ރިޕޯޓް
އަހަރެންގެ ކަށްވަޅު ކޮނެ ގޯނާކޮށްފި މީހާ ދަންނާށެވެ!

އަހަރެންގެ ކަށްވަޅު ކޮނެ ގޯނާކޮށްފި މީހާ ދަންނާށެވެ! އަހަންނަށްވުރެ މާނުރައްކާތެރި ޖައްބާރު އަނިޔާވެރި ވެރިއެއްގެ އަނިޔާއަށް އެމީހަކު ކުރިމަތިލާނެއެވެ! – ތައިމޫރު

ތައިމޫރު އަކީ މެދުތެރޭ އޭޝިޔާ އާއި އިންޑިޔާގެ މުސްލިމުންގެ ބާރުގެ ދަށުގައި އޮތް ގިނަ ސަރަހައްދުތައް މީލާދީން 14 ވަނަ ގަރުނުގައި އޭނާގެ ބާރުގެ ދަށަށް ގެންނެވި އަނިޔާވެރި ޖައްބާރު ވެރިއެކެވެ. ތައިމޫރު އަކީ ޓިމުރިޑް އެމްޕަޔަރ އާއި ޓިމުރިޑް ދަރިކޮޅުގެ ބާނީއެވެ. 1857 ވަނަ އަހަރާ ހަމައަށް ޓިމޫރިޑް ދަރިކޮޅުގެ މީހުން ދެމިއޮތެވެ. ތައިމޫރުގެ މާނައަކީ ދަގަނޑު އެވެ. އޭނާ އުފަންވެފައިވަނީ މީލާދީން 1336 ވަނަ އަހަރު ފާރިސީ ސިޓީއެއްގައެވެ.

ތައިމޫރު ރަސްކަންކުރެއްވި މައިރަށަކީ ސަމަރުގަންދެވެ. އެއީ މިހާރުގެ އުޒްބެކިސްތާނެވެ. މޮންގޯލް ދަރިކޮޅަށް ނިސްބަތްވާ ތައިމޫރުގެ މައިގަޑު މަގުސަދަކީ މޮންގޯލް ރަސްގެފާނު އޭޝިއާގެ އިރުން ހުނޅަގަށް ގާއިމު ކުރި ރަސްކަން އަލުން ގާއިމު ކުރުމެވެ.ތައިމޫރު އަކީ މުސްލިމެކެވެ. ނަމަވެސް އަމަލުން އިސްލާމު ކަމުގެ އެއްވެސް ސިފަޔެއްނެތް އަނިޔާވެރި ޖައްބާރު ރަސްކަލެކެވެ.

ރަސްކަން ހޯދުމަށް ތައިމޫރު ކުރެއްވެވި ހަނގުރާމު ތަކުގައި ދުނިޔޭގެ އޭރުގެ އާބާދީގެ ފަސް އިންސަތްތަ މީހުން މަރުވިއެވެ. އެއީ ސަތާރަ މިލިއަން މީހުންނެވެ. ތައިމޫރުގެ ރަސްކަން ތުރިކީ ވިލާތުން ފެށިގެން ޗައިނާ އާއި ހަމައަށް ދެމިއޮތެވެ. ތައިމޫރު އަކީ ހަނގުރާމަވެރިއެއްގެ ގޮތުގައި ބެލެވިދާނެ އެވެ. އޭނާ އިސްތިޢުމާރު ކުރެއްވި ސަރަޙައްދަކީ، ޢިރާޤު، އީރާން، އަފްޣާނިސްތާން، ޕާކިސްތާން، އަޒަރުބައިޖާން، ޖޯޖިއާ، އުޒްބެކިސްތާން، ތުރުކުމެނިސްތާން، ތަޖިކިސްތާން، ކިރްގިސްތާން، ތުރުކީ އަދި ސޫރިޔާގެ ބޮޑު ބައެއް، އަދި އިންޑިޔާގެ ހުޅަނގު އުތުރު ބިތެވެ. އިންޑިއާއަށް މިސްރާބު ޖަހައި ތައިމޫރު ވަނީ ވަރުގަދަ ހަނގުރާމައެއް ކޮށްފައެވެ. މީހުންނަށް ވިސްނައިދިނީ އެއީ އިސްލާމްދީނުގެ ދިފާއުގައި ކުރެއްވެވި ހަނގުރާމައެއްގެ ގޮތުގައެވެ. މިގޮތުން ހިންދޫ ދީނާ ދެކޮޅަށް ކުރެވޭ މަތިވެރި ހަނގުރާމައެއް ކަމަށް ބުނެ އެތަކެއް މީހުންވަނީ ކަތިލާފައެވެ.

