ގއ ކޮލަމާފުށި މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ތަރައްގީކުރާ މަގުތަކުގެ ސަރވޭ ހެދުމުގެ މަސައްކަތް ކުރަން ފަށައިފިއެވެ.
ރޯޑް ޑިވޮލޮމްޕަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ މީޑިއާ ކޯޑިނޭޓަރ އަހުމަދު ރަޝީދު ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ކޮލަމާފުށީ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށް ގެންދަނީ ތަރައްގީކުރާ މަގުތަކުގެ ސަރވޭގެ މަސައްކަތް ކަމަށެވެ.
ސަރވޭގެ މަސައްކަތް ނިމުނުހާ އަވަހަކަށް އަމަލީ މަސައްކަތް ފެށުމަށް ވަނީ ހަމަޖެހިފައި. މިހާރުވަނީ މަސައްކަތަށް ބޭނުންވާނެ 50 އަށްވުރެ ގިނަ މުވައްޒަފުން ހޯދަން އިއުލާން ކޮށްފައި. ސަތޭކަ އިންސައްތަ ދިވެހި މުވައްޒަފުން ހިމެނޭހެން ބޮޑަށް އިސްކަންދޭނީ ކޮލަމާފުށިން މުވައްޒަފުން ނެގުމަށް. އަހުމަދު ވިދާޅުވިއެވެ.
މަޝްރޫއުގެ ދަށުން ކުރަން ހަމަޖެހިފައިވާ މަސައްކަތްތައް:
8 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުން
މަގުތަކުގައި ފެން ހިންދާ ނިޒާމު ގާއިމުކުރުން
މަގުތަކުގައި މަގުބައްތި ޖެހުން https://t.co/KSN88XZtSk— އަހުމަދު (@Dhonkolhu) January 24, 2022
ގއ.ކޮލަމާފުށި މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ތަރައްޤީކުރާ މަގުތަކުގެ ސަރވޭގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިޔަށްދަނީ. ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މަޝްރޫޢަށް 85،329،687.67 ރުފިޔާ ޚަރަދުކުރުމަށްވަނީ ކަނޑައަޅާފައެވެ#ޓީމްއާރްޑީސީ pic.twitter.com/D8kqyPtITr
— Road Development Corporation Ltd (@rdcmaldives) January 24, 2022
މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރަސްޓްރަކްޗަރި އިން ޑިޒައިން އެންޑް ބިލްޑް އުސޫލުން އާރްޑީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މަޝްރޫއުއަކީ 85 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ. މިމަސައްކަތް ނިންމަން ހަވާލުކޮށްފައިވަނީ 450 ދުވަސްތެރޭގައެވެ.
ޑިޒައިން އެންޑް ބިލްޑް އުސޫލުން އެ މަސައްކަތް އާރުޑީސީއާ ހަވާލުކުރީ ޖުމުލަ 85 މިލިއަން ރުފިޔާ އަށެވެ. މަސައްކަތް ނިންމަން ހަވާލުކޮށްފައި ވަނީ 450 ދުވަސް (15 މަސް ދުވަސް) ތެރޭގަ އެވެ. https://t.co/9nxVRsdkgq
— Shama (@Shamarashydd) January 24, 2022
މިމަޝްރޫއުގެ ދަށުން ކޮލަމާފުށީގައި 8 ކިލޯމީޓަރުގެ މަގުގައި ތާރު އެޅުން، މަގުތަކުގައި ފެންހިންދާ ނިޒާމު ގާއިމުކުރުމުގެ އިތުރުން މަގުބައްތި ހަރުކުރުން ހިމެނެއެވެ.