ޚަބަރު
އެމްޓީސީސީ އަށް ރިކޯޑު އަދަދަކަށް ފައިދާ ލިބޭނެ ކަމަކަށް ލަފާކޮށްފި

އެމްޓީސީސީއަށް މިއަހަރުވެސް ރެކޯޑް ފައިދާއެއް ލިބިދާނެ ކަމަށް އެކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

މިދިޔަ އަަހަރުވެސް ކޮވިޑް ބަލިމަޑު ކަމާއެކުވެސް އެމްޓީސީސީއިން ވަނީ ރެކޯޑް އަދަދަކަށް ފައިދާ ހޯދާފައެވެ. މިދިޔަ އަހަރު އެކުންފުންޏަށް ޖުމްލަ އާމްދަނީގެ ގޮތުގައި 1.38 ބިލިއަން ރުފިޔާ ވަނީ ލިބިފައިވެއެވެ. އަދި 191 މިލިއަން ރުފިޔާގެ ސާފު ފައިދާ އެއް ވަނީ ހޯދާފައެވެ. މިއީ އޭގެ ކުރީ އަހަރަށް ވުރެ 134 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

ރާއްޖެ ޓީވީގެ “ފަލަ ސުރުހީ” ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ އެމްޓީސީސީން މަސައްކަތް ކުރަނީ އެކުންފުނީގައި 1.2 ބިލިއަން ރުފިޔާގެ އެސެޓް އެބަހުރި ކަމަށާއި، މިހާރުވެސް އަދި ކުރިޔަށް އޮތް ތަނުގައިވެސް އެކުންފުނީގެ އަމާޒަކީ ފުލް ކެޕޭސިޓީގައި ރައްޔިތުންނަށް އެންމެ ފައިދާ ވާނެ ގޮތަށް ވީހާވެސް އަވަހަކަށް މަޝްރޫއުތައް ނިންމުމަށް ކަމަށެވެ.

އެގޮތުން މިހާރުވެސް އެމްޓީސީސީގެ 63 މަޝްރޫއެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދަމުން އަންނަ ކަމަށެވެ. މި މަޝްރޫއު ތަކަކީ ޖުމްލަ އަގު ތިން ބިލިއަން ރުފިޔާއަށް އަރާނެ އަގު ހުރި މަޝްރޫއު ތަކެއް ކަމުގައިވެސް އާޒިމް ވިދާޅުވިއެވެ.

“އެމްޓީސީސީގެ 40 އަހަރުގެ ހަޔާތުގައި ރެކޯޑް ޕްރޮފިޓެއް ޕެންޑެމިކެއްގެ ތެރޭގައި އަޅުގަނޑުމެން މިވަނީ ދުވަހަކު އެމްޓީސީސީއަށް ނުހޯދޭހާ ފައިދާ ހޯދައިދީފައި. ދުވަހަކު ނުނިންމޭހާ ގިނަ މަޝްރޫއު ނިންމާ ދީފައި. އެހެންކަމުން މިހުރިހާ އެސެޓެއް ބޭނުން ކޮށްގެން ތަރުތީބުން ގެންދިޔައީމާ މިއަހަރު، މިދިޔަ އަހަރުގެ ފައިދާއަށްވުރެ އެތައް ތަނެއް ރަނގަޅު ފައިދާއަކުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ނިންމާނަން.” – އާޒިމް

މި ދިޔަ އަހަރު ޕެންޑަމިކެއްގެ ތެރޭގައިވެސް ގިނަ އަދަދަކަށް ފައިދާ ހޯދިފައިވާތީވެ، މި އަހަރުގެ ފައިދާ އެއަށްވުރެ އިތުރު ފައިދާ އެއްވަނީ ކަމަށްވަނީ ލަފާ ކުރެވިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!