ރަސްގެފާނު ތައިމޫރު ސިފަކޮށްދޭ ކުރެހުމެއް

ޗައިނާގެ ރަސްގެފާނު މިންގްގެ ޒަޢާމަތުގައި ޤަޢުމުތަކާއި ޑިޕޮލެމެޓިކް ގުޅުން ޤާއިމު ކުރުމަށް މަސައްކަތްކުރެއްވެވިއެވެ. ޓައިމޫރު އަކީ އޭނާނޫނީ ވެރިޔަކުނެތް ކަމަށް ދެކިގެން އުޅުނު ރަސްކަލެކެވެ. އެހެންކަމުން ރަސްގެފާން މިންގް އާއި ގުޅުން ބާއްވާކަށް ތައިމޫރު ބޭނުންނުވިއެވެ. މީލާދީން 1405 ވަނަ އަހަރު ޖެނުއަރީ މަހު ޗައިނާ ފަތަހަ ކުރުމަށް ތައިމޫރު ލަޝްކަރު އެއްކުރެއްވީ ޗައިނާގެ ރަސްގެފާނު މިންގް ފިނުއްވެވި ސިޓީ އެއްގައި ތައިމޫރު އަކީ އެރަސްގެފާނުގެ ‘އަޅެއް’ ކަމަށް ލިޔުއްވާފައި ވުމުންނެވެ. މިކަމާ ތައިމޫރު ރުޅިގަދަވެ ޗައިނާ ފަތަހަ ކުރަން ނުކުތީއެވެ. އާއްމު ގޮތެއްގައި ތައިމޫރު ތަންތަން ފަތަހަކުރަނީ ހޫނު މޫސުމުގަ އެވެ. ނަމަވެސް ޗައިނާއާ ފަތަހަކުރަން ނުކުތީ ފިނި މޫސުމުގަ އެވެ. މިއީ ތައިމޫރުގެ ވެއްޓުން ކަމުގައި ގުނަބަޔަކު ދެކެއެވެ.

އުމުރުފުޅުން 70 އަހަރުގައި ލަޝްކަރާއިގެން ޗައިނާ ފަތަހަކުރުމަށް ސަމަރުގަންދުން ނުކުމެ ދަތުރު ކުރަމުން ދަނިކޮށް ކްޒަކަސްތާނުގެ މެދާއި ހަމައިން ތައިމޫރުއަށް ފިނީގެ ސަބަބުން ބޮޑު ހުމެއް ޖެހުނެވެ. ތައިމޫރުގެ މިހުން ފިލައި ނުގޮސް ތައިމޫރު މަރުވީއެވެ. އޭނާ މަރުވުމުން ލަޝްކަރު އެނބުރި ސަމަރުގަންދަށް ތައިމޫރުގެ ހަށިގަނޑާއިގެން ދިޔައެވެ. ތައިމޫރު ވަޅު ލެވުނީ އޭނާގެ ހަށުގަނޑު ކުނިނުވާގޮތަށް ހަދައިފައެވެ.
ޓައިމޫރު މަރުވީ އޭނާ ކުރަން ކަނޑައެޅި ކަންތައް ނިންމާލުމުގެ ކުރިންނެވެ.

