ޚަބަރު
ރައީސް ޔާމީނަކީ ރެކޯޑު އަދަދަކަށް ރާއްޖޭގައި ވަޒީފާ އުފެއްދެވި، ނަމޫނާ ދައްކަވާފައިވާ ލީޑަރެއް – ޕީޕީއެމް

ރައީސް ޔާމީންއަކީ މިހާތަނަށް ރެކޯޑް ޢަދަދަކަށް ރާއްޖޭގައި ވަޒީފާތައް އުފައްދަވާ، ވަކި ޕާޓީއެއް ބެއްލެވުމެއް ނެތި ދިވެހި ރައްޔިތުންނަށް ވަޒީފާ ދެއްވުމުގެ ނަމޫނާ ދައްކަވާފައިވާ ލީޑަރެއް ކަމަށާއި، ޕީޕީއެމްގެ ސަރުކާރެއްގައި ދިވެހި އެންމެހާ ރައްޔިތުންނަށްވެސް ވަޒީފާގެ ފުރުސަތުތައް ރައީސް ޔާމީން ކަށަވަރުކޮށްދެއްވާނެ ކަމަށް ޕީޕީއެމް އިން ވިދާޅުވެއްޖެއެވެ.

ވަޒީފާއާ ގުޅޭ ގޮތުން، ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުގެ މަހްފޫމް އޮޅޭ ގޮތަށް އެހަބަރު ބައެއް މީޑިއާތަކުން ގެނެސްދީފައިވާތީ އެކަމަށް އަލިއަޅުއްވައި މިއަދު ޕީޕީއެމްއިން ނެރުނު ނޫސްބަޔާނުގައި ވިދާޅުވީ. ކޮމަންޑޫ ދާއިރާގެ މާލޭގައި ދިރިއުޅޭ ރައްޔިތުންނާއި ބައްދަލުކުރައްވާ ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުގައި ޕީ.ޕީ.އެމް ނޫން އެހެން ޕާޓީތަކުގެ މެންބަރުންނަށް ވަޒީފާ ނުދެއްވާނެ ކަމަށް ވިދާޅުވެފައެއް ނުވާނެ ކަމަށެވެ.

އަދި ވަޒީފާ ދެއްވުމުގައި އަތޮޅުތެރޭގެ ރަށްރަށުގައި ތިއްބެވި ޕީ.ޕީ.އެމް ގެ މެންބަރުން ބާކީނުވާނެ ކަމަށް ވިދާޅުވި ނަމަވެސް، އެހެން ޕާޓީތަކާއި ޕާޓީތަކުގައި ނޫޅޭ ފަރާތްތަކަށް ވަޒީފާ ނުދެއްވާނެކަމަށް ކަމަށް ވިދާޅުވެފައި ނުވާއިރު، އެ ހުރިހާފަރާތްތަކަށްވެސް ވަޒީފާގެ ފުރުޞަތުތައް ތަނަވަސްކޮށްދެއްވާ ކަމަށް އެބަޔާނުގެ ވިދާޅުވެފައިވެއެވެ.

ރައީސް ޔަމީނަކީ މިހާތަނަށް ރެކޯޑު އަދަދަކަށް ރާއްޖޭގައި ވަޒީފާތައް އުފައްދަވާ، ވަކި ޕާޓީއެއް ބެއްލެވުމެއްނެތި ދިވެހި ރައްޔިތުންނަށް ވަޒީފާ ދެއްވުމުގެ ނަމޫނާ ދައްކަވާފައިވާ ލީޑަރެއް. އަދި އެމަނިކުފާނަކީ ދިވެހި ރައްޔިތުންނަށް ފުދުންތެރިކަން ހޯއްދަވައިދެއްވާ، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރާއްޖޭގެ އިޤްތިސާދަށް އެދެވޭ ރަނގަޅު ބަދަކުތަކެއްވެސް ގެނެސްދެއްވި ލީޑަރެއް. ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި ޒުވާނުންނާއި އަލަށް ކައިވެނި ކުރާ ކުދިންނަށް ބޯހިޔާވަހިކަން ހޯއްދަވައިދެއްވުމަށްވެސް ހާއްސަ ސަމާލުކަމެއް ދެއްވާ، ރާއްޖޭގެ އެކި ހިސާބުގެ ބިން ހިއްކާ ބޮޑުކުރެއްވުމުގެ މަސައްކަތައްތައް ކުރިއަށް ގެންދަވާ، ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަންވެސް ކަށަވަރުކޮށްދެއްވި ހަމައެކަނި ލީޑަރަކީ ރައީސް ޔާމިންކަމަށާއި ހަމައެއާއެކު ރާއްޖެ މިހާތަނަށް ދެކެފައިނުވާ ތަރައްޤީ މިޤައުމަށް ގެނެސް ދެއްވާފައިވަނީވެސް ރައީސް ޔާމީން ކަމަށެވެ.

  1. ތި ނޫހަކީ މިރާއްޖެ ދެކުނު އެންމެ ބޮޑުވަގު އަދި އެވަގު ކޮށްފައިވާ ބޮޑެތި ވައްކަންތައް ޕޮލިޝްކޮށް ރީތިކޮށް ފޮރުވަން އުޅޭ ބައެއް.