ރެސިޕީ
ރެސިޕީ: ޓޫނާ މެލްޓް ސޭންޑްވިޗް

ސޭންޑްވިޗަކީ ތަފާތު ގޮތްގޮތަށް ތައްޔާރުކޮށްލެވޭ އެއްޗެކެވެ. މިފަހަރުގެ ރެސިޕީ ޓޫނާ މެލްޓް ސޭންޑްވިޗަކީ ވަކި މާ ހާޢްސަ އަދި ތަފާތު ސޭންޑްވިޗަކަށް ނުވިނަމަވެސް މިއީ މީރު އަދި ހުރިހާ އެންމެނަށްވެސް ކަމުދާނެ ސޭންޑްވިޗެކެވެ. ތަންކޮޅެއް ފަސޭހަކޮށް ތައްޔާރުކޮށްލެވޭ މިސޭންޑްވިޗް މިއީ އެކި ބާވަތްތަށް މޭޒުމައްޗަށް އިތުރުކުރަން ބޭނުންނަމަ މާ ބުރަ މަސައްކަތަކާއި ނުލާ ތައްޔާރުކޮށްލެވިދާނެ އެއްޗެކެވެ.

ބޭނުންވާނެ ތަކެތި:

1 މެދު ސައިޒްގެ ފިޔާ (ކުދިކޮށް ކޮށާފައި)
2 މޭޒުމަތީ ސަމުސާ ޕާސްލީ (ކުދިކޮށް ކޮށާލާފައި)
8 ފޮތި ޕާން
2 މޭޒުމަތީ ސަމުސާ ބަޓާ
1 ޓޮމާޓޯ (ތުނިކޮށް ފޮތިކޮށް ކޮށާފައި)
1/3 ޖޯޑު މެޔޮނައިޒް
1/2 ލުނބޮލުގެ ހުތް
ލޮނު / މުގުރި އަސޭމިރުސް
1 ދަޅު މަސް (ފެން މަސްދަޅު، ފެންތަށް ހުސްކޮށްފައި)
2 ޑީލް ޕިކަލް (ކުދިކޮށް ކޮށާފައި)
8 ފޮތި ޗީޒް

ތައްޔާރުކުރާނެ ގޮތް:

ފުރަތަމަ އަވަން ހޫނުކުރަން ޖައްސާށެވެ. ބޯތައްޓެއްގައި މެޔޮނައިޒް، ލުނބޯ ހުތް، ލޮނު، އަސޭމިރުސް ރަގަނޅަށް އެއްކޮށްލުމަށްފަހުއޭގެ ތެރެއަށް މަސްކޮޅާއި މެޔޮނައިޒް އަޅާ ރަގަޅަށް އެއްކޮށްލާށެވެ. ދެން މި ހުރިހާ އެއްޗެއްގެ ތެރެއަށް ޕިކަލް، ފިޔާ އަދި ޕާސްލީތައްވެސް އަޅާޅުމަށްފަހު އެއްކޮށްލާށެވެ.

ޕާންފޮތިތަކުގެ ތެރެއިން އެއްފަޅީގައި ބަޓަކު ކާތާލާށެވެ. އަދި ބަޓަރު ނުކާއްތާ ފަޅީގެ މައްޗަށް މަސްގަނޑުގެ އެތިކޮޅެއް އަޅާ ފަތުރާލާފައި އޭގެ މަތީގައި ދެ ޓޮމާޓޯ ފޮތި އަދި ޗީޒް 2 ފޮތި ބާއްވާލުމަށްފަހު ބަޓަރު ކޭއްތި ފަޅި ބަންޑުން ވާގޮތަށް އެހްނެ ޕާން ފޮށްޗެއް ބާއްވާލަށެވެ. ހުރިހާ ޕާނެއް ހުސްވަންދެން މިހެން ކުރިޔަށް ގެންދާށެވެ.

ސޭންޑްވިޗްތަށް ތައްޔާރުވުމުން އަވަން ޓްރޭއެއްގެ މަތީ ބޭކިން ޝީޓް އެޅުމަށްފަހު ސޭންޑްވިޗްތައް އަތުރާލާށެވެ. އަދި އަވަނުގެ ތެރެއަށްލާ 5-8 މިނެޓާ ދޭތެރޭ ފިހެލާށެވެ. ތިހިރީ ޓުނާ މެލްޓް ސޭންޑްވިޗް ތައްޔާރުވެފައެވެ. މިއީ ސޯސްއަކާއެކުވެސް ކާލަން މީރު ސެންޑްވިޗެކެވެ.

* ނޯޓް : ބޭކިން ޝީޓް ނުލިބިއްޖެނަމަ ޓްރޭގައި ބަޓަރު ހާކާ، ފުށްއަޅާ ފެތުރުމަށްފަހުވެސް ފިހަން ލެވިދާނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!