ފެންޑާ
ވިހެއި އިރު ސިކުނޑީގެ ހަމައެކަނި 20 އިންސައްތަ އުފެދިފައިވާ ތުއްތު ކުއްޖެއް

އަލަށް އުފަންވީ ތުއްތު ކުއްޖެއް ވިހެއި އިރު އުފެދިފައިވަނީ ހަމައެކަނި ސިކުނޑީގެ 20 އިންސަތައެވެ. ސިއްޙީ މާހިރުންގެ ލަފާކުރި ގޮތުން މިކުއްޖާ ދުނިޔޭގައި ހުންނާނީ ހަމައެކަނި މަދު ގަޑި އިރަކަށެވެ. މިއީ އެމެރިކާގެ ނޯތް ކެރޮލީނާއަށް އުފަން ވަރަށް ތަފާތު ކުއްޖެކެވެ..

ޖެކްސަން ބުއެލް ނަމަކަށް ކިޔާ ޚާއްސަ ތުއްތުކުއްޖާ ދުނިޔެއަށް އުފަންވިއިރު، ސިކުނޑި އެއްކޮށް އުފެދި ފުރިހަމަ ނުވެއެވެ. ވިހެއިއިރު އުފެދި ފުރިހަމަވެފައި ވަނީ، ހަމައެކަނި ސިކުނޑީގެ އެންމެ 20 އިންސައްތަ އެވެ. ޖެކްސަންގެ ބޮލުގެ ނާށިގަނޑުގެ ބޮޑުބައެއް އެއްވެސް ގޮތަކަށް އުފެދިފައި ނުވެއެވެ. ޑޮކްޓަރުން ބުނެފައިވާ ގޮތުން ޖެކްސަން ދުނިޔޭގައި ހުންނާނީ މަދު ހަފްތާއެއްގެ މުއްދަތަށެވެ.

ނަމަވެސް ޖެކްސަންގެ މައިންބަފައިން މިކަން ޤަބޫލު ނުކޮށް، އެހެން މައިންބަފައިންނެކޭ އެއްފަދައިން، ދަރިފުޅުގެ އެންމެހާ ކަމެއްގެ ޒިންމާ ފުރިހަމަޔަށް އަދާކުރަމުން ގެންދިޔުމާއި އެކު، ދަރިފުޅު ދެކެ އިންތިހާއަށް ލޯބިވިއެވެ. ޑޮކްޓަރުން އުއްމީދު ކުރިގޮތާއި މުޅިން ތަފާތުކޮށް، ކޮންމެ ދުވަހަކުމެހެން ޖެކްސަން އަށް ބޮޑެތި ކުރިއެރުންތައް ލިބި، އުމުރުން 1 އަހަރު ފުރި ޖެކްސަންގެ އުފަންދުވަސް ފާހަގަ ކުރިއިރު، އުއްމީދު ނުކުރާހާ ބޮޑެތި ރަނގަޅު ބަދަލު ޖެކްސަންއަށް އައިސްފައި ވެއެވެ.

ޖެކްސަންގެ މަންމަ ބުނެފައިވާގޮތުން، އޭނާ ޖެކްސަންއަށް ބަނޑު ބޮޑުއިރު، ސްކޭންތަކުން ޖެކްސަންގެ ސިކުނޑި އުފެދިފައި ނުވާކަމަށް ޑޮކްޓަރުން ބުނެފައިވެއެވެ. އަދި، ދަރިފުޅު ވާނީ ނުކުޅޭދޭ ކުއްޖަކަށް ކަމަށް ބުނެ ދަރިފުޅު އެބޯޝަން ހެދުމަށް ޑޮކްޓަރުން އެންގި ކަމަށެވެ. އަދި ދެމަފިރިން އެކަމަށް އެއްބަސްނުވުމުން، ތަފާތު ފާޑުކިޔުންތައް އެދެމަފިރިންނަށް އަމާޒުވި ކަމަށެވެ.

ޖެކްސަންގެ މައިންބަފައިން ޤަބޫލުކުރާގޮތުގައި، ޑޮކްޓަރުން ބުނެފައިވާ ގޮތާއި ޚިލާފަށް، އޭނާގެ ސިކުނޑީގެ ބޮޑު ބައި ވަނީ ފުރިހަމަޔަށް އުފެދިފައެވެ. ނަމަވެސް އެހެން ކުދިންނާއި ތަފާތުކޮށް، ސިކުނޑި ކުޑަވުން އެކަށީގެންވެއެވެ. ދެމަފިރިން މަޢުލޫމާތު ދޭގޮތުގައި، ޖެކްސަން އަކީ އެހެން ކުދިންނެކޭ ފަދައިން ދުނިޔޭގައި ހުންނާނެ ކުއްޖެއްގެ ގޮތުގައި މައިންބަފައިން ދެކުނެވެ. ޖެކްސަން، ހިނގަން ފަށާފައި ވުމުގެ އިތުރުން ވާހަކަ ދައްކަން ދަސްކުރަމުން އައިސްފައިވާ ކަމުގައި މައިންބަފައިން ބުނެފައި ވެއެވެ.

ކަންކަން ދަސްކުރުމަށް އެހެން ކުދިންނަށްވުރެ، ޖެކްސަން ވަގުތު ނަގައެވެ. ކަން މިހެން އޮތް ނަމަވެސް، ކުޑަ ކުޑަ ލޯބި ލޯބި ޖެކްސަން، އެއްޗެހީގައި ހިފަންވެސް ދަސްކުރުމުގެ އިތުރުން، “މޮމީ”، “ޑެޑީ”، “އައި ލަވް ޔޫ” ފަދަ ކުދިކުދި ބަސްތައް ބޭނުންކުރެއެވެ. މަންމަ އަދި އާއިލީ މީހުން ފެނުމުން ފާހަގަ ކުރަން އެނގުމުގެ އިތުރުން، ބައްދައި މަޖާކޮށް ހެދުމުށް އެހެން ކުދިންނެކޭ އެއްފަދައިން ހީވެސް ހަދާފައި ވެއެވެ.

ނަމަވެސް ޖެކްސަންއަށް ކުރިމަތިވި ސިއްޙީ ހާލަތާއި އެކު ޖެކްސަންއަށް ދުނިޔޭގައި އުޅެވުނީ އެންމެ 5 އަހަރުގެ މުއްދަތަށެވެ. 2020 ވަނަ އަހަރު ޖެކްސަން އޭނާގެ މައިންބަފައިންނާއި ވަކިވެގެން ގޮސްފައިވަނީ، އެ ދެމަފިރިންގެ ދިރިއުޅުމަށް އޭނާގެ ތަފާތު އެތަކެއް އުފާވެރި ހަނދާންތަކެއް ދޫކޮށްލާފައެވެ. މި ދެމަފިރިން ދެކޭގޮތުގައި، ޖެކްސަން އަކީ، އެ ދެމަފިރިންގެ ހަޔާތަށް އައި “މިރިކަލް ބޯއީ” އެކެވެ. އަދި ޑޮކްޓަރުންގެ ވިސްނުމާއި ދެކޮޅަށް ޖެކްސަން މިދުނިޔެއަށް ނޭވާލެވުމުގެ ފުރުޞަތު ހޯދައި ދެވުނީތީ އެދެމެފިރިން އުފާ ކުރާ ކަމުގައި މިދެމަފިރިން ބުނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!