ޚަބަރު
ތޭރަ އަހަރުގެ ކުއްޖާގެ ޕޯސްޓްމޯޓަމް ރިޕޯޓް ލިބިއްޖެ

މަރާލާފައި އޮއްވާ ފެނުނު އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖާގެ ޕޯސްޓްމޯޓަމް ރިޕޯޓް ލިބިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މި ރިޕޯޓާއެކު މިހާރު ތަހުގީގު ފުރިހަމަ ކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ގާނޫނުގައި ކަނޑައަަޅާފައިވާ މުއްދަތުގައި ޕީޖީ އޮފީހަށް ފޮނުވުމަށްޓަކައި ތަހުގީގު ފުރިހަމަ ކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތް ކުރާނެ ކަމަށް ފުލުހުން ބުނެއެވެ.

13 އަހަރުގެ ކުއްޖަކު ރަހީނު ކޮށްފައިވާ ކަމަށް ޖޫން މަހުގެ 20 ވަނަ ދުވަހު ލިބުނު ރިޕޯޓަކާއި ގުޅިގެން އެ ކުއްޖާ ހޯދުމަށް ފެށި ހާއްސަ އޮޕަރޭޝަނެއްގެ ދަށުން ކުރަމުން ދިޔަ މަސައްކަތުގެ ތެރެއިން ޖޫން 21 ވަނަ ދުވަހު ދަންވަރު 2:38 ހާއިރު ފުލުހުން ހުޅުމާލެ ފޭސް 2 މޫދު ސަރަހައްދުން އެ ކުއްޖާ މަރާލާފައި އޮއްވާ ވަނީ ފެނިފައިވެއެވެ،

ޕޯސްޓްމޯޓަމް ހެދުމަށް އެ ކުއްޖާގެ ހަށިގަނޑު އިންޑިއާގެ ޓްރިވެންޑްރަމަށް ގެން ދިޔައީ މިމަހު 5 ވަނަ ދުވަހުއެވެ. އަދި މި މަހުގެ 12 ވަނަ ދުވަހު ޕޯސްޓްމޯޓަމް ހެދުމަށްފަހު އެ ކުއްޖާގެ ހަށިގަނޑު މާލެ ގެނެސް އެރޭ އެ ކުއްޖާގެ ހަށިގަނޑު ވަނީ ވަޅުލާފައެވެ. ކުއްޖާގެ ހަށިގަނޑު ވަޅުލާފައިވަނީ މަރުވެފައި އޮއްވާ ފެނުނުތާ ތިންހަފްތާ ފަހުންނެވެ.

މި މައްސަލައާއި ގުޅިގެން އުމުރުން 17 އަހަރުގެ ކުއްޖަކާއި 27 އަހަރުގެ ފިރިހެނެއްވަނީ ފުލުހުން ހައްޔަރުކޮށްފައެވެ. އަދި މި ދެމީހުންނާއި ދެކޮޅަށް ހެކި ލިބިފައިވާ ކަމަށްވެސް ސުޕްރީމް ކޯޓުން މީގެ ކުރިން ބުނެފައި ވެއެވެ..

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!