ޚަބަރު
އަޑުބަރޭ 15 ދުވަހަށް ޖަލަށްލާން ހުކުމްކޮށްފި

ޖިންސީކުށުގެ ދައުވާތަކެއް ލިބޭ ކުރީގެ ޓޫރިޒަމް މިނިސްޓާރު އަލީ ވަހީދު ރާއްޖޭން ބޭރަށް ފޮނުވައިލުމުގައި ޖާމިނުވި، ރާއްޖޭގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ އަދި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަސްހަދު އަލީ (އަޑުބަރޭ) 15 ދުވަހުގެ މުއްދަތަކަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުތަކާއެކު އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓައި އޭނާ ރާއްޖެއިން ބޭރަށް ފުރުން މަނާކޮށްފައިވަނީ 2020 ވަނަ އަހަރުގެ ޖުލައި މަހުގައެވެ. އަދި އޭގެ ފަހުގައި އެއަމުރު މުރާޖައާކުރުމުން އޭނާގެ ޕާސްޕޯޓު ވަނީ ދޫކޮށްލައިފައެވެ.

އޭނާގެ ޕާސްޕޯޓު ދޫކޮށްލަން އަމުރުކޮށްފައިވަނީ، ސިއްހީ ފަރުވާއަށް ރާއްޖެއިން ބޭރަށް ދާންޖެހޭ ކަމަށް ޑޮކްޓަރު ކަށަވަރުކޮށްދެއްވުމުންނެވެ. އެގޮތުން އޭނާގެ އޮޕަރޭޝަން ރާއްޖެއިން ކޮށްފިނަމަ އޭނާގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށް ޑޮކްޓަރު ބުނެފައިވެއެވެ.

އޭނާ ފުރުން މަނާކުރުމުގެ އަމުރު ބާތިލް ކުރީ އޭނާއަށް ޖާމިނުވާނެ ފަރާތަކަށް އަޑުބަރޭ ހުށަހަޅާފައިވާތީއެވެ. އަޑުބަރޭ ޖާމިނުވެފައި ވަނީ، ނުވަތަ ކޯޓަށް ޔަގީންކަން ދީފައި ވަނީ ހަތަރު މަސް ފަހުން އަލީ ވަހީދު ކޯޓަށް ހާޒިރުކޮށްދޭނެ ކަމަށެވެ.

އޭގެ ފަހުގައި ބޭސްފަރުވާއަށް ނަމުގައި އަލީ ވަހީދު ވަނީ ބޭރަށްގޮސްފައެވެ.ނަމަވެސް ހަތަރު މަސް ހަމަވެގެން ދިޔައިރު ވެސް އަލީ ވަހީދު ރާއްޖެ އައިސްފައެއް ނުވެއެވެ. އަލީ ވަހީދު ރާއްޖެ އައިސްފައި ނުވާތީ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ މައްސަލަވަނީ ކުރިއަށްގެންދެވޭ ގޮތެއް ނުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!