ޚަބަރު
މިއަހަރުގެ މޭ މަހުން ފެށިގެން ޓީޗަރުންގެ މުސާރަ ބޮޑުކުރަނީ

އަންނަ މޭ މަހުން ފެށިގެން ތައުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ސަރުކާރުން ނިންމާފައިވާ ކަމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު މަޖިލީހުގައި ދެއްވި ރިޔާސީ ބަޔާނުގައި ހާމަ ކުރައްވައިފިއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ގައުމު ބިނާކުރުމުގައި އެންމެ ބޮޑު މަސައްކަތެއް ކުރަނީ ޓީޗަރުން ކަމަށާއި، އެހެންވެ ޓީޗަރުންނަށް އެކަށީގެންވާ އުޖޫރައެއް ދިނުމަކީ ސަރުކާރުގެ ވައުދެއް ކަމަށެވެ. އަދި އަންނަ މޭ މަހުން ފެށިގެން ތައުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑު ކުރަން ނިންމާފައިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ރައީސް ވިދާޅުވި ގޮތުގައި އަންނަ މޭ މަހުން ފެށިގެން ޓީޗަރުންގެ މުސާރައަށް 56 ޕަސެންޓު ކުރިއެރުން އަންނާނެއެވެ.

މިބަދަލާއެކު، ގްރެޖުއޭޓް ލެވަލްގެ ސެކަންޑަރީ ޓީޗަރެއްގެ މުސާރަ އިތުރުގަޑި ނުލާ 12,628 ރުފިޔާ އިން 19,740 ރުފިޔާއަށް ބޮޑުވެގެންދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވެފައި ވެއެވެ. މިއީ 56 ޕަސެންޓުގެ ކުރިއެރުމެކެވެ.

ޓީޗަރުން ހޭދަކުރާ ވަގުތާ އެކަށޭނަ ގޮތުން، މި އަހަރުގެ ބަޖެޓުގައި ހިމަނައިގެން، މުސާރައާއި ޢިނާޔަތްތައް ބޮޑުކުރުމުގެ މަސައްކަތް ކުރައްވާނެ ކަމުގައި، މި ހިނގަމުންދާ ދިޔާސީ އަހަރު ފެށުމުގެ ގޮތުން ހުޅުމާލެ ރެހެންދި ސްކޫލުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ކުރިން ވިދާޅުވެފައި ވެެއެވެ.

މުދައްރިސުން އުފުއްލަވާ ޤައުމީ ވާޖިބުގެ ޒިންމާ ބޮޑުކަން ފާހަގަކުރުމާއިއެކު، މުދައްރިސުންގެ މުސާރަޔަށް ހެޔޮ ބަދަލެއް ގެނައުމަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ރިޔާސީ ވައުދުފުޅެއްވެސް މެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!