ޚަބަރު
ތިނަދޫއިން ރެންޑަމް ސާމްޕަލެއް ފައްސި ނުވާތާ 12 ދުވަސް

ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ނެރެފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ތިނަދޫއިން ނެގި ރެންޑަމް ސާމްޕަލެއް ފައްސި ނުވާތާ މިއަދަށް 12 ދުވަސް ވެއްޖެއެވެ.

ޑރ އަބަދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް  ސާލިމް އަލީ ވިދާޅުވީ ތިނަދޫއިން  މިއަދު ފައްސިވި 5 މީހުންނާއެކު  ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމުލަ އަދަދު  888 އަށް އަރާފައިވީ ނަމަވެސް ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ މިއަދު ރަނގަޅުވި 48 މީހަކާ އެކު 99 އަށް ތިރިވެފައި ކަމަށެވެ.

ސާލިމް އިތުރަށް ވިދާޅުވީ  ފާއިތުވި ދުވަހުވެސް ކޮވިޑް-19 އަށް ފައްސި ވެފައި ވަނީ މުޅިންވެސް ކަރަންޓީނު ގައި ތިބި މީހުންކަމަށެވެ. 

ތިނަދޫއިން ބަލިން ފަސޭހަވި މީހުންގެ އަދަދު އުޅެނީ 787 ގައެވެ. އަދި މިވަގުތު ކަރަންޓީނުގައި ތިބީ  ޖުމްލަ 168 މީހެކެވެ. ފާއިތުވި 24 ގަޑިއިރު ތެރޭގައި 72 ސާމްޕަލް ނަގާފައިވާއިރު މިހާތަނަށް ނެގި ސާމްޕަލްގެ ތެރެއިން 96 ސާމްޕަލެއް ވަނީ ނަތީޖާ ނުލިބިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!