ކޮވިޑް ބަލީގައި ފަރުވާދެމުން ދަނިކޮށް މިއަދު އިތުރު މީހަކު ނިޔާވެއްޖެއެވެ. މިއީ މިމަހުގެ މިހާތަނަށް ކޮވިޑް ޖެހިގެން ނިޔާވި ދެވަނަ މީހާއެވެ.
އެޗްޕީއޭއިން ވިދާޅުވީ، ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް ރޭ ފަތިހު 03:04 ގައި ސްރިލަންކާއަށް ނިސްބަތްވާ އުމުރުން 73 އަހަރުގެ މީހަކު ނިޔާވެފައިވާ ކަމަށެވެ.
އެއާއެކު ކޮވިޑް ބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ އަދަދު 278 އަށް ވަނީ އަރާފައެވެ. އިއްޔެވެސް ވަނީ ކޮވިޑް ބަލީގައި އުމުރުން ދުވަސްވީ މީހަކު ނިޔާވެފައެވެ.
އެޗްޕީއޭއިން ހާމަކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މުޅި ރާއްޖެއިން މިހާތަނަށް ޖުމްލަ 141،060 މީހުން ވަނީ ފައްސިވެފައެވެ. އޭގެތެރެއިން 123،027 މީހަކު ބަލިން ފަސޭހަވެފައިވާއިރު، އެކްޓިވް ކޭސްގެ ގޮތުގައި ފާހަގަކުރެވިފައިވަނި 17،743 މީހެކެވެ.