ދީން
“ވެޑިން އެނިވަރސަރީ” ފާހަގަކުރުމަކީ ކޮންކަހަލަ ކަމެއް؟

“ވެޑިން އެނިވަރސަރީ” ފާހަނގަކުރުމަކީ ކޮންކަހަލަ ކަމެއް ހެއްޔެވެ؟ ކައިވެނީގެ އެނިވާސަރީ ފާހަގަ ކުރުމަކީ، ދީނުގައި އެއްވެސް އަސާސެއް ނެތް، ބޮޑުވެގެންވާ މުންކަރާތެކެވެ. އޭގެ ސަބަބުތައް ތިރީގައި މިވަނީއެވެ.

ފުރަތަމައީ: އެއީ ކޮންމެ އަހަރަކު ތަކުރާރުވާ ގޮތަށް ފާހަގަކުރެވޭ ޢީދެއް ކަމުގައިވާތީއެވެ. ފަހެ، އިސްލާމް ދީން އައުމަށްފަހުގައި ވަނީ އެންމެހައި ޖާހިލީ ޢީދުތައް އުވި، އޭގެ ބަދަލެއްގެ ގޮތުގައި އެއަށްވުރެ ހެޔޮވެގެންވާ 2 ޢީދަށް ބަދަލުކޮށްދެއްވާފައެވެ. އެއީ ފިޠުރު އީދާއި އަޟްޙާ ޢީދެވެ. އަދި ކޮންމެ ހަފްތާއަކު މުސްލިމުންނަށް ހުކުރުދު ވަސް ޢީދެއްގެ ގޮތުގައި ލެއްވިގެންވެއެވެ. ދަންނަހުއްޓެވެ! މުސްލިމުންނަށް މި ނޫން ޢީދުތަކެއް ލެއްވިގެން ނުވެއެވެ.

ދެވަނައީ: އެކަންވަނީ ކާފަރުންނާއި ވައްތަރުވެ އެއްގޮތްވުމުގެ ތެރެއިންނެވެ. އެއްވެސް ޝައްކެތްނެތް ގޮތުގައި އެއީ މުސްލިމުންގެ ތެރެއިން އައިސްފައިވާ މުސްލިމުންގެ ޢާދައެއް ނޫންކަން އެންމެހައި ފަރާތްތަކެއް ޤަބޫކުރާނެއެވެ. އޭގެ ބަދަލުގައި މިކަންތައް މުސްލިމުންގެ ތެރެއަށް އައިސްފައިވަނީ ފަރަންޖީންގެ ކިބައިންނެވެ.

ތިންވަނައީ: މިކަންވަނީ ކާފަރުންގެ ޢާދަކާދަތަކުގެ ތެރެއިންވާ ކަމެއްކަމުގައި ތިބާއަށް އެނގިއްޖެނަމަ، ކާފަރުންނާއި، އެމީހުންގެ ޢާދަކާދަތަކާއި، ގޮތްތަކުގައި އެމީހުންނާ ވައްތަރުވުމަކީ ނުހަނު ނުރައްކާވެގެންވާ ބާބެކެވެ. އެހެނީ ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. (من تشبه بقوم فهو منهم) “ފަހެ ޤައުމެއްގެ ބަޔަކާ ވައްތަރުވެއްޖެ މީހާ ދަންނާށެވެ! ފަހެ އެމީހަކު ވަނީ އެބައެއްގެ ތެރެއިންނެވެ”.

ހަތަރުވަނަ ނުކުތާއަކީ: ކާފަރުންނާ އެއްވަތްތަރުވުމުގެ ނުރައްކާތެރިކަން އެނގިއްޖެނަމަ ދަންނާށެވެ. ފަހެ، ޢިލްމުވެރިން ވިދާޅުވަނީ ކާފަރުންނާ ވައްތަރުވުމުގެ މި ބާބުގައި ކޮންމެހެން އެކަން ކުރުމުގައި ނިޔަތެއް އޮންނާކަށް ނުޖެހޭނެއެވެ. އެބަހީ، ނިޔަތެއް ނެތަސް ކާފަރުންނާ ވައްތަރުވުމުގެ ޢަމަލެއްނަމަ އެކަންވާނީ ހުއްދަވެގެން ނުވާ ކަމަކަށެވެ. މި މައުޟޫގައި العلامة ابن العُثَيمِين -رحمه الله- ވިދާޅުވެފައިވެއެވެ. “މީހަކު ބުނެއެވެ. “އަހަރެން ކާފަރުންނާ އެއްވަތްތަރު ވުމަށް ޤަޞްދެއް ނުކުރަމެވެ”.

ފަހެ އަހަރެމެން ބުނަމެވެ. ހަމަކަށަވަރުން ތަޝައްބުހުވުމަކަށް ނިޔަތް ބޭނުން ނުވެއެވެ. ސަބަބަކީ ތަޝައްބުހު (އެއްގޮތް، އެއްވައްތަރު) ވުމަކީ އެ ޞޫރައިގައި އަދި ކުރެވޭ ކަންތަކުގައި އެއްވައްތަރުވުމެވެ.

ފަހެ، މިކަން ޙާސިލްވެއްޖެ ނަމަ ނިޔަތް ނުގަތަސް އަދި ނިޔަތްގަތް ކަމުގައިވިޔަސް އެއްވައްތަރުވީއެވެ. އެހެނަސް އެކަމަށް ނިޔަތް ގަނެފި ހިނދުގައި އޭގެ ނުބައިކަން އަދި ނުރައްކާތެރިކަން އިތުރުވެ ބޮޑުވެގެންވެއެވެ. ސަބަބަކީ ތިބާ އެކަމަށް ނިޔަތް ގަނެފި ހިނދުގައި، ތިބާ އެކަންތައް ކޮށްފައިވަނީ އެބަޔަކު އެތިބި ގޮތުގެ މައްޗަށް ލޯބިވެ، އެކަން މަތިވެރިކުރުމުގެ ގޮތުންނެވެ.

