ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ ހުވަދު އަތޮޅު ދެކުނުބުރި ވާދޫ ފިޔަވައި އަތޮޅުގެ ހުރިހާ ރަށްތަކުންވެސް ކޮވިޑް-19 ގެ ކޭސްތަކެއް ވަނީ ފެނިފައެވެ.
އެގޮތުން ތިނަދޫއިން ޥޭތުވެދިޔަ 24 ގަޑިއިރު ތެރޭ އިތުރު 52 މީހަކު ފައްސިވެފައިވާއިރު، މަޑަވެލިން ފައްސިވެފައިވަނީ އިތުރު 8 މީހެކެވެ. ތިނަދޫ ފިޔަވައި ވޭތުވެދިޔަ 24 ގަޑިއިރުތެރޭ އެންމެ ގިނަ ބަޔަކު ފައްސިވެފައިވާ ކަމަށް ރެކޯޑު ކުރެވިފައިވަނީ ހޯނޑެއްދޫއިންނެވެ. އެގޮތުން ވޭތުވެދިޔަ 24 ގަޑިއިރުތެރޭ ހޯނޑެއްދޫއިން ވަނީ އިތުރު 16 މީހަކު ކޮވިޑަށް ފައްސިވެފައެވެ.
އަދި ނަޑެއްލާއިން އިތުރު 3 މީހަކު ފައްސިވެފައިވާއިރު، ރަތަފަންދޫއިން 6 މީހަކާއި ފިޔޯރީއިން އިތުރު 3 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ.
ތިނަދޫގެ އިތުރުން ހުވަދު އަތޮޅުން އެންމެ ގިނަ ކޭސްތަކެއް ފެނިފައިވާ ގައްދޫއިން މިއަދު 5 މީހަކު ފައްސިވެފައިވާއިރު ފަރެސްމާތޮޑާއިން ފައްސިވެފައި ވަނީ އެންމެ މީހެކެވެ.