ތިނަދޫ ރީޖަނަލް ޕޯޓު ޑިވެލޮޕްމެންޓް މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފި އެވެ.
މިއަދު ހެނދުނު އެމްޓީސީސީގެ ހެޑް އޮފީހުގައި އޮތް ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމާއި ސީއޯއޯ ޝާހިދު ހުސައިން މޫސާއެވެ. އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ އަދި ޗީފް އިންޖިނިއާ އާދަމް މުހައްމަދެވެ.
ތިނަދޫ ރީޖަނަލް ޕޯޓު ޑިވެލޮޕްމެންޓް މަޝްރޫއުގެ އިތުރުން 138 މިލިއަން ރުފިޔާ ހަރަދު ކޮށްގެން، 495 ދުވަސް ތެރޭގައި ނިންމާ ގޮތަށް ކުޅުދުއްފުށި ރީޖަނަލް ޕޯޓުގެ ރީޑިވެލޮޕްމަންޓް މަޝްރޫއުވެސް މިއަދު ވަނީ އެމްޓީސީސީ އާއި ހަވާލުކޮށްފައެވެ. މި މަޝްރޫޢުގެ ތެރޭގައި، ފަޅު ފުންކުރުމާއި އައު މަގަތު ފާލަމެއް ހެދުމުގެ އިތުރުން ރިވެޓްމަންޓް ޖެހުމާއި ނެރުބައްތި ޖެހުން ހިމެނެއެވެ.