ޚަބަރު
އިންޑިޔާ އައުޓް ކެމްޕެއިން ހުއްޓުވުމަށް މަޖިލީހުގެ 241 ކޮމިޓީ އަށް މައްސަލަ ހުށަހަޅައިފި

އިދިކޮޅުން ހިންގަމުންދާ އިންޑިޔާ އައުޓް ކެމްޕެއިން ހުއްޓުވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ 241 ކޮމިޓީ އަށް މައްސަލައެއް ހުށަހަޅުއްވައިފިއެވެ.

ރައީސް ނަޝީދު ސޮއި ކުރައްވާ 241 ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ޕީޕީއެމް ޕީއެންސީން އިސްނަގައިގެން އިދިކޮޅު ލީޑަރ އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން ކުރިޔަށް ގެންދާ އިންޑިޔާ އައުޓް ކެމްޕެއިންގެ ސަބަބުން އެހެން ޤައުމުތަކާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން ހީނަރުވެ ރާއްޖެއަށް އޭގެ ނުރައްކާތެރިކަން އޮތްކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. އަދި މިފަދަ އަމަލުތަކަކީ ބަލައިގަނެވޭނެ އަމަލުތަކެއް ނޫން ކަމަށެވެ.

އިންޑިޔާ އަކީ ޒަމާނުއްސުރެ ރާއްޖެއާ ގާތްގުޅުމެއް ބާއްވާ ޤައުމެއް ކަމަށާއި މިގުޅުމަށް ހީނަރުކަން އައުމުގެ ފުރުސަތު އޮތް ކަމެއް ކަމަށްވެސް ރައީސް ނަޝީދުގެ ސިޓީގައި ވިދާޅުވެފައިވެއެވެ. އަދި އޭގެ ސަބަބުން އިންޑީޔާގައި ދިރިއުޅެމުންދާ އެތައް ހާސް ދިވެހި އާއިލާތަކާއި ދިވެހި ކިޔަވާ ކުދިންނަށް ގިނަ ދަތިތަކެއް ކުރިމަތިވުމަކީވެސް އެކަށީގެންވާ ކަމެއް ކަން އެމަނިކުފާނު ފާހަނގަކޮށްލިއެވެ.

އިންޑިއާ އައުޓް ކެމްޕޭން ހުއްޓުވަން ރައީސް ނަޝީދު 241 ކޮމިޓީއަށް އެންގެވިއިރު އެމްޑީޕީން ގެންދަނީ އިންޑިއާ އައުޓް ކިޔާ މީހުންނަށް ހަމަސް ދުވަހުގެ ޖަލު ހުކުމެއް އަންނަ ގޮތައް ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންނެވެ. އަންނަ ބުރާސްފަތި ދުވަހު މަޖިލިސް ޖަލްސާތައް އަލުން ފެށުމާއިއެކު އެކަމާއި ގުޅޭ ބިލް މަޖިލީހަށް ހުށަހަޅަން އަންނަނީ މަޝްވަރާ ކުރަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!