ޚަބަރު
އިންޑިޔާ އައުޓް ކިޔާ މީހުން ޖަލަށް ލާން ޤާނޫނެއް ފާސްކުރުމުގެ މަސައްކަތް އެމްޑީޕީން ފަށައިފި

ރާއްޖެއާއި އެހެން ޤައުމުތަކާއި ދެމެދު އޮންނަ ގާތް ގުޅުމަށް ނޭދެވޭ އަސަރު ފޯރާގޮތަށް ހިންގާ ސިޔާސީ ހަރަކާތަކުގައި ބައިވެރިވާ ފަރާތްތަކާއިމެދު ޤާނޫނީ ފިޔަވަޅު އަޅާ އަދަބު ލިބޭ ގާނޫނެއް ފާސްކުރުމަށްޓަކައި، އެޤާނޫނުގެ ބިލް އެކުލަވާލައި، ބިލް މަޖިލީހަށް ހުށަހެޅުމުގެ ތައްޔާރީތައް އެމްޑީޕީ އިން ފަށައިފިއެވެ.

ފެބްރުއަރީ 3 ވާ ބުރާސްފަތި ދުވަހު މިއަހަރުގެ މަޖިލިސް ހުޅުވިގެންދާއިރު މިބިލް މަޖިލީހަށް ހުށަހެޅުމަށް ވާންޖެހޭ ތައްޔާރީތައް އެމްޑީޕީން ދަނީ ވަމުންނެވެ. “ދިވެހިރާއްޖެއިން ބޭރު ގައުމުތަކާ އެކު ގާއިމުކޮށްފައިވާ ޚާރިޖީ ގުޅުންތަކަށް ނޭދެވޭ އަސަރުކުރާނެ ފަދަ އަމަލުތައް ހުއްޓުވުމުގެ ބިލް” ގެ ނަމުގައި މަޖިލީހަށް ހުށަހަޅާ މިބިލް ފާސްވެއްޖެނަމަ އިންޑިޔާ އައުޓް ކިޔާ މީހުންނާއިމެދު ޤާނޫނީ ފިޔަވަޅުއަޅާ އެމީހުން ޖަލަށް ލެވޭނެއެވެ.

މިފަދަ ބިލެއް އެކުލަވާލުމުގެ މަޤުޞަދަކީ ބޭރު ގައުމުތަކާ އެކު ގާއިމުކޮށްފައިވާ ހާރިޖީ ގުޅުންތަކަށާއި އެ ގައުމުތަކާ ދެމެދު އޮންނަ ގުޅުމަށް ނޭދެވޭ އަސަރު ކޮށްފާނެ އަމަލުތައް ހުއްޓުވުމެވެ.

ޑްރާފްޓް ކުރެވިފައިވާ ބިލުގައިވާ ގޮތުން އެފަދަ އަމަލެއް ކަމަށް ބެލެވޭނީ ގާނޫނީ އަދި ބައިނަލްއަގުވާމީ ހަމަތަކާއި ދެ ގައުމުން ބަލައިގެންފައިވާ އުސޫލަކާ އެއްގޮތަށް އޮތް ކަމެއްގައި، ރައްޔިތުންގެ ނަމުގައި ރާއްޖެ ރަމްޒުވާ ގޮތަށް ވަކި ބަޔަކު ނުވަތަ ސިޔާސީ ޕާޓީއަކުން ވަކި ގައުމެއްގެ ސަރުކާރާއި އެ ގައުމެއްގެ ވަކި މުއައްސަސާއަކާ ދެކޮޅަށް މުޒާހަރާކުރުމާއި ސިޔާސީ ހަރަކާތް ހިންގުމެވެ.

މީގެ އިތުރުން ގައުމެއްގެ އަޅުވެތިކަމުގެ ދަށުގައި ނުވަތަ މިލިޓަރީ، ސިޔާސީ އަދި އިގްތިސާދީ ބާރުވެރިކަމުގެ ދަށުގައި ރާއްޖޭގެ ސިޔާދަތާއި އިސްތިގުލާލު ވާކަން ދެއްކުމުގެ ގޮތުން ވަކި ގައުމަކާ ދެކޮޅަށް ސިޔާސީ ހަރަކާތް ހިންގުމަކީ ވެސް މި ގާނޫނުގެ ދަށުން ކުށެއް ކަމަށް ބިލްގައި ބުނެފައި ވެއެވެ.

މިފަދަ އަމަލެއް ހިންގައިފިނަމަ އަދަބެއްގެ ގޮތުން 20 ހާސް ރުފިޔާގެ ޖޫރިމަނާއެކު އަހަރަކަށްވުރެ ދިގުނޫން މުއްދަތަކަށް ގޭ ބަންދު ކުރެވޭނެއެވެ. ނުވަތަ ހަ މަސް ދުވަހަށް ވުރެ ކުރު މުއްދަތަކަށް ޖަލަށް ލެވޭނެ ކަމަށް ބިލުގެ ޑްރާފްޓްގައި ބުނެފައިވެއެވެ.

އެމްޑިޕީގެ މެންބަރަކު މީޑިޔާއަށް މައުލޫމާތު ދިންގޮތުގައި މިބިލް އެކުލަވާލައި އެމްޑީޕީގެ ބައެއް މެންބަރުންނަށް މިބިލް ވަނީ ފޮނުވާލެވިފައެވެ. އަދި ބިލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު އެމްޑީޕީގެ ހުރިހާ މެންބަރުންނަށް ވަނީ މިވަގުތު ހުޅުވާލެވިފައެވެ. އަދި މިއީ ބިލުގެ ޑްރާފްޓެއް ކަމުން ބިލަށް އިތުރު ބަދަލުތައް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!