ޚަބަރު
ކުޑަކުދިންގެ ހިޔާގެ ވެރިންގެ މައްޗަށް ޖިނާއީ ތަހުގީގެއް

ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ހިނގާފައިވާ އަލިފާނުގެ ހާދިސާތަކާއި ގުޅިގެން އޭރު ތިބި އެތަނުގެ ވެރިންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން ފުލުހުން ފަށައިފި އެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބަލަހައްޓާ ކުދިންގެ ހިޔާގައި ހިންގަމުންދަނީ، ކުޑަކުދިން ބޭތިއްބުމަށް އެންމެ އެކަށީގެންވާ ތަނެއްގެ ގޮތުގައި ނޫން ކަމަށް ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން މިދިޔަ އަހަރުގެ މެއި މަހުގެ ހަތަރު ވަނަ ދުވަހު ވަނީ ކުޑަކުދިންގެ ހިޔާއަށް އަންގާފަ އެވެ. އަދި އެތަނުގައި ތިބޭ ކުދިންގެ ދިރިހުރުމުގެ ހައްގަށް އުނިކަން އަންނަ ގޮތަށް އެތަނުގެ އަމަލުތައް ހުރި ކަމަށް ވެސް ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން ބުނެފައިވެ އެވެ.

އެހެންކަމުން އަލިފާނުގެ ހާދިސާތަކާއި ގުޅިގެން، ކުޑަކުދިންގެ ހިޔާގެ މަސްއޫލު މަގާމުތަކުގައި ތިބި މުވައްޒަފުން ޖަވާބުދާރީ ކުރުވޭނެހެން ޖިނާޢީ ތަހުގީގެއް ހިންގައިދިނުމަށް، ދިވެހި ފުލުހުންގެ ޚިދުމަތުގައި އެ އޮފީހުން އެދުނީ މިމަހުގެ 17 ވަނަ ދުވަހު އެވެ. މިކަމާ ގުޅިގެން ފުލުހުން ބުނީ އަލިފާނުގެ ހާދިސާތަކާ ގުޅިގެން ކުޑަކުދިންގެ ހިޔާގެ ވެރިންނާމެދު ޖިނާއީ ތަހުގީގެއް ހިންގުމަށް ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން އެދިފައިވާތީ އެ ތަހުގީގު މިހާރު ފަށާފައިވާ ކަމަށެވެ. ނަމަވެސް ޖިނާއީ ތަހުގީގު ހިންގަނީ ކޮންބަޔަކަށް ކަމެއް ފުލުހުން ނުބުނެ އެވެ.

ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން ބުނެފައި ވަނީ ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ ހިންގަނީ އަލިފާނުން އެ ކުދިން ރައްކާތެރިކުރެވޭނެ ވަސީލަތްތައް ނެތި ކަމަށެވެ. އަދި އަލިފާނުގެ ހާދިސާތަކުން ކުޑަކުދިންނާއި ތަން ރައްކާތެރިކުރުމަށް ބޭނުންވާނެ ފިޔަވަޅުތައް އެޅުމެއް ނެތި ހިންގަމުންދަނީ އެ ކުދިންގެ ދިރިއުޅުމުގެ ހައްގަށް އުނިކަން އަންނާނެ ކަމަށް ބެލުމެއް ނެތި ކަމަށް ވެސް ބުނެފައިވެ އެވެ. އަދި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބަލަހައްޓާނެ ގޮތުގެ އުސޫލުތައް އެކުލަވާލުމަކީ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސަސްގެ ގާނޫނީ ޒިންމާއެއް ނަމަވެސް މިހާތަނަށް އެފަދަ އުސޫލްތަކެއް އެކުލަވާލާފައި ނުވާ ކަމަށް އޮމްބަޑްސްޕާސަންގެ އޮފީހުން ބުނެފައިވެ އެވެ.

މިދިޔަ އަހަރުގެ ތެރޭގައި ކުޑަކުދިންގެ ހިޔާގައި އަލިފާނުގެ ގިނަ ހާދިސާތަކެއް ހިނގާފައިވެ އެވެ. އޭގެ ސަބަބުން އެތަނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ.

ކުޑަކުދިންގެ ހިޔާ ބަންދުކޮށް އެތަނުގައި ތިބި ކުދިން އަތޮޅުތަކަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. އަދި އެތަނުގެ ގިނަ ކުދިން މިހާރު ވަނީ އަތޮޅުތަކުގައި ސަރުކާރުން ގާއިމްކުރި އަމާން ހިޔާތަކަށް ބަދަލުކޮށްފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!