ޚަބަރު
ޖަލަށްލާން ހުކުމް ކުރުމުން އަޑުބަރޭ މަގާމުން ވަކިކޮށްފި

ޖިންސީކުށުގެ ދައުވާތަކެއް ލިބޭ ކުރީގެ ޓޫރިޒަމް މިނިސްޓާރު އަލީ ވަހީދު ރާއްޖޭން ބޭރަށް ފޮނުވައިލުމުގައި ޖާމިނުވި، ރާއްޖޭގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ އަދި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަސްހަދު އަލީ (އަޑުބަރޭ) 15 ދުވަހުގެ މުއްދަތަކަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމާއި ގުޅިގެން އޭނާ ޔޫތު މިނިސްޓްރީގައި އަދާކުރަމުންދިޔަ މަގާމުން ވަކިކޮށްފިއެވެ.

އޭނާއަށް ހުކުމް ކުރުމާ ގުޅިގެން ރައީސް އޮފީހުން ވިދާޅުވީ، ކްރިމިނަލް ކޯޓުން ހުކުމް ކުރުމާއެކު ރައީސުލްޖުމްހޫރިއްޔާ ވަނި އަސްއަދު މަގާމުން ވަކިކުރައްވާފައި ކަމަށެވެ. އޭނާ މަގާމުން ވަކިކުރެއްވި އިރު ހުންނެވީ ސަރުކާރުގެ ރަސްމީ ދަތުރެއްގައި ށ. އަތޮޅުގައެވެ.

އަޑުބަރޭ 15 ދުވަހަށް ޖަލަށްލާން ހުކުމްކޮށްފި

މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުތަކާއެކު އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓައި އޭނާ ރާއްޖެއިން ބޭރަށް ފުރުން މަނާކޮށްފައިވަނީ 2020 ވަނަ އަހަރުގެ ޖުލައި މަހުގައެވެ. އަދި އޭގެ ފަހުގައި އެއަމުރު މުރާޖައާކުރުމުން އޭނާގެ ޕާސްޕޯޓު ވަނީ ދޫކޮށްލައިފައެވެ.

އަޑުބަރޭ ޖާމިނުވާގޮތަށް ހުށަހަޅާފައި ވުމުން އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރުން މަނާކުރުމަށް ނެރުނު އަމުރު ބާތިލުކުރުމުން އަލީ ވަހީދު ވަނީ ބޭސްފަރުވަގެ ނަމުގައި ރާއްޖެއިން ބޭރަށް ފުރާފައެވެ. ނަމަވެސް އެއްބަސްވުމުގައިވާ ގޮތަށް 4 މަސް ހަމަވެގެން ދިޔައިރުވެސް އަލީ ވަހީދު ރާއްޖެ އައިސްފައިނުވާތީ މިހާރުވަނީ އޭނާ ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރުކުރުމަށް އަމުރެއްވެސް ނެރެފައެވެ.

  1. މަހްލޫފް

    ޕްސްޕްސް.. އަދި މާބޮޑަށްވެސް ލަސްވެއްޖެ ތިކަން ކުރަން

  2. އިޓްސްމީ

    ހެވެއްނު! ޖަލުން ނިކުތީމަ އެއަށްވުރެ ބޮޑު މުސާރަ އާއި އެކު އެހެން ވަޒީފާއެއް ދޭނެ

  3. ޤާނޫން

    މިދެންއެއްކަލަފާޑަށް ކަންކަންމިދަނީ، އިންސާފުން ބަލާނަމަ މީނާ ޖަލަށްލާންޖެހެނީ 1 އަހަރުދުވަހަށް، ނުވަތަ 1 އަހަރާއި 15 ދުވަހަށް، މި އަޑުބަރޭއެއް ކޯޓަށް ހާޒިރުނުކުރެވި ޣައިރުހާޒިރުގައި ހުކުމްކުރަންޖެހުންވެސް އެހާކަމަކުނުދޭ، ކޯޓަށްމީނާ ހާޒިރުކޮށް ވަގުތުން ކަރެކުޝަނާ ހަވާލުކުރިނަމަ ކެނޑުނު ހުރުމަތް އިޔާދަވާނީ

  4. ކާސިމް

    މީހަކު މިހާތަނަށް ޖަލަށް ނުލާހާ ގިނަ ދުވަހަށް ތިޖަލަށް ލަނީ. ހެޔޮވާނީ ކިހިނެއް. ހުރިހާއެންމެންވެސް ޖާމިނު ވީމަ ނިމުނީ ދެން. 15 ދުވަސް. 15 އަހަރުވެސް މަދު އަޑުބަރޭއަށް