ކޮލަމް
ގދ. ނަޑެއްލާއަށް ހަމްދަރުދީގެ ނަޒަރެއް

 ކޮވިޑް-19 ގެ ޝިކާރަ އަކަށް ހުވަދު އަތޮޅުވެ އެ ޖަރާސީމު ގެ ރާޅު ބައެއް  ރަށްރަށަށް ބީއްސަމުން  ބިންދަމުން, ބައެއް ރަށްރަށަށް ބިންދަމުން ނުވަތަ ބޮޑު އުދަހެން  ބައެއް ރަށްރަށަށް އަރާ މުޅި ރަށް ސުންނާފަތި ކޮށް ހަދަމުން އަންނަތާ 3 މަސްވަނީއެވެ. އެރަށެއްގެ ބަޔަކު ހިއްމަތާ މިންނަތުން ކޯވިޑް-19 އާއި ހަނގުރާމަ ކޮށް ދިމާވި ހުރިހާ ކެކުޅުމާއި ވޭންތަކުން އަރައިގަންނަން މަސައްކަތް ކުރަމުން އަންނަތާ 100 ދުވަސް ވާން ކައިރި ވަނީއެވެ. އެއްބަޔަކު މަރާ ހަނގުރާމަ ކޮއްފިއެވެ. އެއްބަޔަކު މި ބަލީގައި މި ފަނާ ކުރަނިވި  ދުނިޔެއާ އަލްވަދާޢު ކިޔައިފިއެވެ. މިވަގުތުވެސް 100 އަށް ވުރެ ގިނަ މީހުން ބަލީގެ  ޝިކާރައިގައި އެބަ ތިއްބެވެ.

އަތޮޅުގެ ޙާލަތު މިހާ ނާޒުކުކޮށް ދަނިކޮށް ހުވަދު އަތޮޅުގެ ނަޑެއްލާއަށް އެންމެންގެ  ނަޒަރު ހުއްޓާލެވިފައި މިވަނީ ކީއްވެބާއެވެ. ހަމްދަރުދީ އާއި މަދަދުވެރި ހިތަކުން އަސަރު ކުރުވީ ކީއްވެބާއެވެ. މިފަދަ އެތައް ސުވާލެއް ހިތަށް އެރުމުން, ޖަވާބު ހޯދުމަށް އަޅުގަނޑު އަވަސްވެގަތީ އެރަށުގައި ތިބި ދަންނަ ބައެއް މީހުންނަށް ގުޅާލުމަށެވެ. އެމީހުން ޖަވާބުތަކުން އަޅުގަނޑުގެ ހިތް ޒަޚަމްވިއެވެ. ވޭނީ ފުން އަސަރެއް ކުރެވިއެވެ.

އާބާދީގައި ޖުމްލަ 1100 ރަޖިސްޓަރީ ކުރެވިފައިވާ ނަޑެއްލާގައި މިއަދު ދިރިއުޅެނީ އެންމެ 700 މީހުންނެވެ. ގިނަ ގެތައް ހުރީ ފަޅަށް ކަމަށްވެއެވެ. އާމްދަނީ ހޯދުމަށް ކުރާ މަސައްކަތަކީ ލަނޑާ ނެގުމާއި އިހި ނެގުމެވެ. ހުންނަނީ ދެ ތިން ފިހާރައެވެ. ރަށުގައި ތިބި މަދު ބަޔަކު ގެދޮރު އިމާރާތް ކޮށްގެން ކިރިޔާ ކައިބޮއެ ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް މަސައްކަތް ކުރާއިރު ގިނަ ޒުވާނުން ތިބެނީ ރަށާ ދުރުގައި މަސައްކަތް ކުރާށެވެ. އަނބި ދަރިންނާ ވަކިންނެވެ. ރަށުން އާމްދަނީ ނުލިބޭތީއެވެ.

ވަޒީފާ ތަކަށް ބަލާއިރު. މުޅި އަތޮޅުގެ އެންމެ ވަޒީފާ މަދު ރަށެވެ. އެންމެ މުހިންމު ޚިދުމަތްދޭ ވުޒާރާ ކަމަށްވާ ސިއްޚީ މަރުކަޒުގައި ހުންނަނީ އެންމެ ޑޮކްޓަރަކާއި ނަރުހެކެވެ. ދެން ހުރި ތަންތަނުގައި ވަޒީފާގެ ޙާލަތު ހުންނާނެ މިންވަރު މިވަރުން ހިތަށް ގެނެވިދާނެއެވެ.

