ޚަބަރު
ސެމްބެ ފެނަކަ ސައީދުއަށް: އިންތިޚާބާއި ދިމާކޮށް ފައިސާއާއި ނުފޫޒުން ބިރުދެއްކުމަކީ ހަޑި އަމަލެއް

އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެދާއިރާގައި ވާދަކުރާ، އެމްޑީޕީ ކެނޑިޑޭޓް ރާޝިދަށް ވޯޓު ދިނުމަށް ފޯކައިދޫ ފެނަކައިފެ މުވައްޒަފުންނަށް ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ސައީދު އެންގެވުމާއި ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް (ސެމްބެ) އެކަން ކުށްވެރިކޮށް ފާޑުވިދާޅުވެއްޖެއެވެ.

އެމްޑީޕީ ކެނޑިޑޭޓަށް ވޯޓު ދިނުމަށް ފެނަކައިގެ މުވައްޒަފުންނަށް ސައީދު އެންގެވި ކަމަށް އޮންލައިން ނޫހެއްގައި ޝާއިއުކޮށްފައިވާ ހަބަރެއް ޓުވީޓުކޮށް ސެމްބެ ވިދާޅުވީ، ފެނަކައިގެ މުވައްޒަފުންނަށް ފެނަކައިގެ އެމްޑީ ސައީދު ވަކި މީހަކަށް ވޯޓު ދިނުމަށް ވިދާޅުވުމަކީ ވަރަށް ހަޑި އަމަލެއް ކަމަށެވެ.

ރައްޔިތުންނަށް މިނިވަންކަމާއެކީ ބަސްބުނަން ހަމައެކަނި ލިބޭ ފަހަރުގައި ފައިސާ އާއި ނުފޫޒުން ބިރުދައްކައި ހެދުމަކީ މާޒީ ކަމަށް ހީކުރެވުނު. އެކަމަކު ނާތަހުޒީބީ ވެރިކަމެއްގައި މިފަދަ ކަންތައްތައް ގިނަވާނެކަންވެސް ދަންނަންޖެހޭ. – ސެމްބެ

ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ އިންތިހާބާ ދިމާކޮށް ސަރުކާރުން އެދާއިރާގައި ގިނަ ޕްރޮޖެކްޓްތައް ހިންގަމުންދާތީ ގިނަ ބަޔަކު ގެންދަނީ އެކަމާ ފާޑުވިދާޅުވަމުންނެވެ. އެގޮތުން ސަރުކާރުން އަދި އެމްޑީޕީއަށްވެސް ކޮމަންޑޫ ދާއިރާ ފެނިގެން އުޅެނީ ބައި-އިލެކްޝަން އާ ދިމާކޮށް ކަމަށާއި، އިންތިހާބު ނިމުމުން ދާއިރާގައި ކުރަމުންގެންދާ މަސައްކަތްތައް ހުއްޓާލާނެ ކަމަށްވެސް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!