އުރީދޫ ގެ އަހަރީ އާންމު ޖަލްސާ އަންނަ މާރޗްމަހުގައި ބާއްވާނެ ކަމަށް އުރީދޫން އަންގައިފިއެވެ.
އުރިދޫއިން ވިދާޅުވި ގޮތުގައި އުރީދޫގެ އަހަރީ އާންމު ޖަލްސާ އަންނަ މާރޗްމަހު ބޭއްވޭނެ ކަމަށާއި މިޖަލްސާގައި ބައިވެރިވެވޭނީ ފެބްރުއަރީ 17 ވާ ބުރާސްފަތި ދުވަހު 14:00ގެ ކުރިން އުރީދޫގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީވެފައިތިބި ހިއްސާދާރުންނަށް އެކަނި ކަމަށެވެ.
އެކުންފުނިން ވިދާޅުވީ މިޖަލްސާގެ ބައިވެރިން އަމިއްލައަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް, އަހަރީ އާންމު ޖަލްސާގައި ބައިވެރިވުން ފާސްކުރުމަށް ހުށަހަޅާފައިވާ އެޖެންޑާ އައިޓަމްތަކަށް ވޯޓުދެވޭނެ ކަމަށެވެ.
މިޖަލްސާ ބާއްވާ ތާރީޚާއި ގަޑި އަދި ބޭއްވޭ ތަނުގެ އިތުރުން އެޖެންޑާ އައިޓަމްތައް އަދި ވޯޓުލުމާއި ގުޅޭ މައުލޫމާތު 20 ފެބްރުއަރީ 2022 ވާ އާދީއްތަ ދުވަހުގެ ކުރިން އުރީދޫގެ ވެބްސައިޓްގައި (http://www.ooredoo.mv/investors/) އާންމުކުރެވޭނެއެވެ.
2021 ވަނަ އަހަރު އުރީދޫ މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާ ބޭއްވުނީ މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމް.އެސް.ޑީ) ގެ އޮންލައިން ޖެނެރަލް މީޓިންގ މެނޭޖްމަންޓް ސިސްޓަމް ކަމުގައިވާ “ފަހިވޯޓު” މެދުވެރިކޮށެވެ.