ޚަބަރު
ތުރުކީއާއެކު 5 ދާއިރާއަކުން ގުޅުން ބަދަހިކުރުމަށް ރާއްޖެއިން ސޮއިކޮށްފި

ރާއްޖެއާއި ތުރުކީވިލާތާ ދެމެދު ފަސް ދާއިރާއަކުން ގުޅުން ބަދަހިކުރުމަށް މިއަދު ސޮއިކުރައްވައިފިއެވެ. މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ތުރިކީވިލާތުގެ ފޮރިން މިނިސްޓަރ މެވްލުތު ޝަވްޝަގްލޫ މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މިއަދު ތުރުކީވިލާތާއެކު ސޮއިކުރެވުނު އެއްބަސްވުންތައް

ދިވެހިރާއްޖޭގެ ފޮރިން ސަރވިސް ހަރުދަނާ ކުރުން:

ދިވެހިރާއްޖޭގެ ފޮރިން ސަރވިސް ހަރުދަނާ ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ ތެރެއިން – ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖޭގެ ފޮރިން ސަރވިސް ހަރުދަނާ ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުން ބާއްވާފައިވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއަޒްގައެވެ. މިއެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުއެވެ. އަދި ތުރުކީވިލާތުގެ ފަރާތުން ސޮއިކުރެއްވީ އެޤައުމުގެ ޚާރިޖީ ވަޒީރު މެވްލޫތު ޝަވްޝަގްލޫއެވެ.

މި އެއްބަސްވުމުގެ ދަށުން ޚާރިޖީ ދާއިރާގާ މީހުން ބިނާ ކުރުމަށާއި ޚާރިޖީ ދާއިރާގެ ތަޢުލީމީ ފްރޮގްރާމްތައް އިތުރުކުރެވޭނެއެވެ. އަދި ތުރުކީ ސަރުކާރުގެ އެހީގައި ދިވެހި ޚާރިޖިއްޔާގައި ޕްރޮފެޝަނަލް ޚިދުމަތްދެވޭ ފެންވަރުގެ މުވައްޒަފުން ބިނާކުރުމަށް މަގުފަހިވެގެންދާނެއެވެ. އަލަށް އަމަލުކުރަން ފެށި ފޮރިން ސަރވިސް ޤާނޫނުގެ ދަށުން ފޮރިން ސަރވިސް އިތުރަށް ހަރުދަނާކުރުމަށް ފޮރިން ސަރވިސް އިންސްޓިޓިއުޓަށް ގިނަ މަސްއޫލިއްޔަތުތަކެއް ހަވާލުކޮށްފައިވާއިރު، މި އެއްބަސްވުމުގެ ދަށުން، ޒަމާނީ އަދި ހަރުދަނާ ފޮރިން ސަރވިސްއެއް އެކުލަވާލުމަށް ކުރަމުންދާ މަސައްކަތްތަކަށް އިތުރު ބާރަކަށް ވެގެންދާނެއެވެ.

ވިޔަފާރިއާއި އިޤްތިޞާދުގެ ދާއިރާއިން ގުޅުން ބަދަހިކުރުން:

ދެގައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ  އިކޮނޮމިކް މިނިސްޓަރ އަލްއުސްތާޛް ފައްޔާޒް އިސްމާއިލްއެވެ. ތުރުކީވިލާތުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޝަވްޝަގޫލްއެވެ.

މި އެއްބަސްވުމުގެ ސަބަބުން ރާއްޖެއާއި ތުރުކީވިލާތާ ދެމެދު އޮންނަ އިޤްތިސާދީ ގުޅުން އިތުރަށް ބަދަހިވެގެންދިއުމުގެ އިތުރުން ދެޤައުމުގެ ވިޔަފާރިވެރިންގެ މެދުގައި ގުޅުން ބަދަހިކުރުމުގެ ގޮތުން އެގްޒިބިޝަންތަކާއި ފެއަރތައް އިތުރުކުރުމަށް މަސައްކަތްކުރެވޭނެއެވެ. މީގެ ސަބަބުން ދިވެހިރާއްޖެއަށް އަންނަ ތުރުކީވިލާތުގެ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް މަގުފަހިވެގެންދާނެއެވެ. އަދި މި އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ އިޤްތިސާދީ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ވަޒީރުންގެ ފެންވަރުގެ ޖޮއިންޓް އިކޮނޮމިކް ކޮމިޝަނެއް އެކުލަވާލުމަށް ވަނީ ހަމަޖެހިފައެވެ. މި އެއްބަސްވުމަކީ ރާއްޖެއާއި ތުރުކީވިލާތާ ދެމެދު އިޤްތިސާދީ ގުޅުން ވަރުގަދަކުރުމަށް އެޅިގެންދިޔަ މުހިއްމު ފިޔަވަޅެކެވެ.

