ޚަބަރު
ކޮމަންޑޫ ދާއިރާގެ ޕްރޮޖެކްޓްތައް ހިންގަނީ އިންތިޚާބު ނިމުމުން “އުސޫލާ ޚިލާފު” ބަހަނާއަށް ދައްކައި ހުއްޓާލަން – މަލީހް

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ހުސްވެފައިވާ ގޮނޑިއަށް ކެމްޕެއިން ކުރުމަށް، ކޮމަންޑޫ ދާއިރާގެ ޕްރޮޖެކްޓްތައް ހިންގަނީ އިންތިޚާބު ނިމުމުން “އުސޫލާ ޚިލާފު” އެއީ ބަހަނާއަކަށް ދައްކައި ޕްރޮޖެކްޓްތައް ހުއްޓާލުމަށް ކަމުގައި، ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރ މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

މަލީހް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކޮމަންޑޫ ދާއިރާގައި އުސޫލުތަކާއި ޚިލާފަށް ސަރުކާރުން މިދުވަސްކޮޅު ޕްރޮޖެކްޓްތައް ކުރިއަށް ގެންދަނީ އިންތިޚާބު ނިމުނީމައި އުސޫލާއި ޚިލާފުން އެއީ ބަހަނާއަކަށް ދައްކައި ޕްރޮޖެކްޓްތައް ހުއްޓާލުމަށް ކަމަށެވެ.

އަދި މިކަމަށް ރައްޔިތުން ސަމާލުވެލައްވައި، ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް ޕީޕީއެމް ކެނޑިޑޭޓަށް ވޯޓު ދެއްވުމަށްވެސް މަލީހްގެ ޓުވީޓުގައި އެދިފައިވެއެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއާ ގުޅުވައިގެން އެދާއިރާގައި މިދުވަސްކޮޅު ގިނަ ޕްރޮޖެކްޓްތައް ހިންގަމުންދާ މައްސަލައިގައި ގިނަ ބަޔަކު ގެންދަނީ ފާޑުވިދާޅުވަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!