މީހުން
ލޯފަން ކުދިންނަށްވެސް ސްމާޓް ފޯން ބޭނުން ކުރެވޭނެ- ތިނަދޫ އިބްތިހާލް

ލޯފަން މީހަކު މޯބައިލް ފޯނު ބޭނުންކުރުމަކީ ވަރަށް އުދަނގޫ ކަމެއްގެ ގޮތުގައި ބައެއް މީހުންނަށް ސިފަވެގެން ދިޔަ ނަމަވެސް، މޯބައިލް ފޯނަކީވެސް އިބްތިހާލް ފަދަ ލޮލުގެ ފެނުން މަޙްރޫމްވެފައިވާ ކުދިންނަށް މާބޮޑު އުދަގޫކަމެއް ނޫންކަން، ތިނަދޫ އަށް އުފަން ހަސަން އިބްތިހާލް ވަނީ އަމަލީގޮތުން ދައްކާފައެވެ.

އައިފޯނުގައި އެކުލެވޭ ޚާއްސަ ފީޗާގެ ތެރޭގައި އެކުލެވޭ ވޮއިސް އޯވަރ ފީޗާއަކީ، ލޮލުގެ ފެނުމުން މަހްރޫމްވެފައިވާ މީހުންނަށް ބޭނުން ކުރެވޭ ފަދައިން ޑިޒައިންކޮށް ފަރުމާ ކުރެވިފައިވާ ފީޗާއެކެވެ. މިއީ އެހާ ގިނަބަޔަކު ނުދަންނަ ފީޗާއެއް ނަމަވެސް، މި ފީޗާގެ ލުއި ފަސޭހަކަމާއެކު، ފޯނުގެ ސްކްރީން ހަމަލޮލަށް ނުފެނުނަސް، ބޭނުން ކޮންމެ ނަންބަރަކަށް ޑައިލްކޮށް، މެސެޖްކޮށް ސޯޝަލް މީޑިއާއި އެނޫންވެސް ތަފާތު އެޕްލިކޭޝަންތައް ބޭނުން ކުރެވެއެވެ.

ތިނަދޫ އަށް އުފަން ހުނަރުވެރި ޒުވާނެއް ކަމުގައިވާ އިބްތިހާލްވެސް، ސްމާޓް ފޯން ބޭނުން ކުރަނީ މިދެންނެވި ޚާއްސަ ފީޗާތަކުގެ އެހީގައެވެ. ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ ވީޑިއޯއެއްގައި އިބްތިހާލް ވަނީ، އޭނާ މޯބައިލް ފޯނުން ޓެކްސްޓް މެސެޖް ފުނުވާ ގޮތް ވީޑިއޯއެއްގެ އެހީގައި ދައްކާދީފައެވެ. އިބްތިހާލްގެ މިވިޑިއޯ އިން އެނގިގެންދަނީ، ލޯފަން މީހެއްކަމުގައި ވީނަމަވެސް، ސްމާޓް ފޯނުތައްވެސް، ޒަމާނަށް އައިސްފައިވާ ޓެކްނޮލޮޖީގެ ކުރިއެރުންތަކާއި އެކު ބޭނުންކުރެވިދާނެ ކަމުގައެވެ.

އިބްތިހާލް އަބޫބަކުރު ސްކޫލްގައި ތައުލީމް ހާސިލްކުރަމުން ދިޔައިރު ޓައިޕްކުރަން ދަސްކުރަނީ – ފޮޓޯ: އަބޫބަކުރު ސްކޫލް

ތިނަދޫ އަށް އުފަން އިބްތިހާލް އަކީ ވަރަށްވެސް ހުނަރުވެރި ފަރާތެކެވެ. ޤުރުއާން ކިޔެވުމުގެ ރޮގުން ވަރަށް ގިނަ ކާމިޔާބީތައް ހާސިލްކޮށްފައިވާ ހިތްއަލި މޮޅު ކުއްޖެކެވެ. މިހާރުވެސް އިބްތިހާލް ދަނީ ޤުރުއާން އެއްކޮށް ހިތުދަސްކުރުމުންނެވެ. އެގޮތުން މިހާތަނަށް ކީރިތި ޤުރުއާނުގެ 15 ފޮތް އިބްތިހާލް ހިތުދަސްކޮށްފައިވާކަމަށް އާއިލާއިންވަނީ ހުވަދޫ ނިއުސްއަށް މައުލޫމާތުދީފައެވެ. ޤުރުއާން ހިތުދަސްކުރުމުގައި އިބްތިހާލް ބޭނުންކުރަނީ އޭނަގެ ފޯނެވެ.

