ޚަބަރު
ހަނގުރާމަވެރި ސަރަހައްދެއްގައި އުފަންވި ދެކުއްޖަކީ ދިވެހީންކަމަށް ޙުކުމްކޮށްފި

ހަނގުރާމަވެރި ސަރަހައްދަކަށް އުފަންވި ދެ ކުއްޖަކު އެއީ ދިވެހިންކަމަށް ފެމިލީ ކޯޓުން ޙުކުމްކޮށްފިއެވެ. މިއީ މިފަދަ ހުކުމެއް ރާއްޖޭގައިކުރި ފުރަތަމަ ފަހަރެވެ.

ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާގޮތުގައި ހަނގުރާމަވެރި ސަރަހައްދަކަށް އުފަންވާ ކުދިންނަކީ ދިވެހިންކަން ސާބިތުކުރުމަށް ފެމިލީ ކޯޓަށް ހުށައަޅަންވާނެކަމަށެވެ. އެހެންކަމުން ފެމިލީ ކޯޓަށް މި މައްސަލަ ހުށައެޅީވެސް ހަނގުރާމަވެރި ސަރަހައްދެއްގައި އުޅުނު ދިވެއްސެކެވެ. އެ އަންހެން މީހާ ހުށައެޅި މައްސަލާގައި ވަނީ އޭނާއަށް ލިބުނު ދެ އަންހެން ދަރިންނަކީ އޭނާގެ ދަރިކަން ސާބިތުކުރުމަށެވެ.

އެ ދެ އަންހެން ކުދިންނަކީ ހަނގުރަމަވެރި ސަރަހައްދުގައި އުޅުނު ދިވެހި އަންހެންމީހާގެ ދަރިކަން ފެމިލީކޯޓުން ކަނޑައެޅީ އެ ދެކުދިންގެ ޑީއެންއޭއާއި، އަންހެން މީހާގެ ޑީއެންއޭއާ އަޅާކިއުމަށްފަހުއެވެ. އަދި ދިވެހި ފުލުހުން ހަދާފައިވާ މެޓާނިޓީ ޑީއެންއޭ ތަހްލީލް ރިޕޯޓަށްވެސް ރިޔާއަތްކޮށްފައިވާކަމަށާ، އެ ރިޕޯޓް އެކުލަވާލި މީހާގެ ހެކިބަހާއި އެނޫންވެސް ހެކިތަކަށް ރިޔާޢަތްކޮށްފައިވާކަމަށްވެސް ފެމިލީ ކޯޓުން ވިދާޅުވެއެވެ.

ހަނގުރާމަވެރި ސަރަހައްދަކަށް އުފަންވި ދެ ކުދިންނަކީ ދިވެހިންކަމަށް ފެމިލީ ކޯޓުން ހުކުމް ކުރިނަމަވެސް އެމީހުންނާއި ބެހޭ މަޢުލޫމާތު އެ ކޯޓުން ހާމަކުރައްވާފައެއް ނުވެއެވެ.

ހަނގުރާމަވެރި ސަރަޙައްދެއްގައި އުފަންވި ދެ ކުދިންނަކީ ދިވެއްސެއްގެ ދަރިންކަމަށް ފުރަތަމަ ފަހަރަށް ކޯޓުން ހުކުމްކޮށްފައިވާއިރު މިއީ އެފަދަ މައްސަލައެއް ސާބިތުވި ފުރަތަމަ ފަހަރުވެސްމެއެވެ.

ހަނގުރާމަވެރި ސަރަޙައްދެއްގައި ދިވެހި ރައްޔިތަކަށް އުފަންވެފައިވާ ކުދިންގެ އުފަންވުން ރަޖިސްޓަރީކުރުމާބެހޭ އުސޫލުގެ ނަމުގައި ޑީއެންއާރުން ވަނީ މިއަދު އުސޫލެއްވެސް ޢާންމުކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!