ކޮވިޑް ޖެހިގެން ރާއްޖެއިން މިއަދު އިތުރު މީހަކު ނިޔާވެއްޖެއެވެ.
އެޗްޕީއޭއިން ހާމަކުރި ގޮތުގައި ކޮވިޑް ބަލީގައި މިއަދު ނިޔާވެފައިވަނީ އުމުރުން 42 އަހަރުގެ ދިވެހި އަންހެނެކެވެ. އެމީހާ ނިޔާވެފައިވަނީ ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް ރޭ ދަންވަރު 3:01 ހާއިރު ކަމަށް އެޗްޕީއޭއިން ވަނީ ވިދާޅުވެފައެވެ.
މިމަރާއެކު ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވި މީހުންގެ އަދަދު މިވަނީ 270އަށް އަރާފައެވެ.
މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މިހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون