ޚަބަރު
ދެއްވަދޫގައި ފުލުހުންގެ ހިދުމަތް ރަސްމީކޮށް ފަށައިފި

ލާމަރުކަޒީކޮށް ރައްޔިތުންނާ ގާތުން ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ގއ. ދެއްވަދޫގައި ގާއިމުކުރި ޕޮލިސް ޑެސްކު ރަސްމީކޮށް ހުޅުވައިފިއެވެ. އެކަމަށްޓަކައި ދެއްވަދޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ޕޮލިސް ޑެސްކު ހުޅުވައިދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުއެވެ.

ދެއްވަދޫ ޕޮލިސް ޑެސްކު ހުޅުވުމުގެ ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފްއާއި ސައުތު ޕޮލިސް ރީޖަން ކޮމާންޑަރާއި ފުލުހުންގެ އިސް ބައެއް އޮފިސަރުންނާއި ގއ. އަތޮޅު ކައުންސިލު ރައީސްއާއި ދެއްވަދޫ ކައުންސިލުގެ ރައީސް ބައިވެރިވެވަޑައިގަތެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން ޢަބްދުﷲ ދެއްކެވި ވާހަކަފުޅުގައި، ފުލުހުން ގާއިމުވުމުން ރައްޔިތުންނަށް ލިބޭ ހިތްހަމަޖެހުމަކީ ފުލުހުންގެ ފަރާތުން ރައްޔިތުންނަށް އިތުބާރާއެކުގައި ހިދުމަތް ފޯރުކޮށްދޭނެކަން ކަށަވަރުވުންކަމުގައި ފާހަގަކުރެއްވިއެވެ. އަދި ފުލުހުންގެ ފަރާތުން ރައްޔިތުން އެދޭފަދަ އިތުބާރުހުރި، ޒިންމާދާރު ހަރުދަނާ ހިދުމަތެއް ރައްޔިތުންނަށް ގާއިމުކޮށްދިނުންކަމުގައި ވިދާޅުވިއެވެ.

މިނިސްޓަރ އިމްރާނުގެ ވާހަކަފުޅުގައި ރައްޔިތުންގެ ކިބައިން ފުލުހުން އެދެނީ ރައްޔިތުން ފުލުހުންނަށް އިހުތިރާމުކޮށް އިތުބާރުދީ އަދި އެކުގައި މަސައްކަތްކުރުމުގެ މާހައުލު ގާއިމު ކުރުންކަމަށް ވިދާޅުވިއެވެ. އަދި އެއީ މުޖުތަމައެއް އަމާންވެ ރައްކާތެރިވެގެންދާނެ ކަމެއް ކަމުގައި ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ދެއްކެވި ވާހަކަފުޅުގައި، ދެއްވަދޫގައި ޕޮލިސް ޑެސްކެއް ގާއިމުކުރުމުގެ އެންމެ ބޮޑު މަގުސަދަކީ ރައްޔިތުންނަށް ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުން ކަމުގައި ވިދާޅުވިއެވެ. އަދި ރަށަކީ އަމާން ސުލްހަވެރި ކުޑަ އާބާދީއެއް އޮތް ރަށަކަށް ވީނަމަވެސް މިފަދަ ރަށްރަށުގައިވެސް ކުށާއި ކުށުގެ ބިރުވެރިކަން އިތުރުވެގެން އަންނަ އައުން އެއީ ފުލުހުން އެކަމާ ކަންބޮޑުވާ ކަމެއް ކަމުގައި ވިދާޅުވިއެެވެ.

މީގެ އިތުރުން ސީޕީ ހަމީދު ވިދާޅުވީ ރަށްރަށުގައި ހަމައެކަނި ފުލުހުން ބޭތިއްބުމާ ހަމައިން ފުލުހުންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާވެގެން ނުދާނެ ކަމަށާއި ރައްޔިތުންގެ އުންމީދުތަކާ އެެއް ހަމައަކަށް އައުމަށްޓަކައި ފުލުހުންގެ މުއައްސަސާގެ ހިންގުން މިހާރަށްވުރެ ހަރުދަނާކޮށް، ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ބޭނުންވާ ބަދަލުތައް ގެންނަމުންދާކަމުގައި ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!