ގދ ތިނަދޫއިން ވޭތުވެދިޔަ 24 ގަޑިއިރުތެރޭ އިތުރު 32 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
ތިނަދޫގައި ހުންނަ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ނެރެފައިވާ އަދާހަމައިން ދައްކާގޮތުގައި މިއަދު ތިނަދޫއިން 32 މީހަކު ފައްސިވެފައިވާއިރު ބަލިން ފަސޭހަވެފައިވަނީ 40 މީހެކެވެ. އެއާއެކު ތިނަދޫގެ އެކްޓިވް ކޭސްގެ އަދަދަކީ 360 އެވެ.
މިއަދު ތިނަދޫއިން ފައްސިވި މީހުންގެ ތެރޭގައި ކޮންޓެކްޓް ޓްރޭސިންގެ ގޮތުގައި ފާހަގަ ކުރެވިފައިވާ 26 މީހެއްގެ އިތުރުން ބަލީގެ އަލާމާތް ހުރެގެން ފްލޫ ކްލިނިކަށް ދެއްކި 6 މީހަކު ހިމެނެއެވެ.
ތިނަދޫއިން މިހާތަނަށް ޖުމްލަ 1789 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު ބަލިން ފަސޭހަވެފައިވަނީ 1424 މީހެކެވެ. ތިނަދޫގައި ހުންނަ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުންދަނިކޮށް 5 މީހަކު ނިޔާވެފައިވާއިރު މިވަގުތު ފެސިލިޓީގައި އެއްވެސް މީހަކު އެޑްމިޓް ކޮށްފައި ނުވެއެވެ.