޭހެނެ ކަމަށް އެ އިދާރާއިން ބުނެފިއެވެ.

މިއަދު އެ ކައުންސިލުން އާންމު ކުރި އިއުލާނެއްގައި ބުނެފައިވަނީ ބުރާސްފަތި އަދި ހުކުރު ދުވަސް ނޫން ކޮންމެ ދުވަހެއްގެ ރޭގަނޑު 20:00 އިން 21:00 އަށް ލައިސަންސްގެ ޚިދުމަތަށް ނަންނޯޓް ކުރުމުގެ އިންތިޒާމު ހަމަޖައްސާފައިވާކަމަށެވެ. އަދި ނަން ނޯޓްކުރާ ފަރާތްތަކުން ހެނދުނު 11:00 ގެ ކުރިން އެއިދާރާގެ ކައުންޓަރުން ދޫކުރާ ޚިދުމަތަށް އެދޭ ނަންބަރު ނެންގެވުން އެދޭކަމަށެވެ.

އަތޮޅު ކައުންސިލުގެ އިއުލާނުގައި ބުނެފައިވަނީ މިގޮތަށް އަމަލު ކުރުމަށް ނިންމާފައިވަނީ އޭ ޒޯންގެ ލައިސަންސްއަށް އެދޭ ފަރާތްތައް އެއްދުވަހުން އަނެއް ދުވަހަށް އިތުރުވެ، ގދ.އަތޮޅުގެ އެކި ރަށްރަށުން ގިނަ އަދަދަކަށް ޚިދްމަތް ހޯދުމުން ދާތީ ކަމަށެވެ. އަދި މި އުސޫލާއި އެއްގޮތަށް 23 ޖަނަވަރީ ވަނަ ދުވަހުން ފެށިގެން އަމަލު ކުރަމުން ދާނެ ކަމަށްވެސް އަތޮޅު ކައުންސިލުން ބުނެއެވެ

އެގޮތުން، ލައިސަންސްގެ ޚިދުމަތަށް ނަންނޯޓު ކުރެއްވުމަށް އެކައުންސިލުގެ ފޯނު ނަންބަރު 6841032 އަށް ރޭގަނޑު 8 އާއި 9 އަކާއި ދެމެދު ގުޅައި ނަން ނޯޓު ކުރެއްވުމަށް އަތޮޅު ކައުންސިލުގެ އެ އިއުލާނުގައި ވަނީ ބުނެފައެވެ.

ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލުންގެ ދެމުންދާ ލައިސަންސް ޚިދުމަތަކީ، މިނިސްޓްރީ އޮފް ޓްރާންސްޕޯޓުން ދެމުންދާ ޚިދުމަތެކެވެ. އެގޮތުން އެ މިނިސްޓްރީގެ ޚިދުމަތް އަތޮޅު ތެރެއިން ފޯރު ކޮށްދިނުމަށް، އެ އަތޮޅެއްގެ އަތޮޅު ކައުންސިލު މެދުވެރިކޮށް ގެންދަނީ ޚިދުމަތް ދެމުންނެވެ.

 1. ކައުންސިލަރު

  އަނެއްކާ އަނެއް ހަކަންތައް!

 2. ޖސނޖަސ

  ތިހެން ވެސް ތިކަން ވެއްޖެއްޔާ ރަގަޅު. އިއްޔެވެސް ހީވަނީ ހަކުރު އެއްޗަކަށް ހިނި ފައިބާއިގެން އުޅުނުހެން

 3. ރަޓު މީހާ

  އަތޮޅު ކައުންސިލުން ތިކަމާ ހުއްޓައިލޭ ރަޓު ކައުންސިލް ތަކަލް ތިކަމާ ކެރަންނަޓެ ދީހެލެ

 4. އިއްބެ

  ވަރިހަހަމައި! އަހަން ތީ ލައިސަނާ ނަގައިގަތަމާ

 5. Saud is my boss

  Saud boss bunanee Atoll Council bodu meehaa beynun nuvanee aharemen bidheysee meehun haasakaoh banglaa meehunah license nudhenee konbatharu hunanee transport ministry bayaan nerenee driving school beynun vanee license naganee mihaaru