ފަހެ، އެއްވެސް އިންސާނަކު އޭނާގެ ބޭރުފުށުން އެބައިމީހުންނާ އެއްވައްތަރު ވެގެންވާތަން ފެނުމުން އަހަރެމެން އެމީހާގެ މައްޗަށް އެބައިމީހުންނާ އެއްވައްތަރު ވުމުގެ މައްޗަށް ނަހީ ކުރަމެވެ. އެއީ އެމީހަކު އެކަމަށް ޤަޞްދުކުޅަ ކަމުގައި ވީނަމަވެސް ނުވަތަ ޤަޞްދެއް ނުކުރި ކަމުގައިވިޔަސްއެވެ.

އަދި އެކަމުގެ ސަބަބަކީ، ނިޔަތަކީ ބޭރުފުށަށް ނުފެންނަ ވަންހަނާވެފައިވާ ކަމެއްކަމުގައިވުމެވެ. އަދި އެއްވަތްތަރު ވުމަކީ ބޭރުފުށަށް ފެންނަންއޮތް ކަމެކެވެ. ފަހެ އެހިނދު ބޭރުފުށުން ފެންނަ ޞޫރައިން އެއްވަތްތަރު ވެގެންވާތަން ފެނުމުން ނަހީކުރެވެއެވެ”.

ފަސްވަނަ ނުކުތާއަކީ: މި ޢަމަލަކީ އޭގެ އަޞްލުގައި، މިފަދަ ޢަމަލެއް ކަމުގައިވާއިރު، ދެމަފިރިން އެ ދެމީހުންގެ މެދުގައި ނުވަތަ ޢާއިލާ މީހުންގެ މެދުގައި ފާހަގަ ކުރުމުން އެ ޙަރާމްވާ ސަބަބު ފިލައިދޭ ހެއްޔެވެ؟ މިފަދައިން ތަފާތުކޮށް މީސްތަކުންނަށް ކޮންމެ ކަމެއް ފަސޭހަކޮށްލައި، ވަރިހަމަ ކޮށްލައިފައިވެ ފަތުވާ ދޭ މީހަކު އެކަމުގެ މައްޗަށް ޖެހިލުންކުޑަ ކަމުގެ ބޮޑުކަމާއެވެ.

ހަވަނަ ނުކުތާއަކީ: މި ޒަމާނުގައި ފާޅުވެފައިވާ އެންމެ ބޮޑެތި ރައްބާނީ ފަރުބަދަ ފަދަ، އުއްމަތް އެބޭކަލުންނަށް ރުޖޫޢަވުމަށް ފާޅުވެފައިވާ މިފަދަ ޢިލްމުވެރިންގެ ފަތުވާ ތަކަށް ބަލާލުމުން ޢިލްމުވެރިންނާއި އެ ނޫން މީހުންގެ ތަފާތު އެނގި ބަޔާންވެ، ފަރަޤު ވަކިވެގެންދެއެވެ. الحمد لله އެވެ.

މިއީ ޙައްޤު ހޯދުމާއި، ޙައްޤުގައިވާ އަހުލުވެރިންނަކީ ކޮބައިކަން ބުއްދިހުރި ކޮންމެ މީހަކަށް، ﷲ އެމީހެއްގެ ލޯ ޙައްޤު މަޤަށް ހުޅުއްވައިދެއްވި ކޮންމެ މީހަކަށް ފެންނަންއޮތް ޙުއްޖަތެކެވެ. ޢިލްމުވެރިންގެ ބަސްފުޅުތައް ފާޅުކޮށް ބަޔާންކޮށް ތެދުވެރި ކަމާއެކު ޤާއިމްވަނީ ކޮން ބައެއް ކަމާއި، ޢިލްމުވެރިންގެ ނަމުގައި އުއްމަތަށް ޙައްޤު ޢިލްމުވެރިންގެ ބަސްފުޅުތައް ވަންހަނާކޮށް، އެމީހުންގެ ބަސްތައް އެއީ ޢިލްމުކަމުގައި ދައްކައިދޭ ބަޔަކީ ކޮބައިކަން ބަޔާންވެ ދިއުން ހިމެނެއެވެ.

މިތަނުގައި އެފަދަ ބޮޑެތި ޢިލްމުވެރިއެއްގެ ބަސްފުޅު ބަޔާން ކުރަމެވެ. الإِمَام العَلاَّمَة ابن العُثَيمين ވިދާޅުވެފައިވެ އެވެ. “އެމީހެއްގެ އުފަންދުވަސް ނުވަތަ ދަރިންގެ އުފަން ދުވަސް ނުވަތަ ކައިވެންޏަށް އަހަރު ފުރިގެން އެކަމުގެ މުނާސަބަތުގައި ފާހަގަ ކުރުމާއި، މިފަދަ މި ނޫން ދުވަސްތައް ފާހަގަ ކުރުމަކީ، ޝަރީޢަތުގައި ހުއްދަވެގެންވާ ކަމެއް ނޫނެވެ. މި ދުވަސްތައް ފާހަގަ ކުރުން ހުއްދަ ކަމަށްވުރެ ގާތްކަން ބޮޑީ ބިދުޢައަކާއިއެވެ”

ޖަވާބު ދެއްވީ: އުސްތާޛް أبو أنس محمد حسن (حفظه الله)
މަސްދަރު : އަލްބަޔާންއެމްވީ.ކޮމް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!