އިދިކޮޅުން މިހާރު ކުރަމުންދާ “އިންޑިއާ އައުޓް” ކެމްޕެއިން ގާނޫނަކުން ހުއްޓުވުމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު ގޮވާލައްވައިފިއެވެ.
އިދިކޮޅުން ކުރިއަށްގެންދާ އިންޑިއާ އައުޓް ކެމްޕެއިން ޖިނާއީ ކުށަކަށް ހަދައި ބޮޑެތި އަދަބުތައް ދިނުމަށް އެމްޑީޕީއިން މިހާރު ގެންދަވަނީ ބިލެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންނެވެ. އެކަމަށް ތާއީދު ކުރައްވަމުން ރީކޯ ވިދާޅުވީ، އިންޑިއާ އައުޓް ގޮވާ މީހުންނަށް ރައްޔިތުންގެ ބައިތުލްމާލުން ޚަރަދުކޮށްގެން މުސާރައާއި އިނާޔަތް ނަގަމުން ދާކަމަށާއި، ނަމަވެސް ނިކަމެތި ރައްޔިތުންނަށް އޮތީ އިންޑިއާއަށް ބޭސްފަރުވާއަށް ގޮސް މެޑިކަލް ކޮލެޖުގައި ކިއުގައި ތިބެން ކަމަށެވެ.
ގޮވަންވީ އިންޑިއާއައުޓޭ ވެސް ޗައިނާ އައުޓޭވެސް. މިހެން ގޮވަންތިބި އެންމެނަށް ރައްޔިތުންގެ ބައިތުލްމާލުން މުސާރަޔާ އިނާޔަތާއި އާއިލާއަށްބޭހާ ކޮއްތާ ތައުލީމު ލިބޭނެ ދެރަނިކަމެތިމީހާ ފަރުވާހޯދަން މެޑިކަލް ކޮލެޖްއަށް ގޮސް ކިޔޫގަހުއްޓާ. އެރަށުމީހަކު އައސް ކަންކަށީގަ ޖަހާނީ. ޤާނޫނަކުންހުއްޓުވާ! – ރީކޯގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.
އަޖައިބެއް ރީކޯ ހޭބަލި ނުވެހުރޭ. އަހަރަމެން އިންޑިޔާއަށް ބޭސްފަރުވާއަށް ދަނީ ހިލޭ ބޭސްކުރާކަށް ނޫނޭ. އެމީހުންގެ ހޮޓާތަކުގަ ހިލޭ ތިބެފަ ކައިބޮއެ ހަދާކަށް ނޫނޭ. ބަލަ އިންޑިޔާއަށް ބޭސްފަރުވާއަށް ދަނީކީ ވަކި ޙައްސަކަ ވެގެން ދިވެހީންނެެއް ނޫނޭ. އިއީ މުޅި ދުނިޔޭގަ އެކިކަންކޮޅުތަކުން ބޭސްފަރުވާއަށް ދާތަނެެއް އަރަބިޤުމުތަކުގެ ގިނަރައްޔަތުން ވެސް ބޭސްފަރުވާއަށް ދަނީ އިންޑިޔާއަށް އެހެންނޭކިޔާފަ އެގައުމުތަކުގަ ބޭނުންހާ ގޮތަކަށް އިންޑިޔާްއިން ކަންކަން ކުރާކަށް ފުރުސަތެއް ނުދޭ.