ޚަބަރު
ތިނަދޫގެ ކޭސްތަކުގެ އަދަދު 350 އިން މައްޗަށް

ގދ ތިނަދޫއިން ވޭތުވެދިޔަ 24 ގަޑިއިރުތެރޭ ފައްސިވި 62 މީހުން ހިމެނޭހެން އެކްޓިވް ކޭސްތަކުގެ އަދަދު 356 އަށް އަރައިފިއެވެ.

ތިނަދޫގައި ހުންނަ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްއިން މިއަދު ނެރެފައިވާ އަދާހަމައިން ދައްކާގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރުތެރޭ އިތުރު 62 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު ބަލިން ފަސޭހަވެފައިވަނީ 49 މީހެކެވެ.

ތިނަދޫއިން މިއަދު ފައްސިވި މީހުންގެ ތެރޭގައި ކޮންޓެކްޓް ޓްރޭސިންގ ގައި ފާހަގަ ކުރެވިފައިވާ 45 މީހެއްގެ އިތުރުން ފްލޫ ކްލިނިކަށް ދެއްކި 8 މީހަކު ހިމެނެއެވެ.

ގދ ތިނަދޫއިން މިހާތަނަށް ޖުމްލަ 1685 މީހުން ކޮވިޑް-19 އަށް ފައްސިވެފައިވާއިރު ބަލިން ފަސޭހަވެފައިވަނީ 1324 މީހެކެވެ. ތިނަދޫގައި ހުންނަ ކޮވިޑް ފެސިލިޓީގައި ފަރުވާ ހޯދަމުންދަނިކޮށް 5 މީހަކު ވަނީ ނިޔާވެފައެވެ.

ތިނަދޫގެ އިތުރުން ހުވަދު އަތޮޅު އުތުރުބުރީ ހޯނޑެއްދޫ، ނަޑެއްލާ، ފަރެސްމާތޮޑާ، ވާދޫގެ އިތުރުން ގައްދޫއިން ވެސް މިއަދު އިތުރު ކޭސްތަކެއް ވަނީ ފެނިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!