ހުވަދު އަތޮޅު ދެކުނުބުރީ ގައްދޫ ފެނަކަ ބްރާންޗް އިން އެ ރަށުގައި މަގު ބައްތި ޖެހުމުގެ މަސައްކަތް ފަށައިފިއެވެ.
ގދ.ގައްދޫ ކައުންސިލުން މަޢުލޫމާތު ދޭގޮތުގައި، މި މަސައްކަތަކީ ފެނަކަ ގައްދޫ ބްރާންޗްގެ ސީއެސްއާރުގެ ދަށުން ކުރަމުން އަންނަ މަސައްކަތެކެވެ. އެގޮތުން މި މަސައްކަތުގައި ގައްދޫ ހަސަން ހުސައިން މަނިކު މަގުގައި 13 ބައްތި ޖެހުމަށް ވަނީ ނިންމާފައިކަމަށްވެސް ގައްދޫ ކައުންސިލުން މައުލޫމާތުދެއެވެ.
ގައްދޫގައި މަގު ބައްތި ޖެހުމުގެ މަސައްކަތް މި ހަފްތާ ނިމުމުގެ ކުރިން އެއްކޮށް ނިންމާ ދިއްލާލެވޭނެކަމަށް ފެނަކާ އާއި ހަވާލާދީ ގައްދޫ ކައުންސިލުން ބުނެއެވެ.
މި މަސައްކަތަކީ ފެނަކަ ގައްދޫ ބްރާންޗުން ހިލޭ ކޮށްދޭ މަސައްކަތަކަށްވުމާއި އެކު، ގައްދޫ ކައުންސިލުން ވަނީ ގައްދޫ ރައްޔިތުންގެ ނަމުގައި އާއި، ކައުންސިލުގެ ނަމުގައި ފެނަކަ ގައްދޫ ބްރާންޗަށް ޝުކުރު ދަންނަވާފައެވެ.
މަގުބައްތީގެ އިތުރުން، ސަރުކާރުން ދަނީ ގައްދޫގައި އެހެން ގިނަ ޕްރޮޖެކްޓު ތަކެއްވެސް ހިންގަމުންނެވެ. އެގޮތުން ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން އިން ގައްދޫގެ މަގުތައް ހަދަމުން ދާއިރު އިއްޔެ ގައްދޫ ކައުންސިލުންވަނީ އެމްޓީސީސީ އާއި ބައްދަލުކޮށް ގަައްދޫގެ ހާބަރ މަސައްކަތާއި، ސާފް ޝެކްގެ ޕްރޮޖެކްޓާއި ބެހޭގޮތުންވެސް މަޝްވަރާކޮށްފައެވެ.
އަނެއްކާ ވައްކަމެއް؟