މީލާދީން 1409ވަނަ އަހަރު ތައިމޫރުގެ ހަތަރުވަނަ ދަރިކަލުން ޝަޚްރުޚްގެ ޒަޢާމަތުގައި ޗައިނާއިން ޓިމުރިޑް ދައުލަތާ ދެމެދު އޮތް ސިޔާސީ ގުޅުން ބޭއްވެވިއެވެ. ޗައިނާގެ ސަފީރުގެ ފަރާތުން ތައިމޫރު ގެ މަރާއި ގުޅިގެން ތައުޒިޔާ ވެސް ވިދާޅުވިއެވެ.

ތައިމޫރުގެ ޒިޔާރަތުގައި ބެހެއްޓިފައިވާ ލިޔުމެއްގައި ވެއެވެ. މިތަނުން އަހަރެން ތެދުވާހިނދު މުޅި ދުނިޔެއަށް ގުޑުން އަރާނެއެވެ. ތައިމޫރުގެ ޒިޔާރަތުގެ ތެރެއިން ފެނުނު ދެވަނަ ލިޔުމުގައި ވެއެވެ އަހަރެންގެ ކަށްވަޅު ކޮނެ ގޯނާކޮށްފި މީހާ ދަންނާށެވެ. އަހަންނަށްވުރެ މާނުރައްކާތެރި ޖައްބާރު އަނިޔާވެރި ވެރިއެއްގެ އަނިޔާއަށް އެމީހަކު ކުރިމަތިލާނެއެވެ. ތެދެކެވެ ކަންވީ ހަމަ އެހެންނެވެ.

ރަސްގެފާނު ތައިމޫރުގެ މަހާނަ

1941 ވަނަ އަހަރު ރޫސީވިލާތުގެ ވެރިޔާ ޖޯސެފް ސްޓާލިންގެ އަމުރަށް ތައިމޫރުގެ ޒިޔާރަޓް ކޮނެ ސަންދޯއް ހުޅުވައި ގަބުރު މޮސްކޯއަށް ގެންގޮސް ތަހުލީލުތަކެއް ކުރުމަށް ނިންމެވިއެވެ. މިކަމުގައި އިސްކޮށް ހުންނެވި ފަންނުވެރި އަކީ މިޚާއިލް ގެރަސިމޯވް އެވެ. ތައިމޫރުގެ ގަބުރު ކޮނެގެންނެގީ ތައިމޫރު އާއި ބެހޭގޮތުން ދައްކާ ވާހަކަ ތަކުގެ ތެދުދޮގު ބެލުމަށެވެ. ގެރެސިމޯވްގެ ތަހުލީލުތަކުން ހޯދުނު ގޮތުގައި ތައިމޫރުގެ އިސްކޮޅުގައި 6 ފޫޓް ހުންނަ ކަމަށްވެއެވެ. އަދި ހަޤީގަތުގައިވެސް އޭނާއަކީ ކޮރު މީހެކެވެ. އަދި އޭނާގެ އަސްލު ސޫރަވެސްވަނީ ދެނެގަނެވިފައެވެ. ތައިމޫރުގެ ގަބުރު ކޮނެގެން ނަގަން ނިންމުމުން އެކަން ނުކުރުމަށް ޖޯސެފް ސްޓާލިންގެ ކިބައިން އެތަށް ބަޔަކު އެދުނެވެ.

ތައިމޫރުގެ ގަބުރު ކޮނެގެން ހަށިގަނޑު މޮސްކޯއަށް ގެންދިޔަތާ ދެވަނައަށްވީ ދުވަހު 22 ޖޫން 1941 ވީ އާދީއްތަ ދުވަހު އޮޕަރޭޝަން ބާބަރޯސާގެ، އޮޕަރޭޝަން އޮޕަރޭޝަން ފްރިޓްޒް، ނަމުގައި އެޑޯލްފް ހިޓުލަރުގެ އަމުރަށް ޖަރުމަނު ސިފައިން ރޫސީވިލާތަށް އަރައިގަތީ އެއްވެސް އަންގާލުމަކާއި ނުލައި ކުއްލިއަކަށެވެ. މިކަން ވެގެންދިޔައީ ރުސީވިލާތަށް ކުއްލި ސިހުމަކަށެވެ.