އާއިލާއިން ބުނާގޮތުގައި އިބްތިހާލްއަކީ ކުޑައިރުއްސުރެ ފޯނުން ވީޑިޔޯ އެޑިޓްކުރުމަށް ޝައުޤުވެރިކަން ހުންނަ ކުއްޖެކެވެ. ފޭސްބުކްގައި ސްޓޭޓަސް ޖެހުމާއި އެކުވެރިންނާ ޗެޓްކޮށް ހެދުމުގައި އިބްތިހާލްއަށް ދެވަނަ ފަރާތެއްގެ އެހީތެރިކަން ބޭނުންނުވެއެވެ. އަދި ސްކޫލްގައި އުޅުނުއިރުވެސް އިބްތިހާލް އަކީ އެހެންކުދިންނެކޭ އެއްގޮތަށް ކިޔެވުމުގައި ވަރަށް މޮޅު ކުއްޖެއްކަން ފާހަނގަކުރަމުން އާއިލާއިން ބުނީ އިބްތިހާލް ވަނީ އެސްއެސްސީ އިމްތިހާނުގައި އިސްލާމް މާއްދާއިން ބައިވެރިވެ “ބީ” ފާސް ހޯދާފައި ކަމަށާއި ގާރީކަމުގެ ކޯސް ލެވެލް 3 އާ ހަމަޔަށް ހަދާފައިވާ ކަމަށެވެ.

އެސްއެސްސީ އިމްތިހާންއިން އިބްތިހާލް ހޯދާފައިވާ ކާމިޔާބީ – ފޮޓޯ: އަބޫބަކުރު ސްކޫލް

ރާއްޖޭގައި ތިބި ހާއްސައެހީއަށް ބޭނުުންވާ މީހުންނަށް ހާއްސަކޮށްގެން ބާއްވާ, ޑިސްއެބިލިޓީ ކައުންސިލްގެ ޑިސްއެބިލިޓީ ރެޕްރެޒެންޓާރ އަކަށް އިބްތިހާލްވަނީ ކުރިމަތިލާފައެވެ. އަދި ހާއްސައެހީއަށް ބޭނުންވާ ކުދިންނަށް ސަރުކާރުން ދޭ އިނާޔަތް ބޮޑުކުރުމަށް އެދި އިބްތިހާލްގެ އިތުރުން ލޯފަން ކުދިން ވަނީ ދާދި ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާ ބައްދަލުކޮށްފައެވެ. މިއިން އެނގިގެންދަނީ ކޮންމެ ކަމަކާ ކުރިމަތިލާން ޖެހުނަސް އިބްތިހާލް ފަސްނުޖެހޭނެކަމެވެ.

އެހެންނަމަވެސް ހިތާމަޔަކީ މިމުޖުތަމައުގައި ހާއްސައެހީއަށް ބޭނުންވާ ކުދިންނަށް ވަޒީފާގެ ފުރުސަތު ކުޑަވުމެވެ. ސަރުކާރުން އިނާޔަތެއްގެ ގޮތުގައި ދޭ ދެހާސް ރުފިޔާއިން ދިރިއުޅުމުގެ ޚަރަދުތައް ދެކޮޅު ނުުޖެހި އެކުދިންގެ ބޭސްފަރުވާގެ ކަންތައްވެސް ހަމަނުޖެހެއެވެ. މިފަދަ ހާލަތެއްގައި ވަޒީފާއެއް ހޯދަން ބޭނުންވިޔަސް ވަޒީފާ ނުލިބޭކަން އިބްތިހާލްގެ އާއިލާއިންވެސް ވަނީ ފާހަނގަކޮށްފައެވެ.

އިބްތިހާލްގެ އަތުގައި ސެޓްފިކެޓްތައް ހުއްޓަސް އޭނައަކީ ލޯފަން ކުއްޖަކަށް ވުމުން ވަޒީފާއެއް ލިބޭގޮތެއް އަދިވަނީ ނުވެފައެވެ. ވަޒީފާއެއް ނެތަސް އިބްތިހާލް ދައްކަމުން ދަނީ ލޯފަންކުދިންގެ އިތުރުން ޒުވާނުންނަށްވެސް ރީތި ނަމޫނާއެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!