ޚަބަރު
ތިނަދޫއިން މީހުން ބޭލި މައްސަލައިގެ އަޑުއެހުންތައް މާޗު މަހު ތިނަދޫގައި ފަށަނީ

ގދ.ތިނަދުއިން މީހުން ބޭލި ހާދިސާއާއި ގުޅިގެން، ލާއިންސާނީ އަނިޔާދީ، އެތަކެއް އަސާސީ ހައްގުތަކެއް ގެއްލިފައިވާކަމަށް ބުނެ އިންތިޤާލީ އިންސާފުގެ އޮފީހަށް ހުށައަޅާފައިވާ މައްސަލައިގެ އަޑުއެހުންތައް ފެށުމަށް ތަޢާވަލުކޮށްފިއެވެ.

މިއަޑުއެހުންތައް އަންނަ މާރިޗު މަހުގެ 03 އިން 05 ވަނަ ދުވަހު ގދ. ތިނަދޫގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. އަދި އެއަށްފަހު މި މައްސަލައިގެ އިތުރު އަޑުއެހުންތަކެއް މާރިޗު މަހުގެ 18 އަދި 19 ވަނަ ދުވަހު މާލޭ ސިޓީގައިވެސް ބޭއްވުމަށް ވަނީ ނިންމައިފައެވެ. މި އަޑުއެހުންތަކުގައި ބަޔާންދިނުމަށް އެދޭ ފަރާތްތަކުން ނަން ނޯޓުކުރުމުގެ ފުރުޞަތު މިމަހުގެ 15 އާއިހަމައަށް މިހާރު ވަނީ ހުޅުވާލާފައެވެ.

ތިނަދުއިން މީހުން ބޭލި މައްސަލަ އިންތިޤާލީ އިންސާފްގެ އޮމްބަޑްސްޕާސަންގެ އޮފީހުން ބަލަނީ ޤައުމީ މަސްލަހަތު ހިމެނޭ މައްސަލައެއްގެ ގޮތުގައެވެ.

ތިނަދޫން މީހުން ބޭލިކަމަށް ބުނާ މައްސަލަ ކުރިއަށް ގެންދިއުމުގެ ކުރިން ހޯދަންޖެހޭ ބައެއް މައުލޫމާތު ހޯދުމަށް އެ އޮފީހުގެ ޓީމެއް ވަނީ ތިނަދޫ އަށް ދަތުރުކޮށްފައެވެ.

އިންތިޤާލީ އިންސާފްގެ އޮމަބަޑްސްޕާސަންގެ އޮފީހުން މިހާތަނަށް ބަލައިގެން 488 މައްސަލައިގެ ތެރެއިން 7 މައްސަލައެއް އެ އޮފީހުން ބަލަނީ ޤައުމީ މަސްލަހަތު ހިމެނޭ އަދި ގިނަ ރައްޔިތުންނާއި ގުޅުންހުރި މައްސަލަތަކެއްގެ ގޮތުގައެވެ. އޭގެ ތެރެއިން އެއް މައްސަލައަކީ ތިނަދޫން މީހުން ބޭލި މައްސަލަކަމަށާއި، އެ މައްސަލަ ވީހާވެސް އަވަހަށް ނިންމުމަށް މަސައްކަތްކުރަމުން އަންނަކަމަށް އިންތިޤާލީ އިންސާފްގެ އޮފީހުން ވިދާޅުވެއެވެ.

1959 އިން 1966 އަށް ރާއްޖޭގެ ދެކުނު އަތޮޅު 4 އަތޮޅުގައި ހިނގި ހަމަނުޖެހުމާއި ގުޅިގެން ތިނަދޫ ރައްޔިތުން ރަށުން ބާލާ ދައުލަތުގެ ފަރާތުން ލާއިންސާނީ އަނިޔާދީ، އެތަކެއް އަސާސީ ހައްގުތަކެއް ގެއްލިފައިވާކަމަށް ބުނެ ހުށައަޅާފައިވާ މައްސަލަ އިންތިޤާލީ އިންސާފްގެ އޮފީހަށް ހުށައެޅީ ތިނަދޫ ކައުންސިލާއި އެ ހާދިސާގައި ހައްގުތަކެއް ގެއްލިފައިވާކަމަށް ތުހުމަތުކުރާ ބައެއް އަމިއްލަ ފަރާތްތަކުންނެވެ.

މި މައްސަލައާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމުގެ ގޮތުން، އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން މައްސަލަތައް ބެލުމުގައި ޢަމަލުކުރާނެ އިޖުރާޢަތުގެ ގަވާއިދުގެ ދަށުން އާންމުކޮށް ހުޅުވާލައިގެން އަދި އާންމުކޮށް ހުޅުވާ ނުލައި ޕަބްލިކް ހިއަރިންތަކެއް ނުވަތަ އަޑުއެހުންތަކެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.

އިންތިޤާލީ އިންސާފުގެ ގާނޫނުގައި ބުނެފައިވާ ގޮތުން އެ އޮފީހަށް ތަހުޤީގުކުރެވޭނީ 1953ގެ ޖެނުއަރީ މަހުން ފެށިގެން 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17ގެ ނިޔަލަށް ހިނގާފައިވާ އިންސާނީ ހައްގުތަކާއި ކަރާމާތާއި ގުޅުންހުރި މައްސަލަތަކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!