ކޯވިޑްގެ ބަލިމަޑުކަން ރަށަށް ކުރިމަތިވެދާނެ އަދި އެފަދަ ޙާލަތުގައި ރަށު ރައްޔިތުން އުޅެންޖެހިދާނެ ހިތްދަތި ޙާލަތުގެ ބުރުގައި ރަޖާ ލައިގެން ތިއްބާ މި މަހުގެ 13 ވަނަ ދުވަހު އެރަށުގައި ދިރިއުޅޭ މީހެއްގެ ގައިން ކޮވިޑް-19 ގެ ބަލި ފެނުމާއެކު މުޅި ރަށުގައި ހިތާމައިގެ ކަޅު ސާލެއް ލެވިގެން ދިޔައެވެ. އެހެން ރަށް ތަކާ ޚިލާފަށް ރަށުގެ ކުދި ބޮޑު އެންމެންގެ މޫނުތައް މިލާ މޮޅިވެ ލޯ ތަކުން ކަރުނަ ފޭބިވެވެ.

ފުރަތަމަ މީހާ ފައްސި ވިތާ 24 ގަޑިއިރު ނުވަނީސް ރާޅެށް ފަދައިން އެ ރަށަށްވެސް ކޯވިޑް-19 ކޭސްތައް އިތުރު ވާން ފެއްޓިއެވެ. މިހާރު އެ ރަށުގައި 24 މީހުނަށް ބަލި ޖެހި, ބަލި ޖެހުނު މާބަނޑު އަންހެނަކަށް ތިނަދޫ ގައި ދަނީ ފަރުވާ ދެމުންނެވެ.

ޤުދުރަތީ ހިތްގައިމު ކަން ލިބިފައިވާ ރީތި ނަލަ ނަލަ ނަޑެއްލާ ފަދަ ރަށެއް “ލޮކްޑައުން” ވެއްޖެ ނަމަ ރައްޔިތުން އުޅޭނެ ޙާލު ފުރަތަމަ އިޙްސާސް ކުރި ބަޔަކީ އަވައްޓެރި މަޑަވެލި ކަމުގައި ބުނުމީ ދޮގައަކަށް ނުވާނެއެވެ. އެހެނީ އެހީގެ އަތެއް ފުރަތަމަ ދިއްކޮށްލި ބަޔަކީ އެއީއެވެ. އެކަން ނޫސްތަކުގެ ސަމާލުކަމަށް އައެވެ. ހަމަ އަޑާއެކު ފަރެސްމާތޮޑާ، ފިޔޯރީ ވެސް އެ މަދަފުވެރި އެހީގައި އަޚުން އުޚުތުންގެ ބައިވެރިވިއެވެ. އެ ދީލަތި އެހީތަކަށް ނަޑެއްލާ ރައްޔިތުންގެ ޝުކުރު އިންތިހާ އެވެ. އެރަށުގެ ޙާލު ބެލުމަށް އަޅުގަނޑު ކުރި ކޮންމެ ކޯލެއްގައި ރޮމުން ގިސްލަމުން ބުނުމުން ދިޔައީ “ޝުކުރިއްޔާ” އެވެ.

ހުވަދު އަތޮޅަކީ ވަކި ރަށްތަކެއްގެ ގޮތުގައި އޮތަސް މި އީ އެއް އާއިލާ އެކެވެ. އެކަން މިއަދު މިވަނީ ސާބިތުވެފައެވެ. ނަޑެއްލާގެ ރައްޔިތުންނަށް އެހީ ދިނުމަށް އަތޮޅު ގެ ވެރިކަން ކުރާ ރަށް ކަމުގައިވާ ތިނަދޫ އިން ވެސް އަވަސް ވެގެންފިއެވެ. މާދަމާ ދެން ތިބި ރަށްތަކާ ރިސޯޓް ތަކުންވެސް އަވަސްވެގަންނާނެކަމާ މެދު އަޅުގަނޑު ޝައްކެއް ނުކުތަމެވެ. އަދި މާލެއާ އެކި ކަންކޮޅު ތަކުން އެހީ ވާން ފަށާނެކަމާމެދު ކުޑަވެސް ޝައްކެއްނެތެވެ.

މި ބަލިމަޑުކަމުން އަޅަމެންނަށް އަވަސް ޝިފާއެއް މިންވަރު ކުރަށްވާށި ، އާމީން.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!