ޚަބަރު
ތިނަދޫގައި ކުރިއަށް ގެންދާ ފެން ހިންދާ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓާލައިފި

ސަރުކާރުން ސްރީލަންކާގެ ސެނޮކް ޓްރޭޑް ކޮންބައިން ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކޮށްގެން ގދ ތިނަދޫގައި ކުރިއަށް ގެންދާ ފެން ހިންދާ ނިޒާމު ގާއިމް ކުރުމުގެ މަސައްކަތް އެ ކުންފުނިން ވަގުތީގޮތުން ހުއްޓާލައިފިއެވެ. ހުވަދޫ ނިއުސްއަށް މައުލޫމާތު ދެއްވަމުން ސެނޮކް ޓްރޭޑް ކޮންބައިން ޕްރައިވެޓް ލިމިޓެޑް ގެ ތިނަދޫ ސައިޓް މެނޭޖަރ އެސް ދިނޭޝް ޗަތުރަންގަ ވިދާޅުވީ ތިނަދޫގައި ކުރިޔަށް ދާ ޕްރޮޖެކްޓްގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓާލީ މަސައްކަތްކުރާ 8 މީހަކު ކޮވިޑް-19 އަށް ފައްސިވެ ސައިޓް ގައި މަސައްކަތް ކުރާ 30 މީހުން ކަރަންޓީންވާން ޖެހުމާ ގުޅިގެން ކަމަށެވެ.

ދިނޭޝް ވިދާޅުވީ މަސައްކަތް ކުރަމުން ދަނިކޮށް ކުއްލިއަކަށް ހުއްޓަން ޖެހުމުން އާންމު ބައެއް ފަރާތްތަކަށް އުނދަގޫ ވެދާނެ ކަމަށާއި އެންމެ ފަހުން މަސައްކަތް ކުރަމުން ދިޔަ މަގުމަތީގައި ހެވީ ވެހިކަލް އަދި ބައެއް ތަކެތިވެސް ހުރުމުން އެކަމާ މާފަށް އެދޭކަމަށެވެ.

އިތުރަށް ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ މުވައްޒަފުން ކަރަންޓީންގެ މަރުޙަލާ ނިމުނުހާ އަވަހަކަށް މަސައްކަތް އަލުން ފަށާނެކަމަށާއި މިހާރު ވާނީ މި ޕްރޮޖެކްޓްގެ 30 އިންސައްތަ މަސައްކަތް ނިމިފައިކަމަށެވެ.

“އެސްޓެބްލިޝްމެންޓް އޮފް ފްލަޑް މައިޓިގޭޝަން މެޝަރސް އޮފް ގދ ތިނަދޫ ” ނަމުގައި ތިނަދޫ ގައި ހިނގާ ޕްރޮޖެކްޓަކީ 2019 ވަނަ އަހަރު ސެޕްޓެމްބަރުގައި ސަރުކާރުން ސްރީލަންކާގެ ސެނޮކް ޓްރޭޑް ކޮންބައިން ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކުރި މަޝްރޫޢު އެކެވެ. ނަމަވެސް ކޮވިޑް-19 ގެ ޙާލަތަ ގުޅިގެން މަސައްކަތް ނުފެށި ލަސްވެފައި އޮތުމަށް ފަހު އެ ކުންފުނިން ތިނަދޫ ގައި އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ.

ސްރީލަންކާގެ ސެނޮކް ޓްރޭޑް ކޮންބައިން ޕްރައިވެޓް ލިމިޓެޑް ބުނީ ފާއިތުވި 4 މަސް ތެރޭގައި 30 އިންސައްތަ ނިމި އަދި އުންމީދު ކުރާ މިންވަރަށް މޫސުން ތަންދީފި ނަމަ މިއަހަރުގެ އޮގަސްޓް ނުވަތަ ސެޕްޓެމްބަރަށް މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ. މި މަޝްރޫޢުގެ ދަށުން ތިނަދޫ ގެ 8 ސަރަހައްދެއްގައި މއިން ޖަންގުޝަންތައް ބެހެއްޓި 14 ކިލޯމީޓަރުގެ މަގު އެއްކޮށް ގުޅާލެވިގެން ދާނެއެވެ.

ތިނަދޫ އަކީ ވާރޭ ވެހޭ ކޮންމެ މޫސުމެއްގައި ވެސް ރަށުގެ ގިނަ މަގު ތަކާއި ގޯތި ގެދޮރުގައި ފެންބޮޑުވުން ކުރިމަތިވާ ރަށެކެވެ. ސަރުކާރުގެ މި މަޝްރޫޢު ނިމި މަގުތައް ހަދައި ނިމުމުން ރަށުގެ މީހުން ދިރިއުޅޭ ސަރަހައްދުގައި ޒަމާނުއްސުރެން ކުރިމަތިވަމުން އަންނަ ފެންބޮޑުވުމުގެ މައްސަލަ އަށް ރަނގަޅު ޙައްލެއް ލިބިގެންދާނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!