ދަނޑުވެރިކަން ފުޅާކުރުން:

ދަނޑުވެރިކަން ފުޅާކޮށް ތަރައްޤީކުރުމަށް ތުރުކީވިލާތާއެކު ސޮއިކުރި އެއްބަސްވުމުގައި ތުރުކީވިލާތުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޝަވްޝަގްލޫއެވެ. ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފިޝަރީޒް އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް ޑރ ހުސެން ރަޝީދު ހަސަން އެވެ.

މި އެއްބަސްވުމުގެ ދަށުން ދިވެހިރާއްޖޭގެ ދަނޑުވެރިންނަށް ބޭނުންވާ ތަމްރީނު ދެވި، ހުނަރު ތަރައްޤީ ކުރެވޭނެއެވެ. އަދި ދަނޑުވެރިކަމުގެ ވިޔަފާރި ރާއްޖޭގައި އިތުރަށް ފުޅާކުރުމަށް މި އެއްބަސްވުމުގެ ތެރެއިން ފުރުސަތު ލިބޭނެއެވެ.

ތިމާވެށީގެ ދާއިރާއިން ގުޅުން ބަދަހިކުރުން:

ތިމާވެށީގެ ދާއިރާއިން ގުޅުން ބަދަހިކުރުުގެ އެއްބަސްވުމުގައި ސޮއިކުރެއްވުން – ފޮޓޯ: މިނިސްޓްރީ އޮފް ފޮރިން އެފެއަޒް

މި އެއްބަސްވުމުގެ ދަށުން ރާއްޖޭގައި ކުނި ނައްތާލުމުގެ ނިޒާމު ހަރުދަނާކުރުމާއި، ރާއްޖޭގައި އިއާދަ ކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށްވަނީ ހަމަޖެހިފައެވެ.  މި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ތިމާވެއްޓާއި ބެހޭ ވަޒީރު އާމިނަތު ޝައުނާއެވެ. އަދި ތުރުކީވިލާތުގެ ފަރާތުން ސޮއިކުރެއްވީ މިހާރު ރާއްޖެއަށް ރަސްމީ ޒިޔާރަތެއް ކުރައްވަމުން ގެންދަވާ އެގައުމުގެ ޚާރިޖީ ވަޒީރު މެވްލޫތް ޝަވްޝަގްލޫއެވެ.

މި އެއްބަސްވުމުގެ ދަށުން ރާއްޖެއިން މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގަޔާއި، ތިމާވެށި ހިމާޔަތްކޮށް، ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތުގައި ތުރުކީވިލާތުގެ އެހީތެރިކަން ލިބިގެންދާނެއެވެ. އަދި ކެމިކަލްފަދަ ތިމާވެއްޓަށް ނުރައްކާތެރި ޒާތުގެ ކުނިބުނި ނައްތާލުމުގެ ކަންކަމުގައިވެސް ތުރުކީވިލާތުގެ އެހީތެރިކަން ލިބިގެންދާނެއެވެ.

ސަގާފަތާއި ތަރިކައިގެ ދާއިރާއިން ގުޅުން ހަރުދަނާކުރުން:

ސަގާފަތާއި ތަރިކައިގެ ދާއިރާއިން ގުޅުން ހަރުދަނާކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުން – ފޮޓޯ: މިނިސްޓްރީ އޮފް ފޮރިން އެފެއަޒް

ދިވެހިރާއްޖެއާއި ތުރުކީވިލާތާއި ދެމެދު ސަގާފަތާއި ތަރިކައިގެ ދާއިރާއިން ގުޅުން ހަރުދަނާކުރުމާއި ގުޅޭ އެއްބަސްވުމެއްގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް މުހައްމަދު ތާރިޤްއެވެ. އަދި ތުރުކީވިލާތުގެ ފަރާތުން ސޮއިކުރެއްވީ އެޤައުމުގެ ޚާރިޖީ ވަޒީރު މެވްލޫތު ޝަވްޝަގްލޫއެވެ.

މި އެއްބަސްވުމުގެ ދަށުން ތުރުކީ ސަރުކާރުގެ އެހީގައި ދިވެހިރާއްޖޭގެ ސަގާފަތް ދިރުވައި އާލާކޮށް ރާއްޖޭގެ ތަރިކަ ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރި ކުރުމަށް މަސައްކަތްކުރެވިގެންދާނެއެވެ. މީގެ އިތުރުން ރާއްޖޭގެ އުފެއްދުންތަކާއި ދިވެހިންގެ މަސައްކަތް ތުރުކީގެ ބާޒާރަށް ތައާރަފްކުރުމަށް މަގުފަހިވެގެންދާނެއެވެ. އަދި ހަމައެއާއެކު މިއުޒިކާއި ވިޝުއަލް އާޓްސް އަދި ޕަރފޯމިން އާޓްސް ފަދަ ފަންނުވެރިކަމުގެ ދާއިރާތައް ކުރިއެރުމަށް ތުރުކީވިލާތުގެ އެހީތެރިކަން ލިބޭނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!