ތިންމިލިއަން ސިފައިންނާއި 3000 ޓޭންކާއި، 7000 އާޓިލަރީއޮސްއާއި، 2500 މަތިންދާބޯޓާއި،އެކު ސޯވިއެޓް ޔޫނިއަންއާ ދެކޮޅަށް ހިންގި މި އަސްކަރީ ހަރަކާތަކީ ދުނިޔޭގެ ތާރީޚުގައި ހިންގި އެންމެބޮޑު އިންސާނީ ޖަރީމާއެވެ. ސްޓާލިންގް އާއި އޭނާގެ ސަރުކާރު ކުޑަކަކޫ މައްޗަށް ތިރިކޮށްލިއެވެ. ޖަރުމަނު ސިފައިން ބޮޑު ކާމިޔާބީއެއް ހޯދިއެވެ. ރޫސީ ސިފައިން ބަލިވިއެވެ. މިކަމާއި ގުޅިގެން ތައިމޫރުގެ ގަބުރު ކޮނުމުގެ ވާހަކަ އާއި މިކަމާއި ގުޅުވައިގެން ވާހަކަ ދެކެވެން ފަށައިފިއެވެ.

މިވާހަކަތަށް ސްޓާލިންއަށް އަޑުއިވު މިކަން ގަބޫލުކުރެވި ތައިމޫރުގެ ހަށިގަނޑާއި އޭނާގެ ސަންދޯއް ސަމަރުގަންދަށް އަނބުރައި ގެނައުމަށް ސްޓާލިން އަމުރު ކުރެއްވެވިއެވެ. 20 ޑިސެމްބަރު 1942ގައި ރަސްމީ އިއްޒަތުގައި ތައިމޫރު ސަމްރުގަންދުގައި ވަޅުލިއެވެ.

ހަމަ އެދުވަހު ޖަރުމަނު ސިފައިން ކުއްލިއަކަށް ބަލިވާން ފެށިއެވެ. ހަނގުރާމައަށް ބަދަލު އަންނަން ފަށައިފިއެވެ. ޖަރުމަނުން ބަލިވެ ރޫސީން ކުރިއަރަން ފަށައިފިއެވެ. ދޮޅުމަސް ދުވަހަށް ދިގުލައިގެން ދިޔަ ހަނގުރާމައިގައި ޖަރުމަން ސިފައިން ބަލިވެ އަމާންދިނެވެ.

ދެވަނަ ބޮޑުހަނގުރާމައިގައި 50 މިލިއަން މީހުން މަރުވިކަމަށް ލަފާކުރެވެއެވެ. ތައިމޫރު ރަސްކަން ހޯދުމަށް ކުރި ހަނގުރާމައިގައި މަރުވި 17 މިލިއަން މީހުންނެވެ. ތައިމޫރުގެ ސަންދޯއް ތެރެގައިވާ ލިޔުމުގައިވާ ގޮތަށް ކަންތައްތައް ވެއްޖެއެވެ. ހިޓްލަރު ވެފައިވަނީ ތައިމޫރަށްވުރެ އަނިޔާވެެރި ޖައްބާރު ވެރިއަކަށެވެ.

  1. ތައިމޫރަކީ ގދ.ތިނަދޫގެ ސިޓީމޭޔަރު ސައުދު އަލީތަ؟

  2. ކަރީނާ ކަޕޫރު

    މަގޭ ދަރި އެއީ

  3. ސައިފު އަލީ ޚާން

    މަގޭ ދަރި. މަ ތިނަން މަގޭ ދަރިއަށް ކީ އިންޑިއާ ފަތަހަކުރަން. އަދި ތައިމޫރުގެ ނިންމަން މަސައްކަތް ކުރި ނުނިމިއިށް ޓާސްކް ކަމުގައިވާ ޗައިނާ ފަތަހަ ކުރަން