ޚަބަރު
މިއަހަރަށް މަޖިލިސް ހުޅުވުމަށް ރިޔާސީ ބަޔާން އިއްވާ ޖަލްސާ އަންނަ މަހު 3 ގައި

2022 ވަނަ އަހަރުގެ ރައްޔިތުންގެ މަޖުލިސް ހުޅުވުމަށްޓަކައި ބާއްވާ ރިޔާސީ ބަޔާން އިއްވުން އަންނަ މަހު 3 އަށް ތާވަލްކޮށްފިއެވެ.

މަޖިލީހުން މިއަދު ވިދާޅުވެފައިވަނީ ކޮންމެ އަހަރެކޭ އެއްގޮތަށް މިއަހަރުގެ ފުރަތަމަ ޖަލްސާ ތާވަލް ކުރެވިފައިވަނީ އަންނަމަހު 3 ވަނަ ދުވަހަށް ކަމަށާއި އެދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ބަޔާން އިއްވާނެކަމަށެވެ.

އެދުވަހު ހެދުނު 9:00 ޖަހާއިރު ބާއްވާ މަޖިލީހުގެ ޖަލްސާގައި އެޖެންޑާކޮށްފައިވަނީ ހަމައެކަނި ރިޔާސީ ބަޔާން އިއްވުމެވެ. އެދުވަހަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައިވަނީ ނިންމާފައެވެ.

ރިޔާސީ ބަޔާނަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ އިއްވަވަންޖެހޭ ބަޔާނެކެވެ. ޤާނޫނު އަސާސީގެ 84 ވަނަ މާއްދާފައި ބަޔާންކޮށްފައިވަނީ ކޮންމެ އަހަރެއްގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ޤައުމުގެ ޙާލަތު ބަޔާންކޮށްދީ، ޤައުމުގެ ޙާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައްޔިތުންގެ މަޖިލީހަށް އިއްވަވަންވާނެކަމަށެވެ.

ފާއިތުވީ ދެއަހަރުގައިވެސް ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަމުންދިޔައިރު އިދިކޮޅުން ވަނީ މަޖިލީހުގެ ތަޅުމުގައި އިހުތިޖާޖްކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!